Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި

22 މާރިޗު 2018 | ބުރާސްފަތި 11:00

އިޢުލާނުކުރީ ފެބްރުއަރީ 5 ވަނަ ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 މާރިޗު 2018 | ބުރާސްފަތި 11:00
ރައީސުލްޖުްމޙުރިއްޔާ އުއްތަމަ ފަނޑިޔާރާއި އެކު

ރައީސުލްޖުްމޙުރިއްޔާ އުއްތަމަ ފަނޑިޔާރާއި އެކު

ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުން ނެރުނު އަމުރަކަށް ތަބާނުވުމަށް ބަހަނާ ދައްކައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރެއްވީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރެއެވެ. 15 ދުވަހުގެ މުއްދަތަށް އިޢުލާނުކުރެއްވި އެ ހާލަތަށް، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އިތުރު 30 ދުވަސް އިތުރުކޮށްދީފައެވެ. އަދި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ފަދަ ވޯޓަކުން އިތުރުކުރި އެ 30 ދުވަސް އިތުރުކޮށްފައިވަނީ ރަނގަޅަށް ކަމަށް، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ނިންމަވާފައެވެ.

44 ދުވަހާއި 16 ގަޑިއިރަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައިވާއިރު، ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރެއިން ސަރުކާރުން ވަނީ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު މިހާރު މިނިވަންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހައްޔަރުކުރި ދައުލަތުގެ ބައެއް ވެރިންނާއި އިއްޒަތްތެރިންގެ މައްޗަށް އެކިއެކި ދައުވާތައް އުފުލައި، އެފަރާތްތައް ޝަރީޢަތް ނިމެންދެން ވަކި މުއްދަތެއް ނެތްގޮތަށް ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ވަނީ އަމުރު ކުރައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހައްޔަރު ކުރެވުނު ފަރާތްތަކުގެ ތެރޭގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން ހިމެނިވަޑައިގަންނަވައެވެ. އަދި އެ ބޭފުޅުންގެ މައްޗަށް އެކި ކަހަލަ ތުޙުމަތުތައްކޮށް، އެކި ދައުވާތައް ވަނީ އުފުލާފައެވެ.

އެގޮތުން، ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމާއި، އަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް މައްޗަށް ޓެރަރިޒަމާއި، ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމާއި، އަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމާއި، ރިޝްވަތު ހިފުމާއި، އަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވާއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސައީދުގެ މައްޗަށް މައްޗަށް ރިޝްވަތު ހިފުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން، އަދި ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސިޔާދް ޤާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މި ހުރިހާ ބޭފުޅުންވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކު ވަނީ އަމުރު ކުރައްވާފައެވެ.

މި ފަރާތްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ ފާރިސް މައުމޫނާއި، އިލްހާމް އަޙުމަދާއި، ޢަބްދުﷲ ސިނާން އަދި ޢަބްދުﷲ ރިޔާޒްގެ އިތުރުން ކުރިގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު އަރީފާއި، ޔުމްނާ މައުމޫންގެ ފިރިކަލުން މުޙައްމަދު ނަދީމްގެ މައްޗަށްވެސް ސަރުކާރުން ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުގެ ގާޒީއަކު ވަނީ އަމުރު ކުރައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި މަހަކަށްވުރެ ގިނަދުވަސް ވޭތުވެގެން ދިޔައިރު، އެ ހާލަތު އުވާލުމަށް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވަނީ ގޮވާލާފައެވެ. އަދި މި މުއްދަތުގައި ހައްޔަރުކުރެވުނު ފަރާތްތަކަށް އެކިއެކި ލާއިންސާނީ އަނިޔާދީފައިވާ ކަމުގެ ތުޙުމަތު އެފަރާތްތަކުން ކުރާއިރު، އެކަމާއި ގުޅިގެންވެސް އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!
12 އެޕްރީލު 2017

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

12 އެޕްރީލު 2017
ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް
12 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

12 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް