Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގޫގްލް

ނޫސްވެރިކަމަށް 300 މިލިއަން ޑޮލަރު ގޫގްލް އިން ޚަރަދުކުރަނީ

21 މާރިޗު 2018 | ބުދަ 03:34

ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް އައު ޓެކްނޮލޮޖީ އުފައްދާނެ ކަމަށް ގޫގްލްއިން ބުނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 މާރިޗު 2018 | ބުދަ 03:34
ގޫގްލްއިން މިހާރުވެސް ނޫސްވެރިންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ގޫގްލްއިން މިހާރުވެސް ނޫސްވެރިންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ނޫސްވެރިކަން ތަރައްޤީކުރުމަށާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް 300 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ނިންމާފައިވާ ކަމަށް ގޫގްލް އިން ބުނެފިއެވެ.

ގޫގްލްއިން ބުނާ ގޮތުގައި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް އެކުންފުނީގެ ސަރޗް އަލްގޮރިދަމްއަށް މިހާރު ވެސް ބަދަލުތަކެއް ގެނެވިފައިވާއިރު، އިތުރު ދިރާސާތަކެއް ކޮށް، އިތުރު ބަދަލުތަކެއް ގެނައުމަށް އެކުންފުނި އޮތީ ތައްޔާރަށެވެ.

ގޫގްލްއިން ނޫސްވެރިކަމަށް ބޮޑު ޚަރަދެއް ކުރަން ނިންމިއިރު، ނޫސް މަޖައްލާތަކަށް އިޝްތިހާރުގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު އިންސައްތައެއް ގޫގްލް ފަދަ ކުންފުނިތަކަށް މިހާރު ލިބޭކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި އެކަނި ވެސް ޑިޖިޓަލް އިޝްތިހާރުތަކަށް ކުރާ ޚަރަދުގެ 71 އިންސައްތަ ފައިސާ ލިބޭނީ ފޭސްބުކް އަދި ގޫގްލްއަށެވެ. އެކަމާ ގުޅޭ ގޮތުން ގޫގްލްގެ ޗީފް ބިޒްނަސް އޮފިސަރ ފިލިޕް ޝިންޑްލަރ ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދާއިރާގެ އެކި ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގޫގްލް އިން މިހާރު ވެސް ދަނީ ގޫގްލް ނިއުސް ފަދަ ޕްރޮޑަކްޓްތައް މެދުވެރިކޮށް ނޫސްތަކާ އެކު މަސައްކަތްކުރަމުންނެވެ. އަދި ދާދި ފަހުން ހޮންގްކޮންގް ނޫހެއް ކަމަށްވާ ސައުތު ޗައިނާ މޯނިން ޕޯސްޓާ ގުޅިގެން ވަރޗުއަލް ރިއަލިޓީ ޕްރޮޖެކްޓެއް ވެސް ހިންގާފައިވެއެވެ.

ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ވެސް ގޫގްލް އިން މަސައްކަތް ފަށާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ގޫގްލް އާއި ފޭސްބުކް ފަދަ ކުންފުނިތަކުން މަސައްކަތް ނުކުރާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިފަދަ އެއް މިސާލަކީ 2017 ވަނަ އަހަރު އެމެރިކާގެ ލާސްވޭގަސްގައި ހޮޓަލަކަށް ހަމަލާދީ މީހަކު 50 މީހުން މަރާލި ހާދިސާއެވެ. މިޙާދިސާގައި ބަޑި ޖެހި މީހާއަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕާ އިދިކޮޅު މީހެއް ކަމަށް ބުނެ ފެތުރުނު ދޮގު ޚަބަރު ޕްރޮމޯޓް ވެފައިވަނީ ގޫގްލް އަދި ފޭސްބުކްގެ ޕްލެޓްފޯމްތަކުގެ ތެރެއިންނެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް