Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިސާން ހުސައިން

އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ބައްދަލުވުމުގައި ގޮނޑިދަށުގައި ރެކޯޑަރެއް!

14 މާރިޗު 2018 | ބުދަ 12:17

ރެކޯޑް ހަރުކޮށްފައި އޮތީ ހިސާން އިންނެވި ގޮނޑީގެ ދަށުގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 14 މާރިޗު 2018 | ބުދަ 12:17
ގާނޫނީ ވަކީލުންތަކެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:-

ގާނޫނީ ވަކީލުންތަކެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:-

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ އެމަނިކުފާނު ގާނޫނީ ވަކީލު ހިސާން ހުސެއިން ދޫނިދޫގައި ބައްދަލު ކުރެއްވުމަށް ފުލުހުން ހަމަ ޖެއްސެވި ކޮޓަރީގައި ރެކޯޑަރެއް ހަރުކޮށްފައި އޮއްވާ ފަޅާއަރައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ ރެކޯޑަރެއް ހަރުކޮށްފައި އިނނީ އޭނާ އިށީންދެ އިންނެވި ގޮނޑީގެ ދަށުގައި ކަމަށެވެ. އަދި ވިދާޅުވީ އިށީނދެ އިންނެވި ގޮނޑިދަށް ބެއްލެވީ އެކަމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިނގުމުން ކަމަށެވެ. އެގޮތުން އެހެން ފަހަރުތަކާ ޚިލާފަށް ކޮޓަރީގައި ވަކި ގޮނޑިއެއްގައި އިންނެވުމަށް ފުލުހުން ބާރު އަޅަމުން ގެންދިޔަ ކަމަށާއި ރެކޯޑަރު ފެނުމުން ވަގުތުން އެ ސަރައްދުގައި ތިބި ތިން ފުލުހަކު ގެނެސް އެ ރެކޯޑަރު ހަރުކޮށްފައި އޮތްތަން ދެއްކި ކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ ވަކީލުންނާ އެކު ބޭއްވޭ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވާއިރު ސިއްރުން އެ ބައްދަލުވުމުގެ ވާހަކަތައް ފުލުހުން އަޑުއަހަން މަސައްކަތް ކުރުމަކީ ދޫނިދޫގައި ތިބި ފުލުހުންތަކެއް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

"މިއަދު އަޅުގަނޑު ދިވެހި ރާއްޖޭގެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރުމަށް ދިޔައީމަ ވަކީލުންގެ ބައްދަލުވުމުގައި އިށީންނަން އެންގީ ކޮޓަރިއެއްގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި. ދެން އެ ގޮނޑީގައި އިށީންނުމަށް ފަހު އެމީހުން އެހާ ބޮޑަށް ކޮޓަރީގައި ބައްދަލުކުރުމަށް ބާރު މި އަޅަނީ ކިހިނެތް ވެގެންތޯ ސުވާލު ކުރީމަ މި ވިދާޅުވަނީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވީމަ ނުވަތަ ފަނޑިޔާރެއް ވީމަ ފިނިތަނެއްގައި ބޭތިއްބުމުގެ ބޭނުމުގަ އޭ،" ހިސާން ވިދާޅުވިއެވެ.

ވަކީލުންގެ ބައްދަލުވުމުގެ އަޑުތައް ސިއްރުން އެހުމަށް މަސައްކަތްކުރަމުންދާތީ އެ މައްސަލަ ޖެއްސުމުން ފުލުހުން އެދުނީ އެވަގުތު ދޫނިދޫގައި ތިބި ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެންގެވި ކަމަށާއި އަދި އެ ރެކޯޑަރު އޮތްތަން ބަލަން އަންނަން އެ ބޭފުޅުން ބޭނުންފުޅު ނުވި ކަމަށެވެ. އަދި އެކަމުން، މިއީ ދޫނިދޫގައި ތިއްބެވި އިސްވެރިންނަށް ވެސް އެނގިގެން ރޭވިގެން ހިނގަމުންދާ ކަމެއްކަން ދޭހަވި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ހިސާން ވިދާޅުވީ ވަކީލުންގެ ބައްދަލުވުމުން ސިއްރުން އަޑުއެހުމަށް މަސައްކަތްކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި އެކަން ފުލުހުން ބަލަން ޖެހޭނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ ވަކީލުންގެ ބައްދަލުވުމުންތައް ސިއްރުން އަޑުއަހާ ކަމުގެ ވާހަކައަކީ މީގެ ކުރިން ވެސް އިވެމުންދިޔަ ވާހަކަތަކެއް ކަމަށެވެ. ބަންދުގައި ތިބޭ މީހުންގެ ވަކީލުންނާ އެކު ބާއްވާ ބައްދަލުވުމުންތައް އަޑުއަހަން ފެށުމުން ފުލުހުން އަތުގައި ހެއްކެތް ނެތްކަން އެނގޭ ކަމަށް ވެސް މަހްފޫޒު ވިދާޅުވިއެވެ.

"ސިއްރުން ވާހަކަ އަޑުއެހުމަކީ ޖިނާއީ އިޖްރާއަތުގެ ދަށުން ޖިނާއީ ކުށެއް. އެ ކުށް އެ ބޭފުޅުން އެ ކުރެއްވީ. އަޅުގަނޑުމެން ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނަން. މިއަދުގެ ޝިފްޓްގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މައްޗަށް، ދޫނިދޫ އިންޗާޖުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މައްޗަށް،" މަހްފޫޒު ވިދާޅުވިއެވެ.

ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ދޫނިދޫގައި އަދި މާފުށީގައި ވެސް ވަކީލުން ބަންދުގައި ތިބޭ މީހުންނާ އެކު ބައްދަލުވުމުން ބާއްވާއިރު ސިއްރުން އަޑުއަހާކަމުގެ ވާހަކަތައް މީގެ ކުރިން ވެސް އިވިފައިވާ ކަމަށެވެ. އަދި ދޫނިދޫގައި ވަކީލުންގެ ބައްދަލުވުމުން އަޑުއަހަން ރެކޯޑަރު ހަރުކުރި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

އެހެން ގާނޫނީ ވަކީލުން ވެސް ވިދާޅުވީ ފުލުހުން އެ މައްސަލަ ބަލައި އެކަން ކުރި ބަޔަކު ހޯދަން ޖެހޭނެ ކަމަށެވެ.

ދޫނިދޫގައި ވަކީލުންގެ ބައްދަލުވުން ބާއްވާ ކޮޓަރިތެރެއިން ރެކޯޑަރެއް ފެނުން މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ބުނީ އެއީ ފުލުހުން ބަދުނާމު ކުރުމަށް ވަކީލުން ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް ފަހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.

ފުލުހުން ބަދަނާމު ކުރުމަށް ވަކީލުން މަސައްކަތްކުރާ ކަމަށް ބުނުމުން ހިސާން ވިދާޅުވީ ފުލުހުން ބަދުނާމް ވަނީ ވަކީލުން ދައްކަވާ ވާހަކައިން ނޫން ކަމަށާއި ފުލުހުންކުރާ އެފަދަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖުލައި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި

30 ޖުލައި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި
29 ޖުލައި 2017

އާޒިމާ އުއްތަމަ ފަނޑިޔާރު ކަމަށް؟!

29 ޖުލައި 2017
އާޒިމާ އުއްތަމަ ފަނޑިޔާރު ކަމަށް؟!
16 ޖުލައި 2017

އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ

16 ޖުލައި 2017
އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ
13 ޖުލައި 2017

ފާރިސްގެ ވަކީލުންގެ އެދުމުގެ މަތިން މައްސަލަ ޖުލައި 20 އަށް ފަސްކޮށްފި

13 ޖުލައި 2017
ފާރިސްގެ ވަކީލުންގެ އެދުމުގެ މަތިން މައްސަލަ ޖުލައި 20 އަށް ފަސްކޮށްފި
10 ޖުލައި 2017

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!
09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
08 ޖުލައި 2017

އަދީބުގެ ދެ ވަކީލުންގެ މައްޗަށް ޖިނާއީ ތުހްމަތުތަކެއް ކޮށް، ފޯނު ހިފަހައްޓައިފި

08 ޖުލައި 2017
އަދީބުގެ ދެ ވަކީލުންގެ މައްޗަށް ޖިނާއީ ތުހްމަތުތަކެއް ކޮށް، ފޯނު ހިފަހައްޓައިފި
22 މެއި 2017

ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

22 މެއި 2017
ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު
17 މާރިޗު 2017

ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް

17 މާރިޗު 2017
ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް