Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓާ ޖެނެރަލް

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017 | ހޯމަ 10:42

ރޭވި ރޭވުމުގައިވާ ގޮތަށް އަމަލެއް ހިންގާފައެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 27 ފެބުރުއަރީ 2017 | ހޯމަ 10:42
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން: މިހާރު ހުންނެވީ 17 އަހަރުގެ ޖަލު ހުކުމެއްގައި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން: މިހާރު ހުންނެވީ 17 އަހަރުގެ ޖަލު ހުކުމެއްގައި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ކަން ރާއްޖެއެމްވީ އަށް ކަށަވަރުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރަކުން ބުނީ މުހުތާޒްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ، އެ ދައުވާ އެގޮތަށް ނުކުރެވޭނެ ކަމަށް އެ މައްސަލައާ ހަވާލުވި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ލަފާދީފައިވަނިކޮށް ކަމަށެވެ.

Advertisement - newsAdvertisement

މަސްދަރު މައުލޫމާތު ދިން ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން، އެމަނިކުފާނު ރަހީނުކުރަން އުޅުމުގެ ތުހުމަތު މުހުތާޒްގެ މައްޗަށް ކުރެވުނު އިރު، ޓެރަރިޒަމުގެ ދައުވާކުރީ ރަހީނުކުރަން އުޅުނު ކަމަށް ބުނާ ބަޔަށެވެ.

އެހެން ނަމަވެސް، ރަހީނުކުރަން އުޅުން ޓެރަރިޒަމުގެ ކުށަށް ފައްތަން އުނދަގޫ ކަމަށާއި، އެ އަމަލު ހިންގުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިވޭތޯ ބަލަންޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް މީހުން އެއްވާ ގޮތަށް ރާވައި، އެތަނުން ފުލުހުންތަކެއް ގޮސް އަމުރާއެކު ރައީސް ޔާމީން ހައްޔަރުކުރަން ރާވާފައި އޮތް ނަމަވެސް، އެއިން އެއްވެސް ކަމެއް ނުހިނގަނީސް އެކަމަށް ބިނާކޮށް ގާނޫނީ ތަރަހައިގެ ތެރެއިން އެކަން ޓެރަރިޒަމަށް ނުފެއްތޭނެ ކަމަށެވެ.

ގާނޫނީ ގޮތުން އެކަން އެހެން އޮއްވާ، މުހުތާޒްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބައެއް ވެރިން ރައީސް އޮފީހަށް ހާޒިރުކޮށް، އެ އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ކަން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ތިން މަސްދަރަކުން ބުނެފައިވެ އެވެ.

އެ މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މުހުތާޒަށް ޓެރަރިޒަމުގެ ދައުވާ ކުރީ އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ގާނޫނީ ވަކީލުންގެ ޓީމަށް ވެސް ބައެއް ބަދަލުތައް ގެނެއުމަށް ފަހު އެވެ.

މިކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބަހެއް ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އަދި ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތް ވެސް ވަނީ ނުވެފަ އެވެ.

މުހުތާޒުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ޖޫން 9 ވަނަ ދުވަހު އޭނާ 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ހުކުމެއް ކުރައްވާފަ އެވެ.

އެ މައްސަލައިގައި މުހުތާޒުގެ އިތުރުން، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުކޮށް، އޭނާ ވެސް 17 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް