Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަންމަންޓް ޕޮލިސް

އެންވަޔަރަންމަންޓް ޕޮލިސްގެ ޚިދުމަތް ފެށުމާބެހޭ ފަހުމުނާމާގައި ސޮއިކޮށްފި

18 މާރިޗު 2018 | އާދީއްތަ 11:23

މި ފަހުމުނާމާގައި ސޮއި ކުރެއްވީ ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީ ވެމްކޯއިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 މާރިޗު 2018 | އާދީއްތަ 11:23
ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުނީގެ މައްސަލަ ޙައްލު ކުރުމަށް "އެންވަޔަރަންމަންޓް ޕޮލިސް" ގެ ހިދުމަތް ފަށައިގަތުމާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

އާދިއްތަ ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއި ކުރެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މިފަހުމުނާމާގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝިފާއު އެވެ.

Advertisement - newsAdvertisement

ފަހުމުނާމާގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ މާލޭ ބައެއް ސަރަޙައްދުތަކުގެ މަގުމައްޗަށް ކުނިއެޅުމާއި ގަވާއިދާ ހިލާފަށް ކުނިއުފުލުމުގެ ކަންކަން އަދިވެސް ފާހަގަކުރެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެފަދަ ފަރާތްތައް ހޯދައި، ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ މަސައްކަތްކުރެވިގެންދާނެ ކަމެއް ކަމަށެވެ. އަދި ފަހުމާނާގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީގެ ހިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ނަވާޒް ވިދާޅުވީ މި ފަހުމުނާމާގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ބަދަލުތަކެއްފެނި، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވެގެންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެންވަޔަރަންމަންޓް ޕޮލިސްގެ ހިދުމަތް އެހެން ސިޓީތަކަށާއި އަތޮޅުތެރެއަށް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. މީގެއިތުރުން ފަހުމާނާމާގެ ސަބަބުން ފުލުހުންނާއި މިނިސްޓްރީ އާދެމެދު އޮތް ގުޅުން މިހާރަށް ވުރެ ބަދަހިވެ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެން ހުރި މަސައްކަތްތައް ބަލައި މަޝްވަރާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ފުލުހުންނާއި އެންވަޔަރަންމަންޓް މިނިސްޓްރީން އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއާ ދެމެދު ސޮއިކުރެވުނު މިފަހުމުނާމާއަކީ ތިން މުއައްސަސާއަށް ގާނޫނީ ގޮތުން ހަވާލުކުރެވިފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި ތިން މުޢައްސަސާއަށް ލިބިގެންވާ އިލްމާއި ތަޖުރިބާގެ އަލީގައި އެއްބާރުލުންދީ ތިން މުޢައްސަސާގެ ތަރައްގީއަށާއި ކުރިއެރުމަށް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ "ސާފު ރާއްޖެ" އިނިޝިއޭޓްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ރަށްތަކެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދިނުމުގެ މަޤުޞަދުގައި ސޮއިކުރި ފަހުމުނާމާއެކެވެ. އަދި ކުނި މެނޭޖްކުރުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅައި، އެޤަވާއިދު ތަންފީޒްކުރުމުގެ މަސައްކަތް ކުރުމަކީވެސް މިފަހުނާމާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ފަހުމުނާމާގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ވެމްކޯގެ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް ހާއްސަކުރެވޭ ސްޕެޝަލް ކޮންސްޓަބްލަރީ ހިދުމަތް ހަމަޖެހިގެން ދާނެއެވެ. އަދި ގަވާއިދާ ހިލާފަށް ކުނި ޖަމާކުރުން ހުއްޓުވުމަށްޓަކައި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ހާއްސަކުރެވިފައިވާ ޒޯންތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ގަވާއިދާ ހިލާފަށް އެޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި، ބައިސްކަލުގައްޔާ ގާޑިޔާތަކުގައި ގަވާއިދާ ހިލާފަށް ކުނި އުފުލަމުންދާނަމަ އެކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްތައް ކުރެވޭނެއެވެ.

މީގެއިތުރުން ވެމްކޯއަށް ކުނި މެނޭޖްކުރުމުގައި ސެކިއުރިޓީ ގޮތުން ދިމާވާ ކަންތައްތައް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަންފީޒް ކުރަންޖެހޭ ގަވާއިދުތައް ތަންފީޒްކުރުމަށްޓަކައި އެއްބާރުލުންދީ، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް ތަންފީޒް ކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އޭޕީއޭ) މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް