Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަންދްރޭސް އިނިއެސްޓާ

ބާސާ ދޫކޮށްލުން ވެގެންދާނީ އުނދަގޫ ނިންމުމަކަށް: އިނިއެސްޓާ

އޭނާ ހޯދުމަށް ޗައިނީޒް ސުޕާ ލީގުގެ ޓީމުތަކުން އަންނަނީ މަސައްކަތްކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 22 މާރިޗު 2018 | ބުރާސްފަތި 12:05
ބާސާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ

ބާސާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ

ބާސެލޯނާ ދޫކޮށްލުން ވެގެންދާނީ ވަރަށް އުނދަގޫ ނިންމުމަކަށް ކަމަށް އެ ޓީމުގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.

ޗައިނީޒް ސުޕާ ލީގުގައި ވާދަކުރަމުން އަންނަ ޓިއަންޖިން ކުއަންޖިއާން އަށް އިނިއެސްޓާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެ ކްލަބުން ވަނީ މިއީ ދޮގު ޚަބަރުތަކެއް ކަމަށާއި އެ ޚަބަރުތައް ފަތުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ބާސާގެ ވެބްސައިޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި ބަޔާނެއްގައި ވަނީ އިނިއެސްޓާ އެ ކްލަބާ އެކު އުމުރު ދުވަހުގެ ކޮންޓްރެކްޓެގައި ސޮއިކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުމާ އެކު އޭނާގެ ކެރިއަރު ނިންމާލާނީ ބާސާގައި ހުރެގެން ކަމަށެވެ.

އިނިއެސްޓާ ބުނެފައިވަނީ އޭނާގެ ކުރަމަގާއި މެދު އެޕްރީލް މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ. ރޭޑިއޯ ސްޓޭޝަނަކާ ވާހަކަ ދައްކަމުން އޭނާ ބުނީ ބާސާއާ ދެކޮޅަށް ކުޅޭނެ ފުރުސަތު އޮންނާނޭ ޓީމަކަށް ބަދަލުނުވާނެ ކަމަށާއި އެ ނޫން ކޮންމެ ޓީމަކުން ވެސް އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ވަރަށް ގިނަ ކަންކަން އޭނާއަށް ވިސްނޭ ކަމަށާއި ގޮތެއް ނިންމުމަށް ބާކީ އޮތީ މަދު ހަފްތާތަކެއް ކަމަށެވެ.

އިނިއެސްޓާ ބުނީ މިއީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ނިންމުން ކަމަށާއި މިހާރު އޭނާގެ އުމުރުގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ލިބެމުންދާ ކަމަށެވެ. އޭނާ ބުނީ މިއީ ކްލަބަށް އޮންނަ ލޯތްބެއްގެ ސަބަބުން ނިންމާ ނިންމުމެއް ނޫން ކަމަށާއި މިއީ އޭނާގެ ފިޓްނެސްއަށް ބެލުމަށް ފަހު ނިންމާ ނިންމުމެއް ކަމަށެވެ. ހަމައެހެންމެ އިންޖަރީ ނުވާ ނަމަ ބާސާގެ ފުރަތަމަ އެގާރައިން ކުރިޔަށް އޮތް ދެ އަހަރު ވެސް ފުރުސަތު ލިބޭނެ ކަމަށް އިނިއެސްޓާ ބުނެފައި ވެއެވެ.

އިނިއެސްޓާ ބުނީ އޭނާ ބާސާ ދޫކޮށްލާނީ އެ ޓީމަށް ކުޅުންތެރިޔެއްގެ ގޮތުގައި 100 އިންސައްތަ ނުދެވޭނެކަން ކަށަވަރުވުމުން ކަމަށާއި އެ ނިންމުން ވެގެންދާނީ ވަރަށް އުނދަގޫ ނިންމުމަކަށް ކަމަށެވެ. އޭނާ ބުނީ ނިންމުން ކިތަންމެ އުނދަގޫވި ނަމަވެސް އެކަމާ މެދު މާ ބޮޑަށް ނުވިސްނާ ކަމަށާއި ވިސްނަމުންދަނީ މި ސީޒަނުގައި ކާމިޔާބު ހޯދުމަށް ކަމަށެވެ.

އިނިއެސްޓާ މިފަދައިން ވާހަކަ ދައްކާފައިވާއިރު ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އިނިއެސްޓާ ނެތް ބާސާއަކާ މެދު ނުވިސްނާ ކަމަށާއި ހަގީގަތަކީ މިވަގުތު އިނިއެސްޓާއަކީ ބާސާގެ ކުޅުންތެރިއެއް ކަމަށެވެ.

އިނިއެސްޓާއަކީ639 މެޗާ އެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އަދި 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ދުވަހުން ފެށިގެން ބާސާގެ ޓީމުގައި ހިމެނިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ އެ ޓީމަށް 55 ލަނޑު ޖަހައިދީފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަނަކީ ވެސް އިނިއެސްޓާއެވެ. ބާސާއާ އެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން 8 ފަހަރު، އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު