Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވާހަކަަ
އާކުއްޖެކޭ ދަސްވީ ފަހުން

އާކުއްޖެކޭ ދަސްވީ ފަހުން - ހަފުތާ ބަންދު

އޭޭނާގެ ޕްލޭޭން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އުއްމީދާއި އެކު ކޮޓަރިން ބޭރަށް ނިކުތުމުގެ ކުރިން ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލި އެވެ.

ރާއްޖެ އެމްވީ | 23 އެޕްރީލު 2018 | ހޯމަ 04:49
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

މާޗް 1، 2018 ވަނަ ދުވަހުގެ އަދަދާ ގުޅޭ

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން މުޅި ދުވަހު ހަތަރުދަމު ވާރޭވެހި ހުޅުމާލޭގައިވެސް އޮތީ ފެންބޮޑުވެފައެވެ. މުޅި މާހައުލަށް އޮތީ އާދަޔާ ޚިލާފު ފިނިކަމެއް ވެރިވެފައެވެ. ޖެހެމުންދިޔަ ފިނިރޯޅިތައް ގައިގައި ބީހިލުމުން ހީކަރުވައިގެން ދާހާ ވަރުވެ އެވެ. ހަފުތާ ބަންދާއި ދިމާވުމުން އަދްހަމް ނިންމީ އެއްވެސް ތަނަކަށް ނުގޮސް ގޭގައި މަޑުކޮށްލުމަށެވެ. އޭނާގެ ދައްތަ، އައިޝާ ކައިރީގައި މަޑުކޮށްލުމުގެ ބޭނުމުގަ އެވެ.

އެގޮތަށް އަދުހަމް ނިންމި އަސްލު ބޭނުމަކީ އެއީ ނޫންކަން ޚުދު އަދްހަމް ގެ ޟަމީރަށް އެނގެއެވެ. ހަފުތާ ބަންދާއި ދިމާކޮށް މަލީޝާ އެގެއަށް ނިދަން އަންނާނެ ވާހަކަ އައިޝާ ކައިރީގައި ބުނެފައިވާކަން އެނގުނު ހިސާބުން އަދުހަމް ގެ އެ ނިންމުން ވަނީ ނިންމާފައެވެ. ހަފުތާ ބަންދުގައި އެއްވެސް ތާކަށް ނުގޮސް ގޭގައި މަޑުކުރުމަށެވެ. އަދްހަމް ގެ ދައްތަ ކައިރީގައި ދޮގެއް ހަދަން ޖެހުނީތީ އޭނާގެ އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. ދައްތަ އަށް ދޭންވާ ސަމާލުކަމަށްވުރެން ބޮޑަށް މަލީޝާ އާއި މެދު ސަމާލުކަން ދެވޭހެން ހީވެ އެކަމާ ލަދުގަތެވެ.

އަދްހަމަ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. ގޭގައި މަޑުކޮށްގެން ހުރުމުން އޭނާގެ ދައްތައަށް އެހީވާން ހުރެވޭނެއެވެ. މީގެ އިތުރުން މަލީޝާ ފެންނަ ފަށުގައި ހުރެވޭނެ ކަމެވެ. އޭރުން އެއްދޮނުގައި ދެބުޅިވެސް ޖަހައިލެވޭނެ އެވެ. އެހެން ނޫނަސް ސްކޫލް އަހަރީ ކޮންސެޓާއި ދެމެދު އަދި މަހެއްވަރު އެބައޮތެވެ. ކޮންސެޓް ޕްރެކްޓިސް ދެ ދުވަހަކު ކަޓުވާލިޔަސް މާބޮޑު ގެއްލުންތަކެއް ނުދައްކާނޭ އަދްހަމްގެ ހިތަށް އެރިއެވެ.

އަދްހަމް އަމިއްލަ އަކަށް އޭނާ ލާނެ ޖީންސަކާއި ޓީޝާޓެއް އިސްތިކޮށްލިއެވެ. ވޭތިވެދިޔަ ހަފުތާ ތަކުގައި އަދްހަމް އަށް އެތައް ފުރުޞަތު ތަކެއް ލިބިގެން ދިޔަ އެވެ. މަލީޝާ ގޮވައިގެން ޑިނަރ އަކަށް ދިއުމަށެވެ. އެކަމަކު ކޮންމެވެސް ކަމެއް މެދުވެރިވެގެން ދެވޭގޮތް ވަނީ ނުވެފައެވެ. ދެމީހުންގެވެސް 'މޫޑް ޚަރާބުވެ' ދާހިތް ނުވެ ދިޔައީ އެވެ. ނަމަވެސް މިފަހަރު އަދްހަމް ނިންމައިގެން އެ ހުރީ މަލީޝާ ގޮވައިގެން ދިއުމަށެވެ.

އެނދު ކައިރީގައި ހުރި ސޯފާ ގައި އަދުހަމް އިށީންނަމުން ފޯނު ނަގައިގެން އެފްބީ ޗެކްކޮށްލި އެވެ. އެއީ ހޮނިހިރު ދުވަސްކަމުން ހަފުތާ ބަންދު ނިމޭތީ އަދުހަމް ހުރީ އެއްގޮތަކުން ހިތްހަމަ ޖެހިފައި ނަމަވެސް މަލީޝާ ދާތީ ހިތްހަމަ ނުޖެހިފަ އެވެ. ރޭ ހަތަރުދަމުހެން އޭނާ އުޅުނީ ހޭލަ އެވެ. ހަނި ފުރުޞަތަކުންނަމަވެސް މަލީޝާ އާއި އެކަނި ބައްދަލުކޮށްލެވޭނެ ވަގުތަކަކަށް ބަލަބަލަ އެވެ. ހޭލާ އިންކަމުން އޭނާގެ ކޮޓަރިތެރެ ހަމައަކަށް އަޅުވައިލެވުމުންވެސް އަދުހަމް ހުރީ ހިތްހަމަ ޖެހިފައެވެ. ސާފުކުރަން އުޅެނިކޮށް އީތަން އާއި އައިޝާ އާއި އެކުގައި އަދުހަމް ނަގާފައިވާ ވަރަށް ދުވަސްވީ ފޮޓޯއެއްވެސް ފެނުނެވެ.

އެ ފޮޓޯ ނެގި ދުވަސްކޮޅު ވަރަށް ގިނައިން އީތަން އެގެއަށް އައިސް އުޅުނެވެ. އަދުހަމް ނުވަތަ އައިޝާ އާއި އެކުގައި ކޮންމެވެސް ސަކަރާތެއް ޖެހުމުގައި ނޫނީ ފިލްމެއް ބެލުމުގައި ވަގުތު ހޭދަކޮށް އުޅުނެވެ. އެކުގައި ޕީއެސްޕީ ގޭޭމް ކުޅުމަކީ އޭރު އީތަން އެއްމެ ފޯރީގައި ކޮށް އުޅުނު އެއްކަންތަކެވެ. އެހެެން އުޅެމުން އައިޝާ އާއި އީތަން ރައްޓެހިވިގޮތްވެސް އޭނާާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެ ދެމީހުން ރުޅިވުމުން އީތަން އާއި އަދުހަމް ޒުވާބުކުރި ޒުވާބުގެ މަތިންވެސް އަދިވެސް ހަނދާން އެބަހުއްޓެވެ. އޭޭގެ ފަހުން އެމީހުން އެއްވެސް ވަރަކަށް އަނގައިން ބުނެއެއް ނޫޅެ އެވެ.

އަދުހަމް ގެ ވިސްނުން ދެން ބަދަލުވީ ޝިފާ އާއި ދިމާއަށެވެ. ޝިފާ އާއި އީތަން އެކުގައި ފިލި ޚަބަރު ލިބުމުން އޭނާއަށް އެއްމެ ފުރަތަމަ ހައިރާން ކަމެއް ލިބުނެވެ. އެ ދެމީހުންނޭޭ ކިޔައިގެން ދެކެވޭ ވާހަކަތައް ޤަބޫލު ނުކުރާ ކަމަށް އަދުހަމް ބުނުމަކީ އަމިއްލަ ނަފުސަށް ހެދޭ ދޮގަކަށް ނޫނީ ނުވާނެކަން އަދުހަމް އަށް އެނގެ އެވެ.

"އަހަރެން ވަރަށް އުފާވެއްޖެ ތިގޮތަށް މަލީޝާ އައިމަ. އަޅެ ތިގޮތަށް ތަންކޮޅެއް ގިނަގިނައިން ތިގޮތަށް އައިސް އުޅެބަލަ!" އަދުހަމް ވިސްނަމުންދިޔަ އޮޅުންބޮޅުން ބޮޑު ޚިޔާލުތަކުން ނިކުމެވުނީ އައިޝާ ގެ އަޑު ޖެހުމުންނެވެ.

އެއީ އަދުހަމް އިންތިޒާރު ކުރަމުން އައި ހިނދުކޮޅު އަނެއްކާާވެސް ޖެހުނު ވަގުތެވެ. ދައްކާނެ ހުރިހައި ވާހަކައެއް އޭނާގެ ސިކުނޑި ތެރޭގައި ވަނީ ޕްލޭންކޮށް ނިންމާފަ އެވެ. އަދުހަމްގެ ރައްޓެއްސެއްގެ ވެޑިންގ އަށް އަދުހަމް އާއި އެކުގައި ގޮސްދިނުމަށް އެދޭނެ ގޮތް ވަނީ އެތައް ފަހަރަކު ހިތުތެރޭގައި ރިހާސަލް ކޮށްފަ އެވެ. މަލީޝާ ގެއަށް ދާން ނުކުތުމުން، އައިޝާ ގެއަށް ވަންނަ ދަނޑިވަޅު ބަލާފައި، މަލީޝާ ގެއަށް ގެންގޮސް ދިނުމަށް އެދެން ހުރީ ތައްޔާރަށެވެ.

އޭޭނާގެ ޕްލޭޭން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އުއްމީދާއި އެކު ކޮޓަރިން ބޭރަށް ނިކުތުމުގެ ކުރިން ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލި އެވެ.

"މައްސަލައެއް ނޯންނާނެ. މަށަށްވެސް ވަރަށް ސަޅިކަމެއް މީ މިހެން އައިސް އައިޝާ މެންނާއެކު ޓައިމް ސްޕެންޑް ކޮށްލުމަކީ." އައިޝާގެ އެދުމަށް މަލީޝާ ޖަވާބު ދެމުން ބުންޏެވެ. އަދިވެސް އެއް ފަހަރު އޭޭނާގެ ދަބަސް ހާވާލައި ޗެކް ކޮށްލި އެވެ.

"އައިޝް، ނޯޓްސް ތައް މަތީގަ ބަހައްޓާފަ މި ފޭބުނީ."

"އެހެންތަ. މަޑުކޮށްލާ. އަހަރެން ގެނެސްދޭނަން." އައިޝާ ޖަވާބުގައި ބުންޏެވެ.

މަލީޝާ ކައިރީގައި އައިޝާ ހުރެފައި އެތަނުން ދުރަށް ދިޔަ އަޑު އިވުނެވެ. އަދުހަމް ސިއްރު ސިއްރުން ސިޓިންގ ރޫމް ތެރެއަށް ވަދެއްޖެ އެވެ. ބްކް ޝެލްފުން ފޮތެއް ނަގައިގެން އެ ކިޔާކަމަށް ހެދިގެން ސިޓިންގ ރޫމްގައި މަޑުކޮށްލި އެވެ.

"ހައި!" މަލީޝާ އާއި ދިމާއަށް ބަލައިލަމުން އަދްހަމް ބުންޏެވެ.

"ހައި. އަހަރެން ހީކުރީ ރޭގަ އަދްހަމް ގެ ފްރެންޑްންނާއި އެކު ދަތުރު ދިޔަކަމަށް." ދޮރުކަނީގައި އިނގިލިތަކުން މަޑުމަޑުން ބެރު ދަނޑިވަޅަކަށް ޖަހައިލަމުން ބުންޏެވެ.

އަދްހަމް ގެ މޫނު ރަތްވެގެން ދިޔަ އެވެ. "ނޫނޭ. އަހަރެން އެންމެފަހުން ޚިޔާލު ބަދަލުވީ. އައިޝާ އެކަނި ބަހައްޓާފަ ދާާން ބޭނުން ނުވީ."

"އޯހް. ހާދަ ރަނގަޅު ކޮއްކޮއެކޭ ދޯ އައިޝާ އަށް ލިބިފަ ތިހުރީ." ކުޑަކޮށް ދިމާކޮށްލާ ރާގުގައި އައިޝާ ބުންޏެވެ.

"އަހަރެން މި ހިތަށް އަރަނީ..." އަދްހަމް ގެ ފުށަބޯ ކަހާލަމުން ބުނަންފެށި ޖުމްލަ މެދުކަނޑައިލި އެވެ.

"ހޫމް.. ކީކޭ؟" އަދްހަމް އަށް ބަލައިލަމުން މަލީޝާ ސުވާލުކުރިއެވެ.

"އަހަރެން ތީނަ ގެއަށް ވައްޓާލަދީފާނަން. މި ގަޑީގަ އެކަނިި ގެއަށް ދިއުން އެހައި ރައްކާތެރިއެއް ނުވާނެއެއްނު ދޯ!"

"އޯކޭ.. ތޭޭންކްސް." މަޑުމަޑުން މަލީޝާ ބުންޏެވެ.

"އަނެއްކާވެސް ވެހިގަތުމުގެ ކުރިން އެބަޖެހޭ ނައްޓާލަން. 'ސިސް އަންނަން ދެން މަލީޝާ އެބަހުއްޓޭ. އަވަސް ކޮށްބަލަ'!!" ވިއްސާރައަށް އިޝާރާތް ކުރަމުން އަދްހަމް ގެ ދައްތައަށް ގޮވާލިއެވެ.

"މި އަންނަނިއްޔޭ!! ކެތް ކޮށްލަބަލަަ!" ސިޑިން، ތިރިއަށް ފައިބަމުން އައިޝާ ޖަވާބު ދިނެވެ.

"އަހަރެން މީނަ ގެއަށް ގެންގޮސްދީފަ އެބަ އަންނަން. އޯކޭ ތަ؟" އަދްހަމް ބުންޏެވެ.

"އޯކޭ." ބުމަ އަރުވައިލަމުން އައިޝާ ޖަވާބު ދިނެވެ. އަތުގައި ހުރި މަލީޝާ ގެ ނޯޓްސް ތައް މަލީޝާ އަށް ދިއްކޮށްލި އެވެ.

"އައިޝާ ވެސް އަހަރުންނާ އެކީގަ ދާންވީނު؟" މަލީޝާ އެދުނެވެ.

"ހޭވައްލާ ތައްޔާރު!!" އަދްހަމް އަށް ބަލައިލާފައި ކުޑަކޮށް ހީލަމުން އައިޝާ ޖަވާބު ދިނެވެ. އަދްހަމް ގެ ސިކުނޑިތެރޭގައި ރާާވަމުންދާ ޕްލޭން އައިޝާ އަށް ހަމަ ރަނގަޅަށްވެސް އެނގެ އެވެ.

އަދްހަމް ކަރު އެލުވައިލަމުން ކާރުގެ ތަޅުދަނޑި ނެގިއެވެ. "ދެން، . ... ދާ ބަޔަކު އަވަހަށް ދާން ހިނގާބަލަ!!" އާފުރިލަމުން އަދްހަމް ބުންޏެވެ.

"މަ ހަމަ ތައްޔާާރު. އަހަރުން ތިން މީހުން އެކުގަ ބުރެއް ޖަހާލެވޭ ގޮތް ވީނު." 'ތިން މީހުން' މި ލަފުޒަށް ބާރުލަމުން އައިޝާ ބުންޏެވެ. "މި ވީކް-އެންޑް މިދިޔައީ ވަރަށް ސަޅިކޮށް. ވަރަށް މަޖާކޮށް." ހިނިތުންވުމަކާއެކު ވަރަށް ބާރަށް އައިޝާ ބުންޏެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު