Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ލިވިންގް އެކްސްޕޯ

މޯލްޑިވްސް ލިވިންގް އެކްސްޕޯ މިފަހަރު ވަރަށް ކާމިޔާބު: ހައިރައިޒް

ގިނަ އަދަދަކަށް މީހުން އެކްސްޕޯއަށް ޒިޔާރަތްކޮށްފައި ވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 މާރިޗު 2018 | ހޮނިހިރު 13:34
މޯލްޑިވްސް ލިވިންގް އެކްސްޕޯގެ ތެރެއިން

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ ތެރެއިން

މިއަހަރުގެ މާރޗް 8-10 އަކަށް ނެޝެނަލް އާރޓް ގެލަރީގައި ބޭއްވުނު މޯލްޑިވްސް ލިވިންގް އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށް އެ އިވެންޓް އިންތިޒާމް ކުރި ހައިރައިޒް ކުންފުނީގެ ފަރާތުން ބުނެފިއެވެ.

ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރ މަރިޔަމް މާއިޝާ ވިދާޅުވީ މިފަހަރުގެ އެކްސްޕޯ ނިމިގެންދިޔައީ ދެހާހަށް ވުރެ ގިނަ ބައިވެރިންނާއެކު ކަމަށާއި މިއީ ފާއިތުވި ހަ އަހަރު ދުވަހާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މާއިޝާ އިތުރަށް ވިދާޅުވީ މިފަހަރު އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭ އިން ބޭރުގެ 20 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ހައިރައިޒް ކުންފުނީގެ އަމާޒަކީ މި އަންނަ އަހަރުގެ އެކްސްޕޯ ވެސް ގިނަ ފަރާތްތަކާއެކު ބޮޑުކޮށް ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ އެންޑޯސް ކޮށްފައިވަނީ މޯލްޑިވްސް ނެޝެނަލް ޗެމްބާސް އޮފް ކޮމާސް އިންނެވެ.

މި އިވެންޓްގެ މެއިން ސްޕޮންސަރ އަކަށް ކޮލަންބޯ ސިޓީ ސެންޓަރ ހަމަޖައްސާފައިވާއިރު ކޯ ސްޕޮންސަރުންނަކީ އަލްޓަރަޔާ އަދި ކޮރަލް ބޮލިވާޑްއެވެ.

ކޮލަންބޯ ސިޓީ ސެންޓަރުގެ ޖެނެރަލް މެނޭޖަރ ނިރުޕާ ޕެއިރިސް ވިދާޅުވީ ސްރީލަންކާގެ ރައްޔިތުންގެ އިތުރުން ދިވެހިން ވެސް ސްރީލަންކާގެ ޕްރޮޕަޓީސްތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ކޮލަންބޯ ސިޓީ ސެންޓަރ އިތުރަށް އިޝްތިހާރު ކުރުން ކަމަށެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގައި ގެދޮރާ ބެހޭ މުހިންމު މައުލޫމާތުތަކުގެ އިތުރުން ފަރުނީޗަރުތަކާއި ލިވިންގް ލައިފް ސްޓައިލްގެ އިލެކްޓްރޯނިކްސް ސާމާނުތަކަށް ވެސް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާ ކަމަށް ހައިރައިޒް ކުންފުނިން ބުންޏެވެ.

ކޮރަލް ބޮލިވާޑްގެ އެސިސްޓަންޓް މެނޭޖަރ ސޭލްސް އެންޑް މާރކެޓިންގް އައިޝަތު ގާހިރު ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން އެ ކުންފުނި ވަރަށް ގިނަ ބަޔަކަށް އެނގިގެން ހިނގައްޖެ ކަމަށާއި އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެ ކުންފުނިން އަންނަނީ ރަސްފަންނު ބީޗް ކައިރީގައި ޓަވަރުތަކެއް ތަރައްގީ ކުރަމުންނެވެ.

އެކްސްޕޯގެ ނިންމުމުގެ ރަސްމިއްޔާތުގައި ޒިޔާރަތް ކުރި ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކެއް ވަނީ ދީފައެވެ.

އެފްއެންޑްބީ ޝޯއެއް ނެޝެނަލް އާރޓް ގެލަރީގައި މިއަހަރުގެ މެއި މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ހައިރައިޒް ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

ޕޯޓް ކްލިނިކެެއް ވަރަށް އަވަހަށް ހުޅުވާނަން: ޖުނައިދު

28 ޖެނުއަރީ 2017
ޕޯޓް ކްލިނިކެެއް ވަރަށް އަވަހަށް ހުޅުވާނަން: ޖުނައިދު
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު