Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓީ ގަދަބާރުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 މާރިޗު 2018 | ބުރާސްފަތި 14:13
ޤައުމީ ޚިދުމަތުގައި ތިބި ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ރައްޔިތަކަށް އަނިޔާކުރަނީ

ޤައުމީ ޚިދުމަތުގައި ތިބި ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ރައްޔިތަކަށް އަނިޔާކުރަނީ

ކުއްލި ނުރައްކަލުގެ ހާލަތޭ ކިޔައިގެން ސަރުކާރުން ކުޅުނު ޑްރާމާ ނިމުމަކަށް އައީއެވެ. މިވީ 45 ދުވަހުގެ ތެރޭގައި އެތައް ސަތޭކަ ދިވެހި ރައްޔިތުންނަށް އެތައް އެތައް އަނިޔާއެއް ކޮށްފިއެވެ. އެތައް އާއިލާއެއް ބިކަކޮށް ރޮއްވައިފިއެވެ. ދައުލަތުގެ އިއްޒަތްތެރިންނާއި، މުއައްސަސާތަކުގައި ތިބި ޚިދުމަތްތެރިން ޖަލުގެ ތޭރިތަކުގެ ނިވަލަށް ލައި ފޮރުވައިފިއެވެ.

ފެބްރުއަރީ 5 ވަނަ ދުވަހުގެރޭ މި ޤައުމަށް ކުއްލި އެއްވެސް ހާލަތެއް ދިމައެއް ނުވެއެވެ. ދިމާވިހާ ވެސް ކަމަކީ ޤައުމުގެ ހާކިމަކަށް ހުރި މަނިކުފާނު ހިތްޕުޅާ ނުވާ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމެއް ނިންމުމެވެ. އެމަނިކުފާނު ބޭނުން ގޮތް ނުވުމުން ދެން ތިބި މީހުންނަށް އޭގެ އަހުވަ ދެއްކީއެވެ. އެމަނިކުފަނު ޑިގު ކުޅުއްވާއިރު ވެސް ވަނީ އެހެންނޯލައެވެ. އެމަނިކުފާނަށް ކުރިއެރެންދެން ދެން ތިބި މީހުން ޖެހެނީ ކުޅޭށެވެ. ދެކަމު ހާޖަތަށް ދާންވިޔަސް، ނިދިޖެހިގެން ވެއްޓުނަސް، އާއިލާ މީހަކު އައިސީޔޫއަށް ލިޔަސް އެމަނިކުފާނަށް ކުރި ނޭރެނިސް މިއިން މީހަކު ކުޅުން ހުއްޓިއަކަ ނުދެއެވެ. އެ މަނިކުފާނަށް ހަމަ ދެރަ ހަޖަމު ނުވަނީއެވެ. އެއީ އަޣުލަބިއްޔަތު ރައްޔިތުންގެ ޚިޔާލެވެ.

އެކުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އެ ނެރުނު އަމުރަކާ ހާކިމު މަނިކުފާނާ ގުޅުމެއް އޮތިއްޔަކީ ވެސް ނޫނެވެ. އޭގައި އޮތީ ސިޔާސީ ނުފޫޒުން ހިންގި ޝަރީއަތްތަކެއް އިންސާފުގެ މަގުން އަލުން ހިންގާ ވާހަކައެވެ. ހަމަހަމަ އުސޫލު ޤާއިމްކުރާ ވާހަކައެވެ. ރައްޔިތުން ހޮވި އެ ރައްޔިތުންގެ މަންދޫބުންނަށް، އެ ރައްޔިތުން ތަމްސީލު ކުރުމަށް ހުރަހެއް ނެތް ވާހަކައެވެ. ދެން އަމުދަކުން ހާކިމު މަނިކުފާނާ އެކަމާ ކޮން ކަމެއް ހެއްޔެވެ. ގައިމު ކޯޓުން އަމުރެއް ގެނައިމާ އެ އަމުރު އޮތީ ތެދަށްތޯ އިދިފުށަށްތޯ ނުބަލާ އަމުރު ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވީ ވެސް ހާކިމު މަނިކުފާނެވެ.

ދެން އުނބަށް ޖެއްސެވީ ކީއްވެތޯއެވެ؟ ކޯޓު އަމުރެއް ތަންފީޒު ނުކުރަން ބޮޑާހޭކީ ކީއްވެތޯއެވެ؟ ތިމާ ހިތް ނުރުހޭ ގޮތަށް އަމުރެއް ނެރުނީތީ ފަނޑިޔާރު މަނިކުފާނު ކުޑަގޮޅިއަށްލައި ބާލިދީގައި ކާންދޭ ހިސާބަށް ހަމަ ހިތަށް ތަދުވީތޯއެވެ.

އެންމެވެސް ހަޤީޤަތަށް ރުޖޫޢަ ވަމާހެއްޔެވެ. ހަތަރުދަމު ޓިނާއި ދޮންކެޔޮ ވިއްކަން ޓިވީއަށް އަރާ އެ ތިއްބަވާ މާކެޓިން ބޭފުޅުންކޮޅު ވެސް ހިމެނޭ ގޮތަށެވެ. ހަޤީޤަތަކީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރީ އެހެން ގޮތެއް ނެތިގެންނެވެ. ވެރިކަން ދިފާއުކުރުމަށް ވިއްދާނެ އެނޫން އެއްޗެއް ނެތީއެވެ. ހަދާނެ ގޮތްހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީއެވެ.

ހާކިމު މަނިކުފާނެވެ. މަނިކުފާނަށް ދެނެއް އެހެން ގޮތެއް ނެތެވެ. ވެރިކަމުގައި ހުންނަވާން ހިއްކާފައި ތިޔަހަރަ ކަރުހިއްކުމަށް ރާހަތެއް ލިބޭނީ އަނިޔާވެރިކަމުން ކަމީ އެންމެން ދަންނަ ކަމެކެވެ. ގަދަބާރުން، ބަޑި ބިޑި މުގުރުން ނޫން ގޮތަކަށް މިހާރަކު މަނިކުފާނަށް ވެރިކަން ދެމެހެއްޓެވޭކަށް ނެތެވެ.

އެކަމަކު ހާކިމު މަނިކުފާނެވެ. ދަންނަވަން ތޯއެވެ. މަނިކުފާނަށް ހަމަ ނިންޖެއް ނެތެވެ. ލޮލުފިޔަ ޖެހުމާއެކީ ތުއްތޮންބެ އާއި ތުއްތޮންބެގެ އަނބިދަރީން ރޯއަޑު ނީވޭތޯއެވެ. ހާކިމު މަނިކުފާނުގެ ސިފައިން، މަނިކުފާނުގެ ކޮއްކޯފުޅުގެ ކޮނޑުހުޅުން ނައްޓާލާފައިވާ މަންޒަރު ސިފަ ނުވޭތޯއެވެ. ކަލު ދަބަސްތަކުގައި ގެއަށް ވަންކަމަށް މަނިކުފާނު އިއުތިރާފުވެވަޑައިގަތް ހަލާލުނޫން ފައިސާގެ ދާނުގައި އޮންނަ އިރު، ޖަލުގައި އެތިބިހާ މީހުންގެ ހަށިގަނޑުގައި އެ އަޅާ ވޭން މަނިކުފާނަށް އިހުސާސް ނުވޭތޯއެވެ.

މަނިކުފާނެވެ. ވިސްނަވާށެވެ. މިއަދު ނިމި ހިނގައިދާނެއެވެ. މާދަމާ އާއި ކުރިމަތިލާން ތައްޔާރުތޯއެވެ. ގަދަބާރުން ވެރިކަން ދެމެހެއްޓުން ނޫން ގޮތެއް ނެތްއިރު ރައްޔިތުން ކަތިލައިގެން ވެރިކަން ދެމެހެއްޓުން ހަމަ އެހާ މުހިއްމު ހެއްޔެވެ؟ މަނިކުފާނު ވިސްނަވާށެވެ. މަނިކުފާނުގެ ހިތި ނިމުމުގައި ކައްތިރިމުދި ތިޔަ ޖެއްސެވީ މަނިކުފާނު އަމިއްލައަށެވެ.

ހަމަކުރާއިރު އަރާ ޤުދުރަތުގެ ނިޔާ

ނުބަލާނެ ޔާމިނެއް ހައިލަމެއް ހިލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

11 އޯގަސްޓު 2017
ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

08 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

02 ޖުލައި 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު