Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ޤާނޫނު އަސާސީގައި ބުނާ ހަމަހަމަކަމާއި ހާމަކަމާއެކު ހިންގާ ޝަރީއަތެއް ކުރާތީއެއް ނުފެނޭ: މަހްފޫޒް

25 މާރިޗު 2018 | އާދީއްތަ 04:03

ހަމައެކަނި ހުށަހަޅަނީ ދައުވާ ޝީޓް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 މާރިޗު 2018 | އާދީއްތަ 04:03
މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ޤާނޫން އަސާސީގައި ބުނާ ހަމަހަމަކަމާއި ހާމަކަމާއެކު ހިންގާ ޝަރީޢަތެއް ކުރާތީއެއް މިހާރު ނުފެންނަ ކަމުގައި ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ގިނަ ބޭފުޅުންގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެވަޑައިގަންނަވާ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު، ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވިދާޅުވީ އިންސާފްވެރި ޝަރީތަކީ ޤާނޫނު އަސާސީގައި ބުނާ ހަމަހަމަ ކަމާއި ހާމަކަމާއެކު ހިންގާ ޝަރީއަތް ކަމަށާއި މިހާރު އެފަދަ ޝަރީއަތެއް ކުރާތީއެއް ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

މަހްފޫޒް ވިދާޅުވީ މިހާރު ޝަރީއަތްތަކަށް ހުށަހަޅާ ހެކިންނަކީ ސިއްރު ހެކިން ކަމަށާއި އެއީ އިންޓަރލިޖެންސް ރިޕޯޓްގެ މައްޗަށް ބިނާކޮށް ދޭ ހެއްކެއް ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހާއަށް ލިބޭ ލިޔުންތަކުގައި ކުރެވޭ ދައުވާގައި އެތުހުމަތު ކުރެވޭ ތަފްސީލް ނުހުންނަ ކަމަށާއި އޭގައި އޮންނަނީ އެކަން ކުރިކަން ކަމަށެވެ.

އެކުށް ކުރަން ކުރި ކަމެއް ހާމަކޮށްފައި ނޯންނަކަން ފާހަގަ ކުރައްވަމުން މަހްފޫޒް ވިދާޅުވީ ކުށެއް ކުރަން ކުރިކަމެއް ނޭނގި އެކަމުން ސަލާމަތް ވެވޭނެ ގޮތެއް ނުވަތަ ދިފާއުގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

" ޝަރީއަތްތަކުގެ އަސާސަކީ ހާމަކަން. ޝަރީއަތް ކުރެވެނީ އެންމެ ފަރުދަކާ ކަމުގައި ވީނަމަވެސް އެޝަރީއަތް ނިސްބަތް ކުރެވެނީ އަދްލު އިންސާފް ހޯދުމަށް އެދިއެދި ތިބި ހުރިހާ ރައްޔިތުންނަށް. އެހެންވީމާ ރައްޔިތުންނަށް ކަށަވަރުކަމެއް ދޭންޖެހޭ ޝަރީޢަތް ހިނގަނީ އިންސާފުވެރިކޮށްކަން. އެކަށަވަރުކަން ދޭނެގޮތަކީ ހާމަކުރުން. ހުޅުވާލުން. އެކަމަކު މިފަހުން ހިނގާދިޔަ ބޮޑެތި ޝަރީއަތްތަކުގައި ތުހުމަތު ބިނާކުރަނީ އިންޓަލިޖެންސް ރިޕޯޓަށް. މައްސަލައިގާ ހެކިބަސްދޭން ތިބެނީ އެރިޕޯޓްގައި އެބުނާ ހެކިން. އެއީ ސިއްރު ހެކިންތަކެއް. މައްސަލައިގެ ދިފާއީ ވަކީލުންނަށް ލިބެނީ މުވައްކިލުގެ މައްޗަށް ކޮށްފައި އޮންނަ ދައުވާގެ ޝީޓް އެކަނި. އޭގައި އޮންނަނީ ޓެރަރިޒަމްގެ ދައުވާ ކުރާކަން. އެހެންނަމަވެސް އެކަން ކުރިކަމަށް ބުނާ ހެކިން ކޮބައިތޯ؟، ކީއްވެތޯ މިކަން ކުރިކަމަށް މިބުނަނީ. ކާކުތޯ ދުށީ. ކާކުތޯ ދުށީ. ކިހިނެއް ހިނގައިދިޔަ ކަމެއްތޯ. މިއިން އެއްވެސް ކަމެއް ނޭނގި ދިފާއީ ވަކީލް ކުރާނީ ކީއްތޯ. ހަމައެކަނި އެނގޭ ކަމަކީ ވަކިކަމެއް ކުރިކަމަށް ބުނެ ދައުވާ އުފުލިފައިވާކަން. އެހެންވީމާ ޤާނޫން އަސާސީގައި އެބުނާ ހަމަހަމަކަމާ ހާމަކަން އަސާސެއްގެ މައްޗަށް ބަލައިގެން ޤާނޫން އަސާސީގައި އެބުނާ ޝަރީއަތެއް މިހާރަކު ނުފެނޭ" މަހްފޫޒް ވިދާޅުވިއެވެ.

މިހާރު ހުށަހަޅަނީ މުޅިންވެސް ސިއްރު ހެކިންކަން ފާހަގަ ކުރައްވަމުން މަހްފޫޒް ވިދާޅުވީ ބައެއް ހާލަތުގައި ހެކިވެރިޔާގެ ސަލާމަތައްޓަކައި ހެކިން ސިއްރު ކުރެވިދާނެ ކަމަށާއި ނަމަވެސް ރާއްޖޭގައި ހެކި ހާމަކަުރެވެނީ އިސްތިސްނާ ހާލަތެއްގައި ކަމަށެވެ. އުސޫލަކީ މިހިނގާ ހުރިހާ ޥަރީއަތްތަކުގައިވެސް ހެކި ސިއްރު ކުރެވިފައި އޮތުން ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

މަހްފޫޒް ވިދާޅުވީ އެއްވެސް ސަބަބެއްނެތި ހެކިން ސިއްރު ކުރުމަކީ ހެކިވެރިޔާ އެދޭ ހެކިބަހާމެދު ސުވާލު އުފެއްދުމަށް ފުރުސަތު ލިބިގެންދާ ކަމެއް ކަމަށާއި އެކަންކަން ދިފާއީ ހެކިންނަށް އެނގެން ޖެހޭނެ ކަމަށެވެ.

މަހްފޫޒް ވިދާޅުވި ގޮތުގައި މިހާރު ސިޔާސީ ފަރާތްތަކާމެދު ކުރެވޭ ދައުވާ ތަކަކީ ބޮޑެތި ދައުވާ ތަކެއް ކަމަށާއި އެދައުވާ ސާބިތުވެއްޖެ ނަމަ ބޮޑެތި އަދަބުތަކެއް އަންނާނެ ދައުވާ ތަކެއް ކަމަށެވެ.

މަހްފޫޒް ވިދާޅުވީ އެހެކިތައް ހުށަހަޅަނީ ދައުވާ ސާބިތު ކުރުމަށް ކަމަށާއި އެހެންކަމަށްވާނަމަ އެހެކިތަކާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އެފުރުސަތުވެސް ނުދޭ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

"ސާބިތު ކުރުމަށް ހުރި ހަމައެކަނި ވަސީލަތަކީ ސިއްރު ހެކިތަކާއި އިންޓަރލިޖެންސް ރިޕޯޓް ކަމުގައިވާނަމަ މިޝަރީއަތްތައް މިހެން ހިންގުމުގެ ބޭނުމެއްވެސް ނެތް." މަހްފޫޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް