Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ހާލަތު

ރައީސް ޔާމީން އިއުލާން ކުރެއްވީ ޗައިނާގެ ގޮނޑި ކޮއްކޮ ދައުލަތެއްގެ ހާލަތު: ރައީސް ނަޝީދު

ރައީސް ޔާމީން ނެރުއްވި އަނެއް ހާލަތުގައި ދިވެހިން ތިބޭނީ ހައްޤުތައް ގެއްލިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 މާރިޗު 2018 | ބުރާސްފަތި 11:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރާއްޖޭގައި މިހާރު އިއުލާން ކުރައްވާފައި ވަނީ ޗައިނާގެ ގޮނޑި ކޮއްކޮ ދައުލަތެއްގެ ހާލަތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ނެރުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީން އިއުލާނުކުރެއްވި އަނެއް ހާލަތުގައި ދިވެހިން ތިބޭނީ ހައްޤުތައް ގެއްލިފައި ކަމަށާއި އަދި ޗައިނާ އަށް އިންތިހާއަށް ދަރަނިވެރިވެފައި ކަމަށެވެ.

Advertisement - newsAdvertisement
"މިއަދު އެ ހާލަތު ނަންގަވަން ރައީސް ޔާމީން އިއުލާން އެ ކުރައްވަނީ ރާއްޖެއަށް މުޅިން އެހެން އާންމު ހާލަތެއް ގެނައުމަށް. ހުދުމުހުތާރު ވެރިކަމާއި އަދި ޗައިނާގެ ގޮނޑި ކޮއްކޮ ދައުލަތެއް ކަމުގެ އައު ހާލަތު" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ ދިވެހިން އުންމީދު ކުރާ ގޮތް ނޫން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ޝަރީއަތުގެ ނިޒާމާއި ޤާނޫނުގެ ނިޒާމް ގަޑުބަޑު ކުރެއްވުމުގެ ނިޔަތުގައި ކަމަށާއި ކުއްލި ހާލަތުގެ ތެރޭގައި 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރާއްޖޭގެ ޝަރީއަތުގެ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމް ގަޑުބަޑުކޮށް ބަލިކަށި ކުރުމުގެ ނިޔަތުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ޖިނާއީ ކޯޓަށް ނުބެލޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެހެނިހެން ސިޔާސީ ބޭފުޅުން ވެސް މިނިވަން ކުރުމަށާއި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީސް އަނބުރާ ޤާއިމް ކުރުމަކީ އެންމެހާ ފަރާތްތަކުގެ މައްޗަށް ވާޖިބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖިނާއީ ކޯޓުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއަށާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބެލުމުގެ އިހްޞާޞް އެއްގޮތަކަށް ވެސް ނޯންނާނެ. ފަނޑިޔާރުންގެ މައްސަލަ ބަލާ ތަނަކީ ޖުޑީޝަލް ސާރވިސް ކޮމިޝަން. އެއީ އަޅުގަނޑުން ބޯލަނބާ މި ތިބި އަސާސަކީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތަރައްޤީގެ ތަސައްވަރަކީ އޮޅުވާލުމެއް ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްޤީ ނޫން ކަމަށެވެ.

"ރައީސް ޔާމީންގެ ތަރައްޤީގެ ތަސައްވަރަކީ އޮޅުވާލުމެއް، ކޮންކްރީޓަކީ ތަރައްޤީއެއް ނޫން. ބްރިޖަކަސް އަދި ކިތަންމެ ބުރިޔެއްގެ އިމާރާތަކަސް އެއީ ތަރައްޤީއެއް ނޫން. އެއީ ދަރަނި. ރާއްޖޭގެ ވިޔަފާރިތަކާއި އަދި ދިވެހި ދައުލަތާއި ސަރުކާރު ޗައިނާގެ އެގްޒީމް ބޭންކް އަށް ދެރުވުމަށްޓަކައި އެ ބޭންކް އެ ތިބެނީ ފޫގަޅާފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުން ދޫ ނުދޭނެ ކަމަށާއި ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހިންނަށް ހޯދައި ދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު