Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެރޫގެ ރައީސްގެ އިސްތިއުފާ

ޕެރޫގެ ރައީސް އިސްތިއުފާ ހުށަހަޅުއްވައިފި

22 މާރިޗު 2018 | ބުރާސްފަތި 08:12

ކުޒިންސްކީ ވަނީ ބާރުތައް ހަވާލުކުރެއްވުމަށް އެއްބަސްވެ ވަޑައިގެންފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 މާރިޗު 2018 | ބުރާސްފަތި 08:12
ކުޒިންސްކީ ވަނީ ގާނޫނާއި ޚިލާފަށް ފައިސާ ހޯއްދަވާފައިވާ ނުވާނެ ކަމަށް ވިދާޅުވެފައި

ކުޒިންސްކީ ވަނީ ގާނޫނާއި ޚިލާފަށް ފައިސާ ހޯއްދަވާފައިވާ ނުވާނެ ކަމަށް ވިދާޅުވެފައި

ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ މަގާމުން އިސްތިއުފާ ދެއްވުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ވަކިކުރަން ހުށަހަޅަން ތައްޔާރުވެފައިވަނިކޮށް އިސްތިއުފާ އިއުލާނުކުރައްވާފައިވަނީ ޓީވީ މެދުވެރިކޮށް ބުދަ ދުވަހު ގައުމާ މުޚާތަބު ކުރައްވަމުންނެވެ.

އުމުރުފުޅުން 79 އަހަރު ފުޅުގެ ކުޒިންސްކީ އިސްތިއުފާ ހުށަހަޅުއްވާފައިވަނީ އެ މަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވުމުން އެ މަނިކުފާނުގެ އަރިސް ބޭފުޅުން މަޖިލީހުގެ މެމްބަރުންގެ ގާތުގައި އެ ވޯޓް ނުނެގުމަށް އެދިވަޑައިގެން ވާހަކަ ދައްކަވާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯތަކެއް ނަގާފައިވަނިކޮށެވެ.

ކުޒިންސްކީ ވަނީ ގާނޫނުއަސާސީގެ އުސޫލުތަކާއި އެއްގޮތަށް ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވުމަށް ވައުދުވެ ވަޑައިގެންފައެވެ.

އެ މަނިކުފާނު ވަނީ ސުލްހަވެރި އެއްބައިވަންތަ ގައުމަކަށް ޕެރޫ ހެދުމަށް ކުރާ މަސައްކަތުގައި ހުރަހަކަށް ވެ ވަޑައިގަތުމަށް ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ.

ޕެރޫގެ ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސަކު މަގާމުން ވަކި ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވެއެވެ. އެހެންކަމުން ކުޒިންސްކީ އެމަގާމުން ވަކި ކުރުމަށް ނަގާ ވޯޓުގައި 130 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ 87 މެމްބަރުންގެ ވޯޓު ހޯދަން ޖެހެއެވެ.

ކުޒިންސްކީގެ މައްޗަށް ކުރެވިފައި ވަނީ، ބްރެޒިލްގައި ކޮންސްޓްރަކްޝަންގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ އޮޑެބްރޭޗް އާއިއެކު ގާނޫނާއި ޚިލާފަށް، ސިއްރުން ފައިސާގެ މުއާމަލާތްތަކެއް ހިންގުމުގެ ތުހުމަތެވެ.

މިމައްސަލަ ފަޅާއަރާފައިވަނީ، 12 ގައުމަކުން އިމާރާތް ކުރުމުގެ ސިނާއަތާއި ގުޅުން ހުރި ކޮންޓްރެކްޓްތައް ހޯދުމަށް ރިޝްވަތުގެ ގޮތުގައި 788 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވާ ކަމަށް އޮޑެބްރޭޗް އިން އެއްބަސްވުމާއި ގުޅިގެންނެވެ. ޕެރޫގެ އިތުރުން އެކުންފުނިން ރިޝްވަތު ދީފައިވާ ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ، މެކްސިކޯ އަދި ވެނެޒުއޭލާ ހިމެނެއެވެ.

ކުޒިންސްކީ ވަނީ ގާނޫނާއި ޚިލާފަށް ފައިސާ ހޯއްދަވާފައިވާ ނުވާނެ ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އެހެން ނަމަވެސް، އޮޑެބްރޭޗް ކުންފުންޏަށް ޚިދުމަތެއްގެ ގޮތުގައި ލަފާ ދީފައިވާނޭ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް