Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ ޝަރީއަތް

ފާރިސްގެ ޝަރީއަތް: ޝާފިއުގެ ބަޔާނާއި، އޯޑިއޯއާއި އޭގެ ސްކްރިޕްޓާއި، ހެއްކެއް ބަލައިނުގަތް، ފާރިސްގެ ހެކިން ހާޒިރެއް ނުކުރާނެ!

13 މާރިޗު 2018 | އަންގާރަ 14:48

ދައުލަތުން ހުށަހެޅި 11 ހެކީގެ ތެރެއިން 8 ހެއްކެއް ބަލައިނުގަންނަން ނިންމެވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 މާރިޗު 2018 | އަންގާރަ 14:48
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ބަލައިނުގަންނަން މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފި އެވެ.

ފާރިސްގެ ޝަރީއަތުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި އޮތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މި މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މެންބަރުގެ ހެކިބަސް ވަނީ ސިއްރުން ނަގާފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ހެކިބަސް ނެގުމަށް ހަމަޖެހިފައި އޮތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އޯޑިއޯގެ އެނަލަސިސް ރިޕޯޓް ހެދި ފުލުސް މީހާގެ އެވެ.

އަޑުއެހުން ފެށުމާއެކު ފާރިސްގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކޮށް، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އޯޑިއޯއާއި އޭގެ ސްކްރިޕްޓް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.

އެ އޯޑިއޯއަކީ، ފާރިސް ދެއްވި ރިޝްވަތުގެ ފައިސާ ހިފައިގެން މެންބަރު ކައިރިއަށް ދިޔަ ކަމަށް ދައުލަތުން ބުނާ ލ. ފޮނަދޫ ސްވީޓްފްލާވާ، އަހުމަދު ޝާފިއުއާ އިތުރު މީހަކު ދެއްކި ވާހަކަތަކެއް ހިމެނޭ ކަމަށް ބުނާ އޯޑިއޯއެކެވެ. އެ އޯޑިއޯއަކީ ވީޑިއޯއަކުން ނަގާފައިވާ, އެކްސްޓްރެކްޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށް ދައުލަތުން ބުނެފައިވެއެވެ. ހޯމަ ދުވަހުގެ އަޑުއެހުމުގައި ޝަރީއަތުން އޮތީ، ޝާފިއުގެ ހެކިބަސް ނަގާނެ ތަނެއް ނެތް ކަމަށް ވެސް ކަނޑައަޅުއްވާފައެވެ.

ފާރިސްގެ ވަކީލު އިބްރާހިމް ޝަމީލު ވިދާޅުވީ ކޯޓު އަމުރަކުން ހުއްދަ ލިބިގެން މެނުވީ މީހެއްގެ ޒާތީ މުއާމަލާތެއް ރެކޯޑް ކުރުން ހުއްދަ ކުރެވިފައިނުވާއިރު، އެ ހެކި ހޯދާފައިވަނީ އެ އުސޫލުން ބޭރުން ކަމަށެވެ. އަދި މީގެ ކުރިން އެގޮތަށް ހައިކޯޓުން ކަނޑައަޅުއްވާފައިވާކަމާއި އޯޑިއޯ ހުށަހެޅިއިރު، އޭގެ ވީޑިއޯ ހުށަހަޅާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަން ފާހަގަކޮށް، ފާރިސްގެ ފަރާތުން އެދުނީ، އެ އޯޑިއޯއަކީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާގެ ދަށުން ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާއާ ގާޒީ އަހުމަދު ހައިލަމް ސުވާލުކުރެއްވުމުން، ވިދާޅުވީ އެއީ ކޯޓު އަމުރެއްގެ ދަށުން ހޯދާފައިވާ ވީޑިއޯއަކުން އެކްސްޓްރެކްޓް ކުރި އޯޑިއޯއެއް ނޫން ކަމަށެވެ. އަދި އެ ވީޑިއޯ ލިބުނުގޮތް ސިޓީއަކުން ކޯޓާއި ހިއްސާ ކޮށްފައިވާނެ ކަމަށާއި، އޭގެ ސައްޙަކަން ކަށަވަރުކުރުމަށް އިތުރަށް ހުށަހަޅާނެ ގަރީނާއެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހައިލަމް ނިންމެވީ، އެ އޯޑިއޯއާއި އޭގެ ސްކްރިޕްޓް ޝަރީއަތަށް ބަލައިގަންނާނެ ޝަރުއީ ހަމައެއް ނެތް ކަމަށެވެ. އަދި އެހެންކަމުން، އެ އޯޑިއޯގެ އެނަލަސިސް ހެދި ފުލުސް މީހާގެ ހެކިބަސް ނަގާނެ ތަނެއް ނެތް ކަމަށްވެސް ގާޒީ ކަނޑައެޅުއްވިއެވެ.

ދެވަނަ އަށް ހެކިބަސް ނެގުމަށް ހާޒިރުކުރަން ނިންމީ ޝާފިއުގެ ފޯނުގެ މޯބައިލް ފޮރެންސިކް ރިޕޯޓް އެނަލިސިސް ހެދި ފުލުސް މީހާއެވެ. އެ މީހާ ހާޒިރުކުރަން ނިންމުމާއެކު ފާރިސްގެ ވަކީލުން ވަނީ އަނެއްކާވެސް އިޖުރާއީ ނުކުތާއެއް ނަގައި، އެ ރިޕޯޓުގައި ދޮގު މައުލޫމާތުތަކެއް ހުރިކަން ފާހަގަކޮށްފައެވެ.

އެގޮތުން، ފުލުހުންގެ ބެލުމުގެ ދަށަށް ފޯނު ގެންދިޔަ ތާރީޚުގެ ފަހުން، ފޯނަށް ބައެއް މައުލޫމާތު ލިބިފައިވާކަން ރިޕޯޓުން ހާމަވާ ކަމަށް ވަކީލު ވިދާޅުވިއެވެ. އެފަދަ ދޮގު މައުލޫމާތުތަކެއް ހުއްޓައި، ރިޕޯޓުގެ ސައްޙަކަން ސާބިތުކުރުމަށް ހެކިވެރިޔާ ހާޒިރުނުކުރެވޭނެ ކަމަށް ވިދާޅުވެ ފާރިސްގެ ވަކީލު ވަކާލާތު ކުރެއްވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ރިޕޯޓުގެ ދެ ތަނެއްގައި އޮޅުމަކުން ތާރީޚު ނުބައިކޮށް ޖެހިފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލާއަށް ރައްދު ދެއްވައި، ފާރިސްގެ ވަކީލު ވިދާޅުވީ އެ ރިޕޯޓުގައި ކުށެއްއޮތްކަން ދައުލަތަށް އެނގިތިބެ، ކުށް އިސްލާހުކުރުމަށް ފަހު އަލުން ހުށަހެޅުމުގެ ފުރުސަތު ވެސް ލިބި ތިބެ އެކަން ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ރިޕޯޓް ބަލައިނުގަތުމަށް ފާރިސްގެ ފަރާތުން އެދުނެވެ.

އެކަމާއި ގުޅިގެން ގާޒީ ހައިލަމް ނިންމެވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު އޮއްވައި ފައިލްއެއް ލިބުނުގޮތް ސާފުކުރުމަށް ހެކިވެރިޔާ ހާޒިރުކުރުމަށެވެ.

ކޯޓުގައި ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ ފައިލް ލިބުނު ތާރީޚު "ޓައިޕިންގ އެރަރ" އެއްގެ ސަބަބުން ނުބައިކޮށް ޖެހިފައިވާ ކަމަށެވެ.

ޝާފިއުގެ ފޯނުގެ ފޮރެންސިކް އެނަލިސިސް ހެދުމަށް ތަހުގީގުކުރި އިންވެސްޓިގޭޝަން އޮފިސަރު، ފުލުހުންގެ ފޮރެންސިކް ޑިޕަރޓްމެންޓަށް ފޮނުވި ފޯމުގައި އޮތީ ހަމައެކަނި ފޯނުގައި ހިމެނޭ މެސެޖްތަކުގެ ބެކްއަޕްއެއް ނެގުމަށެވެ. އެކަމާއި ގުޅޭގޮތުން ފާރިސްގެ ވަކީލުން ސުވާލުކުރުމުން ހެކިވެރިޔާ ބުނީ އެ ފޯމް ޕްރިންޓް ކުރިއިރު އެއްބައި މަދުވެފައިވާ ކަމަށެވެ.

ޝާފިއުގެ ހެކިބަސް ނުނަގާ ގޮތަށް ހޯމަ ދުވަހުގެ އަޑުއެހުމުގައި ނިންމާފައިވަނިކޮށް، ޝާފިއު ތަހުގީގަށް ދިން ބަޔާން ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ފާރިސްގެ ފަރާތުން އެދުނެވެ. ސިއްރު ހެކިވެރިޔާގެ ނަން އެ ބަޔާނުގައި ހިމެނޭތީ އެ ބަޔާން އޮތީ ސިއްރުކޮށްފައެވެ.

ފާރިސްގެ ވަކީލު ވިދާޅުވީ އާންމުކޮށް އަމަލުކުރާ އުސޫލަކީ މީހަކު ތަހުގީގަށް ދިން ބަޔާނެއްގެ ސައްޙަކަން ދެނެގަތުމަށް އެ މީހަކު ހެކިވެރިއެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރުން ކަމަށެވެ. އެގޮތުން، ޝާފިއު ހާޒިރުނުކުރަން ނިންމާފައިވަނިކޮށް، އޭނާގެ ބަޔާން ބަލައިގަންނަނަމަ އޭގެ ސައްޙަކަން ދެނެގަނެވޭނެ ގޮތެއް ނޯންނާނެކަން ފާރިސްގެ ވަކީލު ފާހަގަކުރެއްވިއެވެ.

އެކަމަށް ރިއާޔަތްކުރައްވާ ގާޒީ ހައިލަމް ނިންމެވީ ޝާފިއުގެ ބަޔާނަށް ވެސް ރިއާޔަތް ނުކުރެއްވުމަށެވެ.

ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ ޖުމްލަ 10 ހެއްކެކެވެ. އޭގެ ތެރެއިން، 8 ހެކި ބަލައިނުގަތުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ. ސިއްރުން ހެކިބަސް ދެމުން، ފާރިސް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނާ މަޖިލިސް މެންބަރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ފާރިސް ރިޝްވަތު ނުދެއްވާ ކަމަށާއި، ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނެ ބަޔާނެއް ދިނީ ޝާފިއު ދެކެ ރުޅިއައިސްގެން ކަމަށެވެ.

ދައުވާ އިން ދިފާއުވުމަށް ފާރިސްގެ ފަރާތުން ޝަފައީ 52 ހެއްކަކާއި ކިތާބީ 11 ހެއްކެއް ހުށަހެޅިއެވެ. އެހެންނަމަވެސް، މައްސަލަައިގައި ކަަންކަން ހިނގާފައިވާ ގޮތަށް ބަލައި ފާރިސްގެ ފަރާތުން ވަނީ ޝަފައީ ހެކިން ހާޒިރުކޮށް ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި 11 ހެކީގެ ތެރެއިން ތިން ހެއްކެއް ފިޔަވައި އިތުރު ހެއްކަކަށް ރިއާޔަތް ނުކުރެއްވުމަށް ވެސް އެދުނެވެ.

މި މައްސަލައިގައި ދެން އޮންނާނީ ކިތާބީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެއަށްފަހު އޮންނާނީ ހުލާސާ ގޮތެއްގައި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެއަަށްފަހު މައްސަލައިގެ ހުކުމަކާއި ހަމައަށް ވާސިލްވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް