Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިނި މޫސުން

ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އިނގިރޭސި ގިނަ ކުޅިވަރުތަކެއްގެ މެޗްތަކެއް ކެންސަލް

ގިނަ ކުޅިވަރުތަކެއްގެ މެޗްތަކެއްވަނީ ލަސްކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 މާރިޗު 2018 | އާދީއްތަ 14:09
ސްޓޭޑިއަމެއްގެ ބޭރުގައި ސްނޯ ފައިބާފައި

ސްޓޭޑިއަމެއްގެ ބޭރުގައި ސްނޯ ފައިބާފައި

އިނގިރޭސިވިލާތަށް ފިނިގަދަވެ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ގިނަ ކުޅިވަރު މެޗްތަކެއް ފަސްކުރަން ޖެހިއްޖެއެވެ.

އެގޮތުން ސްޓޭޑިއަމްގެ ވަށައިގެންވާ ސަރަހައްދަށް ބޯކޮށް ސްނޯވެހި، ރައްކާތެރި މާހައުލެއް ނެތުމުގެ ސަބަބުން ޑާރބީ ކައުންޓީ އާއި ކާޑިފް ސިޓީ ބައްދަލުކުރަން ހަމަޖެހިފައިވާ ޗެމްޕިއަންޝިޕްގެ މެޗްވެސް ވަނީ ލަސްކޮށްފައެވެ.

އަންހެނުންގެ އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލްގެ 3 މެޗެއްވެސް ވަނީ ލަސްކޮށްފައެވެ. އެއީ އާސެނަލް އާއި ޗާލްޓަން ބައްދަލުކުރާ މެޗާއި، ޑަރހަމް އާއި އެވަރޓަން ބައްދަލުކުރަން ހަމަޖެހިފައިވާ މެޗްގެ އިތުރުން ސަންޑަރލޭންޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗްވެސް ވަނީ ލަސްކޮށްފައެވެ. އެފްއޭ ކަޕްގެ އަންހެން ކުއާޓަރ ފައިނަލްގެ އިތުރުން އަންހެނުންގެ ލީގުގެ ދެވަނަ ޑިވިޝަންގެ މެޗެއްވެސް ވަނީ ފަސްކޮށްފައެވެ.

އެހެން ކުޅިވަރުތަކަށް ބަލާއިރު ރަގްބީ ޔޫނިއަންގެ އެންގްލޯ-ވެލްޝް ކަޕްގައި ބާތު އާއި އެގްޒެޓަރ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗްވެސް ވަނީ ލަސްކޮށްފައެވެ. އަދި އަޔަލެންޑްގެ ރަގްބީ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ޓީމުގެ އުފާފާޅުކުރުންތައް ވަނީ ލަސްކޮށްފައެވެ. ރަގްބީ ސުޕަރކަޕްގައި ކާސްލްފޯޑާއި ވިގަން ބައްދަލުކުރަން އޮތް މެޗްވެސް 'ކުޅުންތެރިންނާއި ކުޅި ބަލަން ވަންނަ މީހުންގެ ސަލާމަތަށްޓަކައި' ވަނީ ލަސްކޮށްފައެވެ.

ދަނޑުގެ ފަސްގަނޑު ފިނީގެ ސަބަބުން ގަނޑުވެފައިވާތީ ސްކޮޓިޝް ލީގް ވަންގައި ރެއިތު ރޯވަރސް އާއި އީސްޓް ފައިފްގެ ބައްދަލުކުރުންވެސް ވަނީ ލަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

އިނގިރޭސި ޕްރިމިއާ ލީގު ފަށާނީ އާސެނަލް އާއި ލެސްޓާގެ މެޗުން

09 އޯގަސްޓު 2017
އިނގިރޭސި ޕްރިމިއާ ލީގު ފަށާނީ އާސެނަލް އާއި ލެސްޓާގެ މެޗުން
05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
12 ޖުލައި 2017

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ
11 ޖޫން 2017

ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި

11 ޖޫން 2017
ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު