Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ޖަލްސާ

ޕީޖީ އޮފީހުން ނެރުނު ބަޔާނުން މިހުރިހާ ދުވަހަކު ޕީޕީއެމް ކޮންފްރެންސް ހޯލުގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ކަށަވަރު ވެއްޖެ

ދައުލަތަށް ދައްކަންޖެހޭ ފައިސާ މިހާރުވެސް ދައްކަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 މާރިޗު 2018 | ހުކުރު 03:50
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާގައި ވާހަކަދައްކަވަނީ

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާގައި ވާހަކަދައްކަވަނީ

ޕީޖީ އޮފީހުން ނެރުނު ބަޔާނުން މިހުރިހާ ދުވަހަކު ޕީޕީއެމް ކޮންފްރެންސް ހޯލުގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ކަށަވަރު ވެއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު2 ޖަގަހައިގައި ބޭއްވި ޖައްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެބޭފުޅުން ދައްކަމުން ގެންދެވީ ގައުމަށް ބަޔަކު ގައްދާރުވެ، ވެރިކަން ހޯދުމަށް މަސައްކަތް ކުރާ ވާހަކައާއި ރިޝްވަތުދިން ވާހަކަތައް ކަމަށެވެ.

"އޭގެ ތެޜޭގައި އަޅުގަނޑުމެން ވަރަށް އިހްތިރާމް ކުރި ބޭފުޅުންނާއި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި ވެރިކަމަށް ވަޑައިގަންނަވާ ހިތުން އަވަހާރަފުޅު ނުލެއްޕެވިގެން އުޅޭ ބޭފުޅުންނާއި ދިވެހި ރައްޔިތުންނަށް އެތަށް ބިލިއަން ޑޮލަރަކުން ދަރާފައިވާ ފަރާތްތައްވެސް ހިމެނޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ކަނޑައަޅާފައިވާ ގޮތަށް ގައުމަށް ހިޔާނާތްތެރިވި މީހުންގެ ލިސްޓުގައި ގައުމައް އެތަށް ބިލިއަން ރުފިޔާއެއް ދަރާފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމްގެ ފަރާތުން އެކަނިވެސް ގާތްގަނޑަކަށް 2.9 ބިލިއަން ރުފިޔާ ހިފެހެއްޓުމަކީ އާންމު ރައްޔިތުން އެވާހަކަތައް ސައި ހޮޓާތަކާއި ދަނޑުތަކާއި ހޮޅިއަށިތަކުގައިވެސް ކޮންމެހެން ދައްކަންޖެހޭ ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ ދައުލަތަށް ގާސިމްގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ވީއެންމެ އަވަހަކަށް ހޯދުމަށް ގޮވާލައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އިދިކޮޅު ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރި ނަމަވެސް ރައްޔިތުންނަށް ދިރިއުޅުމަށް އެއްވެސް އުނދަގޫތަކާ ކުރިމަތިވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމަށް އަސަރު ކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީވެސް ހަގީގަތަކާ ޚިލާފު ވާހަކަތަކެއް ކަމަށާއި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރިން މަހާ އަޅާ ބަލާ އިރު ކުރިއަރާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ

20 މާރިޗު 2017
 ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ
28 ފެބުރުއަރީ 2017

ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި

28 ފެބުރުއަރީ 2017
ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި
27 ފެބުރުއަރީ 2017

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017
މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު