Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

އިނގިރޭސި ޕްރިމިއާ ލީގު ފަށާނީ އާސެނަލް އާއި ލެސްޓާގެ މެޗުން

އިނގިރޭސި ފުޓްބޯޅައިގެ އާ ސީޒަން އަންނަ ހުކުރުދުވަހު ފަށަނީ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2017 | ބުދަ 07:22
އާސެނަލް ޗެލްސީ: ސަންޗޭޒް އަތުން ބޯޅަ ހޯދުމަށް ލެސްޓާގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ

އާސެނަލް ޗެލްސީ: ސަންޗޭޒް އަތުން ބޯޅަ ހޯދުމަށް ލެސްޓާގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ

އާސެނަލް އަދި ލެސްޓާ ސިޓީ ބައްދަލުކުރާ މެޗުން އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން އަންނަ ހުކުރުދުވަހު ފެށޭނެއެވެ.

ހުކުރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށޭ އިރު މިފަހަރުގެ ޓްްރާންސްފާ މާކެޓްގައި އިނގިރޭސި ޓީމުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގިނަ އަދަދެއްގެ އާ ކުޅުންތެރިންތަކެއް ގެނެސް ޓީމުތައް އިތުރަށް ވަރުގަދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ސީޒަން ހުޅުވާ މެޗުގައި ވާދަކުރާ ލެސްޓާ ސިޓީ އަދި އާސެނަލްއަށް ވެސް ވަނީ ކުޅުންތެރިން ގެނެސް ޓީމުގެ އެކި މަގާމުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މި ފަހަރުގެ ސީޒަނަށް އާސެނަލްއިން ވަނީ އެޓީމުގެ ގޯލް ކީޕަރު ސަޒްނީ އަދި 10.3 މިލިއަން ޕައުންޑަށް އިޓަލީގެ ޔުވެންޓަސް އަށް ވިއްކާލުމަށް ފަހު ފްރާންސްގެ ލިޔޯންއަށް ކުޅެމުން އައި ހުނަރުވެރި ފޯވާޑް އެލެސެންޑަރ ލަކަޒޭޓް، 52 މިލިއަން ޕައުންޑުގެ ރެކޯޑް އަގަކަށް އާސެނަލްއަށް ގެނެސްފައެވެ. އަދި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔާޔާ ސަނޯގޯ ފްރާންސްގެ ޓޫލޫސް އަށް ދޫކޮށްލުމަށް ފަހު ސާލްކޭއަށް ކުޅެމުން އައި ސީޑް ކޮލަސެނިޗް ހިލޭ ޓްރާންސްފާގެ ދަށުން އާސެނަލްއަށް ގެނެސްފައެވެ.

މީގެ އިތުރުން އަދިވެސް އާސެނަލްއިން ދަނީ އިތުރު ކުޅުންތެރިން ގެންނަން މަސައްކަތް ކުރަމުންނެވެ.

ލެސްޓާ ސިޓީއަށް ބަލާއިރު އެޓިމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ވަނީ ކުލަބު ދޫކޮށް އެހެން ކުލަބުތަކަށް ބަދަލުވެފައެވެ. އެގޮތުން ލެސްޓާގެ ދެވަނަ ގޯލް ކީޕަރ ރޮބާޓް ޒީލާ ޖަރުމަނުގެ ސްޓޫގާޓްއަށް ބަދަލުވެފައިވާއިރު އެޓީމުގެ އެޓޭކިން މިޑްފީލްޑަރ ބާޓޮސް ކަޕުސްކާ ވަނީ ޖަރުމަނުގެ ފްރެއިބާގްއަށް ބަދަލުވެފައެވެ. އަދި މައިކަލް ކެއިން އާއި މާސިން ވެސިލޯސްކީ ހިލޭ ޓްރާންސްފާގެ ދަށުން ދޫކޮށްލާފައިވާއިރު، ނިމިގެން ދިޔަ ސީޒަނުގައި މެނެޗެސްޓާ ސިޓީއަށް ކުޅުނު ކެލެޗި އިހެނަޗޯ އާއި ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން އައި ވިސެންޓޭ އިބޯރާ އާއި ހަލްސިޓީގެ ދެކުޅުންތެރިން ކަމަށްވާ ހެރީ މަގުއިރޭ އަދި އެޑިން ޖެކްޕޮވިޗް ވަނީ ލެސްޓާ ސިޓީއަށް ގެނެސްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ލެސްޓާގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ މާހްރޭޒް ވެސް ކުޑަ ދުވަސަކޮޅެއްގެ ތެރޭގައި އިޓަލީގެ ރޯމާއަށް ބަދަލުވާނެއެވެ. އޭނާ ހޯދުމަށް އާސެނަލް އިން ވެސް މަސައްކަތްކުރިއެވެ.

ޕްރިމިއާ ލީގުގެ އާސީޒަނާ ކުރިމަތިލާއިރު ދެޓީމަށް ވެސް އަނިޔާގެ މައްސަލަތައް ވަނި ކުރިމަތި ވެފައެވެ. އެގޮތުން އާސެނަލްއަށް ބަލާއިރު އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ސީޒަން ހުޅުވާ މެޗުގައި ކުޅެވުމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން ކޮމިޔުނިޓީ ޝީލްޑް މެޗުގައި އަނިޔާވި މުސްތަފީގެ އިތުރުން ސަންޗޭޒް، ރަމްސޭ، އޮޒިލް، މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ވިލްޝެއާ، ކޮސެއިންލީ، ސަންޓި ކަޒޯލާގެ އިތުރުން ޕައުލިސްޓާ އަދި ކޮކުއެލިން ހިމެނެއެވެ. މި ހުރިހާ ކުޅުންތެރިން ވެސް މިވަގުތު ތިބީ އަނިޔާގެ މައްސަލަ ކުރިމަތިވެ އަންފިޓްކޮށެވެ.

ލެސްޓާއަށް ބަލާއިރު އެޓީމުގެ އެއް ނަމްބަރ ގޯލް ކީޕަރ ކޭސްޕާ ސްމައިކަލްގެ އިތުރުން އޭންޑީ ކިންގް އަދި މެޑްޑީ ވެސް މިވަގުތު ތިބީ އަނިޔާގައެވެ. އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި މިކުޅުންތެރިންނަށް ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އިނގިރޭސި ޕްރިމިއާލީގުގެ އާ ސީޒަން ހުޅުވާ މެޗުގައި ލެސްޓާ އަދި އާސެނަލް ބައްދަލުކުރާއިރު މި މެޗު ކުޅެވޭނީ އަންނަ ހުކުރު ދުވަހުގެރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު