Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސްކެންޑަލް

ސްކެންޑަލްގެ ފަހު އެޕިސޯޑު ޝޫޓުކޮށް ނިންމައިފި

އެންމެ ފަހު އެޕިސޯޑް ދައްކާނީ އަންނަ މަހުގެ 19 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 20 މާރިޗު 2018 | އަންގާރަ 04:27
ސްކެންޑަލްގެ މަންޒަރެއް

ސްކެންޑަލްގެ މަންޒަރެއް

އޭބީސީގެ މަޝްހޫރު ޑްރާމާ ސީރީޒް ސްކެންޑަލްގެ އެންމެ ފަހުގެ އެޕިސޯޑްގެ ޝޫޓިން ނިންމާލައިފިއެވެ.

ޓީވީ ޕްރޮޑިއުސަރ ޝޮންޑާ ރައިމްސްގެ ޝޮންޑަލޭންޑުން އޭބީސީއާއި ގުޅިގެން ގެނެސްދޭ ސްކެންޑަލްގެ އެންމެ ފަހު އެޕިސޯޑް ޝޫޓުކޮށް ނިންމައިފިކަމަށް އެފިލްމުގެ ލީޑުރޯލުން ފެންނަ ތަރި ކަމަށްވާ ކެރީ ވޮޝިންޓަން(އޮލިވިއާ ޕޯޕް) ވަނީ އާންމުކޮށްފައެވެ.

މިސީރީޒްގެ އެންމެ ފަހު އެޕިސޯޑް ނިންމުމަށްފަހު ސީރީޒްގެ ޓީމުންވަނީ ނިންމުން ފާހަގަ ކުރުމަށް ވްރެޕް އަޕް ޕާޓީއެއްވެސް ބާއްވާފަ އެވެ.

މިސީރީޒްގެ 7 ވަނަ ސީޒަން މިހާރު ދައްކަމުން އަންނައިރު އެންމެ ފަހު އެޕިސޯޑް ދައްކާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.

ސްކެންޑަލް ނިންމާލާނެކަމަށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. ސްކެންޑަލް ނިންމާލާނެކަން އިއުލާން ކުރަމުން އޭބީސީގެ ރައީސް ޗަނިން ޑަންގޭ ބުނެފައި ވަނީ ސީރީޒް ނިމުމަކަށް ގެނައުމަށް ނިންމީ ސީރީޒްގެ ޕްރޮޑިއުސަރ ޝޮންޑާ ރައިމްސްއާ ވާހަކަ ދެއްކުމަށް ފަހު އެކަމަށް އެއްބަސްވުމުން ކަމަށެވެ. އަދި ޝޮންޑާ އަށް މި ސީރީޒް ރީތިކޮށް ނިންމާލާނެ އުކުޅު އެނގޭނެ ކަމަށް އޭނާ ބުންޏެވެ. ޑަންގޭ ބުނީ ސްކެންޑަލް ކަހަލަ ސީރީޒްއެއް އޭބީސީ މެދުވެރިކޮށް ދެއްކުން އެއީ އެ ނެޓްވޯކަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

ސްކެންޑަލް ނިކުތީ 2012 ވަނަ އަހަރެވެ. "ސްކެންޑަލް" ވެގެން ދިޔައީ ގާތްގަނޑަކަށް 30 އަހަރު ފަހުން އެމެރިކާގެ ސީރީޒްތަކުގެ ތެރެއިން ކަޅު ނަސްލުގެ އަންހެނަކު ލީޑް ރޯލުން ފެނިގެންދިޔަ ފުރަތަމަ ސީރީޒްއަށެވެ.

ޝޮންޑާ ބުނީ ބެލުންތެރިންނަށް ކަމުދާނެ ގޮތަށް ސްކެންޑަލް ނިންމާލަން ފަސޭހަވާނެ ކަމަށާއި އެއީ އެކަމަށް އެކަށީގެންވާ ވަގުތު އޭބީސީން ދިނުމުން ކަމަށެވެ.

މި ސީރީޒްގެ މުހިއްމު ތަރިންގެ ތެރޭގައި ކެރީ ވޮޝިންޓަން، ޓޯނީ ގޯލްޑައުންއާ އަދި ސްކޮޓް ފޮލޭ ހިމެނެއެވެ.

ސްކެންޑަލްގެ އެންމެ ފަހުގެ އެޕިސޯޑްގެ ޝޫޓިން ނިންމާލާފައިވާއިރު މަޝްހޫރު ދެ ޝޯވ ކަމަށްވާ ސްކެންޑަލް އާއި ހައު ޓު ގެޓް އަވޭ ވިތު މަރޑަރ ގެ ކްރޮސްއޯވަރ އެޕިސޯޑް ވަރަށް އަވަހަށް ފެންނާނެކަމަށް ދެ ޝޯވ އުފެއްދި، އަދި ޕްރޮޑިއުސަރެއްގެ މަގާމުގައި ހުރި ޝޮންޑާ ރައިމްސް ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު