Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަޕިލް ޝަރުމާ

ކަޕިލްގެ އާ ޝޯއެއް ފަށަނީ

އާ ޝޯ ދައްކަން ފަށާނީ މިމަހުގެ ފަހު ހަފްތާގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 މާރިޗު 2018 | ބުދަ 06:21
ދަ ކަޕިލް ޝަރުމާ ޝޯގެ މަންޒަރެއް

ދަ ކަޕިލް ޝަރުމާ ޝޯގެ މަންޒަރެއް

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ އާ ޝޯއެއް ސޮނީ ޓީވީން ފަށަން ނިންމައިފިއެވެ.

"ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" ގެ ނަމުގައި ފަށާ ކޮމެޑީ މި ޝޯގެ ޕްރޮމޯ މިހާރު ވަނީ ދައްކަން ފަށާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ކަޕިލްގެ އާ ހޮސްޓަކަށް ނަގާފައި ވަނީ ޓީވީ އެކްޓްރެސް ނެހާ ޕެންޑްސްއެވެ. ނެހާއަކީ ޑްރާމާ ސީރީޒް "މޭ އައި ކަމިން މެޑަމް" ގެ ސަންޖަނާގެ ރޯލު ކުޅުނު އެކްޓްރެސްއެވެ.

"ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" ގައި ގެސްޓުންގެ ގޮތުގައި ބޮލީވުޑްގެ ފަރާތްތައް ވެސް ފެނިގެންދާނެ ކަމަށް ވެއެވެ. އޭގެ ތެރޭގައި ފިލްމީ ތަރި އަޖޭ ދޭވްގަން ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ މިމަހުގެ ފަހު ހަފްތާގައި ފަށާއިރު ކަޕިލް މީގެ ކުރިން ފެނިގެންދިޔަ ޝޯ ކަމަށްވާ "ދަ ކަޕިލް ޝަރްމާ" ޝޯއަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މިޝޯގައި ކަޕިލްއާ އެކު ކޮމޭޑިއަން ބާރްތީ ސިންގް ވަނީ ހޮސްޓްކޮށްފައެވެ.

ބާރްތީ ބުނެފައި ވަނީ އޭނާ ކަޕިލްގެ ާއޝޯއާ ގުޅެން ބޭނުންވާ ކަމަށާއި ކަޕިލް ބޭނުން ކަމުގައި ވާނަމަ އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ބާރްތީ ބުނީ އޭނާ ހުރީ ކަޕިލް އެނބުރި އައުމުން ވަރަށް އުފަލުން ކަމަށާއި ކުރީގެ ޝޯ ހުއްޓާލުމުން އެންމެން ވެސް ތިބީ ވަރަށް ދެރަވެފައި ކަމަށެވެ. އަދި އާ ޝޯގައި އޭނާ ފެނިދާނެތޯ ސުވާލު ކުރަމުންދާ ކަމަށާއި އޭނާ އެޝޯއަށް ދާން ބުނެފި ކަމުގައި ވާނަމަ އޭނާ ދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ދެއްކި ކަޕިލްގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ހުއްޓާލަން ޖެހުނީ އޭނާއާ އެކު މުހިއްމު ބައެއް އަދާކުރި ސުނިލް ގްރޯވަރާ މައްސަލަ ޖެހި އެ ޝޯގެ ތަރިން ބައިބައިވުމުންނެވެ. އެ މައްސަލަ ފެންމަތިވީ އެ ޝޯގެ ތަރިން އޮސްޓްރޭލިއާ އަށް ކުރި ދަތުރަކަށް ފަހު އިންޑިއާއަށް ދިޔަ ފްލައިޓްގައި ކުރި ޒުވާބެއްގެ ސަބަނުންނެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވި ހުރިހާ ތަރިން މި ފަހަރުގެ ޝޯގައި ބައިވެރިވާނެ ކަމަށް ޚަބަރުތައް ބުނި ނަމަވެސް ގްރޯވަރު އެ ޝޯގައި ބައިވެރިއެއް ނުވާނެއެވެ. ކަޕިލްއާ އެކު މަސައްކަތްނުކުރާނެ ކަމަށް މީގެ ކުރިން ގްރޯވަރު ބުނެފައި ވެއެވެ.

ކުރީގެ ޝޯއަށް ވުރެ ރަނގަޅަށް އެ ޝޯ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކަޕިލް ވަނީ މީގެ ކުރިން އިންޑިއާގެ ނޫސްތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ

އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ

16 އޯގަސްޓު 2017
އޮގަސްޓް 8ގައި "ހައްދު" ގެ ޓިކެޓް ވިއްކަން ފަށަނީ

އޮގަސްޓް 8ގައި "ހައްދު" ގެ ޓިކެޓް ވިއްކަން ފަށަނީ

03 އޯގަސްޓު 2017
"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ

"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ

16 ޖުލައި 2017
ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ

ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ

09 ޖުލައި 2017
ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ

ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ

02 ޖޫން 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު