Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެންބަރު ސައުދު

މެމްބަރު ސައުދަށް އިންޒާރު ދިން މައްސަލައިގައި މިނިވަން ތަހްގީގެއް ހިންގަން ގޮވާލައިފި

އިިދިކޮޅު ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓައި އެކަން ނާންގާތީ ކަންބޮޑުވުން ފާޅުކުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 25 މާރިޗު 2018 | އާދީއްތަ 13:44
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އެހެން މެމްބަރުންނާއެކު މެމްބަރު ސައުދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އެހެން މެމްބަރުންނާއެކު މެމްބަރު ސައުދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން "ކޮށާލާނެ ކަމަށްބުނެ" ސަރުކާރުގެ ކޯޑިނޭޓަރަކު އިންޒާރުދީފައިވާ މައްސަލައިގައި ޖިނާއީ މިނިވަން ތަހްގީގެއް ހިންގަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އާދިއްތަ ދުވަހުގެ ހަވީރު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ސައުދުއަށް ދިން އިންޒާރަކީ ނުރައްކާތެރި މަރުގެ އިންޒާރެއް ކަމަށް ދެކިލައްވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ބައްދަލުވުމެއްގައި ސަރުކާރުގެ ކޯޑިނޭޓަރަކު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސައުދު ހުސެއިން ފުރާނައަށް ގެއްލުންދޭނެ ކަމަށް ބުނުމަކީ ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމަށް އިދިކޮޅުފަރާތްތަކުން ފާހަގަކުރިއެވެ.. އަދި ފުރިހަމަ މިނިވަން ތަހްގީގެއް ފުލުހުން ހިންގަން ޖެހޭއިރު ޕްރޮސެކިއުޓާޖެނަރަލްގެ ދައުރެއް އެކަމުގައިވާނަމަ އެކަން ވެސް ކުރައްވަން ޖެހޭނެ ކަމަށް އިންތި ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން ހިންގާ ޢައިރުގާނޫނީ ކަންތައްތަކާ އެއްބަސްވެވަޑައިނުގެން ސަރުކާރު ދޫކޮށް ނިކުމެވަޑައިގަތީމަ އެ ބޭފުޅުންގެ ހަށިފުރާނައަށް ސަރުކާރުން މި ގޮތަށް އިންޒާރުދޭ ކަމީ، ސަރުކާރު ހިންގާ ޕާޓީތަކުން މި ގޮތަށް ފާޅުގައި އިންޒާރުދޭ ކަމީ މިހާރު މި ބޭފުޅުން ގާނޫނަށް ވުރެ މަތީގައި ސަރުކާރުން ހިންގާ ޕާޓީ އޮތްކަން އެނގޭކަމެއް،" އިންތި ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފުލުހުން ހުށަހަޅާފައިވާ އެ ބާވާތުގެ އެހެނިހެން މައްސަލަތައް ބަލައި ފިޔަވަޅެއް އެޅިފައިނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެހެން ކަމުން އެކަން ކަމަކީ ސަރުކާރު އަތެއް އެކަމުގައި އޮވެގެން ހިނގާކަންތައްތައް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންތި ވަނީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ތިބި ސިޔާސީ އެކި ބޭފުޅުން މާފުށީ ޖަލަށް ބަދަލުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ. އިންތި ވިދާޅުވި ގޮތުގައި ހުކުމެއްގެ ދަށުން ޖަލު ހުކުމް ތަންފީޒުކުރާ މީހުން ބައިތިއްބާ ޖަލަށް ތުހްމަތުތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން ބޭތިއްބުމަކީ ކުރެވޭނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ކަމަށް ސަރުކާރުން ބުނެފައިވާއިރު އުސޫލަކަށް ގާނޫނަކަށް ބެލުމެއް ނެތި ކުރާ ކަންކަމުގެ ސަބަބުން އެ ހާލަތު އުވާލައިފި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ އިދިކޮޅު ސިޔާސީ އެކި ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓަމުންދާއިރު އެކަން ޕާސްޕޯޓްގެ ވެރިފަރާތައް އަންގަމުން ނުދާތީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އިންތި ވިދާޅުވީ އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓައި އެކަން އޮތީ ނާންގައި ކަމަށެވެ.

ފުލުހުންގެ މުވައްސަސާއާ ސަރުކާރުގެ އެހެން ބައެއް އިދާރާތަކުން ކުރަމުންދާ ގާނޫނާ ހިލާފު ކަންތައްތަކާ ގުޅޭ ގޮތުން އިންތި ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ ގާނޫނާ އެއްގޮތްކަންތައްތަކެއް ކަން ދައްކަން ވެސް ކޮންމެހެން މަސައްކަތް ނުކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު