Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

ދުސްތޫރީ ތާރީހުގައި މިއަދަކީ ކަޅު ދުވަހެއް: އަލީ ހުސައިން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 13 މާރިޗު 2018 | އަންގާރަ 12:28
ގޮނޑީގެ ސުވާލު އުފައްދާފައިވާ ބައެއް މެމްބަރުންނާ އެކު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން--

ގޮނޑީގެ ސުވާލު އުފައްދާފައިވާ ބައެއް މެމްބަރުންނާ އެކު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން--

އެންޓި ޑިފެކްޝަންގެ ބިލު ފާސްވުމުން ގޮނޑި ވިއްކުން ހުއްޓުމަކަށް އައީއޭ އެބަ ބުނެއެވެ. ސިޔާސީ ކުލަ ބަދަލު ކުރުން، މާޒީގެ ތެރެއަށް ފަނޑުވެގެން ދިޔައީ ކަމަށް ވެސް ބުނެތެވެ. އިންތިހާބު ކުރި ފިކުރާ ފެޔަށް ޖެހޭ ކޮންމެ މެމްބަރަކަށް އޮތް ޝަޒާއަކީ މަޖިލީހުގެ ތަޅުން ދޫކޮށް، އިންތިހާބަކަށް ވަޑައިގަތުން ކަމަށް ބުނާ ބަޔަކު ވެސް އެބަ އުޅެއެވެ. އެފަދަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅި ދުވަހަކީ އުފާވެރި ދުވަހެއް ކަމަށް ވެސް ބޭފުޅަކު ވިދާޅުވިއެވެ. އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ނަމަވެސް އެ ބިލު މަޖިލީހުން ފާސްވެގެން ދިޔައީ އެ ވިދާޅުވި މަގުސަދުތަކާ ދިމާ އިނދިކޮޅަށެވެ. މަޖިލީހުގެ ތަޅުމަށް ސަރުކާރުގެ މެމްބަރުން ބަނޑުން ކޮށްލެއްވި ވާހަކަތަކާ ހިލާފަށް ބިލު ފާސްކޮށްލީއެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ބިލު އިސްލާހު ކުރުމަށް ފަހު ފާސްކޮށްލީއެވެ. ފަސްދޮޅަސް އެތައް ހާސް ރައްޔިތުން އިންތިހާބުކުރި މެމްބަރުންގެ ހައްގަށް އަރައިގަތީއެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ބަސް ބުނަން ތިބި އެ މެމްބަރުންގެ ހައްގު ހިފަހައްޓާފައިވާތާ، އަހަރެއްހާ ދުވަސްވީއެވެ. އެ 12 މެމްބަރުންގެ ކުށަކަށްވީ ސަރުކާރުގެ ފިކުރާ ފެޔަށް ޖެހުންތޯއެވެ؟ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ބަސް ބުނުންތޯއެވެ؟ ހައްގުގެ މަގުގައި ސާބިތުވުންތޯއެވެ؟ އަނިޔާއަށް ނޫނެކޭ ބުނުންތޯއެވެ؟

މި ހުރިހާ ކަމެއްގެ ފެށުން އައީ ސަރުކާރަށް މަޖިލީހުގެ ސާފު މެޖޯރިޓީ ގެއްލުނު ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ އަދަދު 53 އެރި ޒަމާނެއް ވެސް ދެކުނީމުއެވެ. އެއީ މަޖިލިސް އިންތިހާބު ކާމިޔާބުކުރިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ތިން ޕާޓީއަށް ލިބުނު ގޮނޑިތަކާ އެކުގައެވެ. އެގޮތުން ޕީޕީއެމްގެ 33 ގޮނޑި އާއި އެމްޑީއޭގެ ފަސް ގޮނޑި އާއި ޖުމްހޫރީ ޕާޓީގެ 15 ގޮނޑިއާ އެކު، ސުޕަ މެޖޯރިޓީ ވެސް ސަރުކާރަށް އޮތެވެ.

ގޮނޑިތައް ބޮޑު އަގުގައި ގަނެގެން، އެމްޑީޕީ އާއި ޖޭޕީ އާއި މިނިވަން މެމްބަރުން ސަރުކާރު ކޮޅަށް އަނބުރާލައިގެން ހޯދި ސުޕަ މެޖޯރިޓީ އެ އޮތީ ހުލިވެފައެވެ. ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ އަދަދު އެ ވަނީ 35 ވެއްޓިފައެވެ. ބޮޑުތަކުން ތާއިދު އެ ވަނީ ގެއްލިފައެވެ. ރައްޔިތުންގެ ތާއީދު ގެއްލި، ރައްޔިތުންގެ މަންދޫބުންގެ ތާއިދު ވެސް އެންމެ ފަހުން ގެއްލުނީއެވެ. ނަތީޖާއެއްގެ ގޮތުން ތާއިދު ހިފެހެއްޓުމަށްޓަކައި މަންތިރިއެއްގެ ގޮތުގައި އެންޓި ޑިފެކްޝަންގެ ބިލު މަޖިލީހުން ފާސްކުރީއެވެ.

މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ ވެދިޔަ ތާރީހުގައި ހިނގާފައިވާ ކަމަކަށް ފިޔަވަޅު އަޅަންޖެހޭ ގޮތަށެވެ. ކުރިން ކުރި ކުށަކަށް ފަހުން ހަދާ ގާނޫނަކުން ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ގާނޫނޫއަސާސީގައި މުތުލަގަށް ބުނެފައި ވަނިކޮށް، ކުށް ކަނޑައަޅާފައި އެ ވަނީއެވެ. މަޖިލީހުން ފާސްކުރި އެ ބިލަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ހެދި ގާނޫނެކެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ އެ ބިލު ފާސްކުރި ދުވަހަކީ ރާއްޖޭގެ ދުސްތޫރީ ތާރީހުގައި ވަރަށް ކަޅު ދުވަހެއް ކަމަށެވެ. އޭނާ އެ ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް، ރައްޔިތުންގެ މަންދޫބުންގެ ހައްގު ނިގުޅައިގަތުމަށް ގާނޫނަކުން ކަނޑައެޅުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައެވެ. އަނިޔާއެއްގެ ގޮތުގައެވެ. އަނދިރީގެ ތެރެެއަށް ދުސްތޫރީ ނިޒާމު ގެއްލުވާލައި ގާނޫނުތަކުގެ މަގުސަދު ފުޑުފުޑުކޮށްލި ވާހަކައެވެ.

އަލީ ހުސައިން ކުރެއްވި އެ ޓްވީޓު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ރޭގަނޑުގެ އެންމެ އަނދިރި ވަގުތު އަންނަނީ ފަތިސްވުމުގެ ކުރިން ކަމަށެވެ. އެ ވިދާޅުވީ ހަމަ ހަގީގަތުގައި ވެސް ތެދެކެވެ. އަޑިގުޑަންތަކުން އަރައިގަނެ، ދަތުރުގެ ފަހު މަންޒިލަށް ވާސިލު ވެވޭނީ ބިޔަ ރާޅުތައް ކަފާލުމަށް ފަހުގައެވެ. ފަހިތުގެ އަލިކަން ފާޅުވެ، އަލިކަން ފެތުރިގެންދާނީ އަނދިރީގެ މައްޗަށް ކުރި ހޯދުމަށް ފަހުގައެވެ.

މަޖިލީހުގެ ނިންމުމަށް ފާޑުވިދާޅުވެ، ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ދިޔާނާ ވިދާޅުވެފައި ވަނީ ހަމައެއް، ލަމައެއް، އުސޫލެއް، އިންސާފެއް، ނެތް ގޮތަކަށް ގާނޫނުގެ ނަން ދީގެން "އޭތި މީތި" ފާސްކޮށްގެން ރާއްޖޭގެ ގާނޫނީ އޮނިގަނޑު ފަސާދަކޮށްފައިވާ ކަމަށެވެ. ހިތާމަތަޔަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ނަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ފަދަ "ހަރު ބޭފުޅުން" އެފަދަ ގާނޫނު ހަދާ މީހުންނަށް އެސޯސިއޭޓްވުން ކަމަށް ދިޔާނާ ޓްވީޓު ކުރައްވާފައިވެއެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ގޮނޑި ގެއްލިއްޖެ ކަމުގެ އެއްވެސް އިހްސާސެއް އޭނާއަށް ނުކުރެވޭ ކަމަށާއި 12 މެމްބަރން ތިއްބެވީ 12 ދާއިރާގެ ގޮނޑިތައް ނުގެންލޭ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގައި ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އަލުން އަނބުރާ ގާނޫނުއަަސާސީއަށް ރުޖޫއަ ކުރުމަށް ދާންދެން ރައްޔިތުންގެ މަޖިލީހެއް ނެތް ކަމަށެވެ. ގާނޫނުއަސާސީ އޮތީ އައިސީޔޫގައި ކަމަށް ވެސް މުސްތަފާ ވިދާޅުވެފައިވެއެވެ.

މުސްތަފާ އެ ވިދާޅުވި ވާހަކަފުޅަށް ބާރު ލިބެނީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާއެވެ. މެމްބަރަކު ވޯޓު ދޭ ގޮތަކާ ގުޅޭ ގޮތުން ހައްޔަރުކޮށް، ބަންދުކޮށް، އަދި ދައުވާއެއް ވެސް އުފުލިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީ ނަމަވެސް، އެންޓި ޑިފެކްޝަންގެ ބިލުން ގާނޫނުއަސާސީއަށް ވަނީ ގޮންޖަހާފައެވެ.

ރައީސް ޔާމީން އަންގަވާ ގޮތަކަށް، މަޝްވަރާ ކުރުމެއް ނެތި ޕީޕީއެމުން ނެރޭ ވިޕްލައިންތަކަށް މެމްބަރުން ތަބާވާން އެ ވަނީ މަޖުބޫރުވެފައެވެ. މެމްބަރުން އަމިއްލަ އިހްތިޔާރުގައި ވޯޓު ދިނުން އެ ވަނީ އިހްތިޔާރުން ބޭރުވެފައެވެ. މެމްބަރުންގެ ވޯޓު ދިނުމުގެ ކޮންޓްރޯލް އެ އޮތީ ތާއިދު ނެތް ރައީސެއްގެ އަތަށް ނަގާފައެވެ. ތާއިދު ހޯދަން މަޖުބޫރުކޮށްފައެވެ.

މަޖުބޫރުން މެމްބަރުން ވޯޓު ދިނުމަށް ބާރު އަޅާ ބިލު ފާސްކުރި ވޯޓުގައި ޕީޕީއެމްގެ ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. މެމްބަރު މުހައްމަދު ނަޝީދާއި މެމްބަރު މުހައްމަދު ހުސައިން އެ ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު، ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވެސް އެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ގޮންޖަހައި ސަރުކާރުން އެފަދަ ނިންމުންތައް ނިންމަމުންދާތީ، ސަރުކާރު ކޮޅުގައި ތިބި މެމްބަރުން އެކަމަށް ފާޅުގައި އެ ދަނީ ދެކޮޅު ހަދަމުންނެވެ. އެއާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ނުކުމެ ތިއްބެވި މެމްބަރުންގެ އަދަދު އެ ވަނީ 49 އަށް އަރާފައެވެ. ބޮޑު ފަޅި ކުޑަވެ، ކާމިޔާބު ލިބިގެން އެ ދަނީ ރައްޔިތުންގެ ބޮޑު ފަޅިއަށް ކަމަށް އެ ދަނީ ބުނަމުންނެވެ. އެ މަސައްކަތަށް ނުކުމެ، މައިދާނުގައި ރައީސް ޔާމީނަށް ހަމަލާ ދޭން ފެށުމާ އެކު އެ ވަނީ ގޮނޑި ގެއްލުވާލަން އަމާޒު ހިފާފައެވެ. ކުޑަ ގޮޅިއަށް ލައި، ފަސް މެމްބަރަކު އެ ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ. ދެން ތިއްބެވި މެމްބަރުންނަށް އެ ވަނީ ދައުވާތައް ފައްޗަކަށް އަމުނާފައެވެ. ނަމަވެސް އާހިރު ނަތީޖާ ފެންނާނެއެވެ. އިންސާފުގެ ތިލަފަށް އަބަދުވެސް ބަރުވާނީ ހައްގުގެ މަގަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ނައީމާއްތަ:  ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

ނައީމާއްތަ: ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

20 އޯގަސްޓު 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު