Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނު

ރައީސް ޔާމީނު: ސިހިސިހިސިހި އެކަނިވެފާ!

ފުލުހުންނާ ސިފައިންގެ ތެރެއިން ބަޔަކު ވަކިކޮށްފި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 12 މާރިޗު 2018 | ހޯމަ 13:56
ރައީސް ޔާމީނު

ރައީސް ޔާމީނު

" ބޯހާސްވެ ދަންވަރު ގޭގައި އެކަނި، ހޯދާބަލާ ވިސްނާއެކަނި ، ސިހިސިހިސިހި އެކަނިވެފާ" މިއީ ދިވެހި ޅެންވެރިޔެއްގެ ހިޔާލެއް ނޫނެވެ. މިއީ ގައުމުތަކުގައި ވެރިކަން ކުރި ޚުދުމުހުތާރު ވެރިން ތަޖްރިބާ ކޮށްފައިވާ ކަންކަމެވެ. މިވާހަކަތައް ޅެންވެރިކަމުގެ ހަމަތަކަށް ފެތި ހިމުންވެ ، ތަރުތީބުވެފައި ހުއްޓެއް ކަމަކު މިއީ ދޮގުވާހަކަތަކެއް ނޫނެވެ.

މިކަން ތަޖުރިބާ ކުރި ޚުދުމުހުތާރު ވެރިންގެ ތެރޭގައި ހިޓްލަރާ، ސައްދާމު ހުސެއިންގެ ނަން ފާހަގަ ކޮށްލާނަމެވެ. އެއީ އެނޫން ނަންތަކެއް ނެތިގެން ލިސްޓް ކުރުވެގެން އަޅުގަނޑު ކުރަން ނިންމި ކަމެއް ނޫނެވެ. އެވަރުން ވެސް ފުދޭނެ ކަމަށް ގަބޫލު ކުރާ ހިތް އޮތްލެއް ބޮޑުކަމުންނެވެ. ހިޓްލަރަކީ އޭނާގެ އަނިޔާވެރިކަމުގައި އެގާރަ މިލިޔަން މީހުން މަރާފައިވާ ވެރިޔެކެވެ. އޭނާގެ ވެރިކަމާ، މުށުތެރޭގައި މުތުލަގަށް އޮތް ބާރު ގެއްލި ދިޔައީ ގޮތް ހުސްވެ، އަމިއްލަ އުނަގަނޑުގައި އޮތް ފިސްތޯލަ ނަގައި އަމިއްލަ އަތުން ބޮލަށް ޖަހައިގެންނެވެ.

އިރާގުގައި ވެރިކަން ކުރި ސައްދާމު ހުސެއިން ނިމުން އައި ގޮތް ގިނަ ބޭފުޅުން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އާރާއިބާރުގައި ސިފައިންގެ ބޮޑު ލަޝްކަރަކާއި އެކު ނަން ހުސްކޮށް މެޑަލް ޖަހައިގެން ތިބި ސިފައިންގެ ހިމާޔަތުގައި އެ ގައުމުގައި ވެރިކަން ކުރި ރައީސް ސައްދާމު ހުސެއިން، ގުޅިފައިވާ ލަޝްކަރުން އަތުލައިގަނެގެން ހައްޔަރުކުރި އިރު އޮތީ މަގުމަތީގައި ހަދައިފައިވާ ޖަންކްޝަނެއް ގައި ގިނިކަންޏާއެވެ. މިއީ ގައިމުވެސް މި ދުނިޔެ ދައްކައިފައިވާ ހަގީގަތެވެ.

ރައީސް ޔާމީނު ވެރިކަމުގެ ގާނޫނީ ހުވާ ކުރެއްވި ދަރުބާރުގައި ކޯލިޝަން ޕާޓުނަރުންގެ ގޮތުގައި ފެންނަން ތިއްބެވީ ރާއްޖޭގައި ސިޔާސީ ގޮތުން ބުރަދަން ހުރި ބޭފުޅުންނެވެ. ގާސިމް އިބްރާހިމާއި، ރައީސް މައުމޫނާއި އިމްރާން އަބުދުﷲ ފަދަ ބޭފުޅުންނެވެ. މިއަދު އެބޭފުޅުން ކޮބައި ހެއްޔެވެ؟ ނެތެވެ. ރައީސް މައުމޫނު ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ. އިމްރާނު ވެސް ޖަލުގައެވެ. ގާސިމް އިބުރާހިމް އަތުޖެހިފައި ނެތުމުން އެމަނިކުފާނުގެ ދަރިކަލުން ޖަލުގައި ބަންދުކޮށްފިއެވެ. އެދުވަހު ރައީސް ޔާމީނަށް ގާނޫނީ ހުވާ ލައިދެއްވަން ހުންނެވި އުއްތަމަފަނޑިޔާރު އަލްއުސްތާޒް އަހުމަދު ފާއިޒް ހުސެއިންގެ މަގާމު ވަނީ ގެއްލުވާލާފައެވެ. ފާއިޒަށް ކުރެއްވުނު ކުށެއް ވެސް އަދިއަދަށް ދާންވެސް ނޭނގެއެވެ.

ގައުމެއްގައި ސިފައިންނާ ފުލުހުންގެ ދައުރަކީ މުހިންމު ދައުރެކެވެ. 1 ފެބްރުއަރީ 2018 އިން ފެށިގެން މިގައުމުގައި ސިފައިންނާ ފުލުހުންގެ ތެރެއިން ސަސްޕެންޑް ކުރެވުނު މީހުންނާ ބަންދު ކުރެވުނު މީހުންނާ، ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކުގެ ލިސްޓް އެހުރީ ފެންނާށެވެ. ސިއްރެއް ނުވިއެވެ. ރައީސް ޔާމީނުގެ ވެރިކަން ނަގަހައްޓަން ތިބި މީހުންނާ މެދު ސަރުކާރުގެ ވެރިންގެ ހިތުގައި ޝައްކު އުފެދިފައި ނެތް ނަމަ މިގޮތަށް މިކަމެއް ނުހިނގާނެއެވެ. އަދި 1 ފެބްރުއަރީ 2018 ގެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން މަސައްކަތް ކުރި ކަމަށް ބުނާ ޕޮލިސް ކޮމިޝަނަރު މަގާމުން ވަކިކޮށް މިއަދު އޭނާ ވެސް އެހުރީ ކުޑަގޮޅިއަށް ލައިފައެވެ.

ގާނޫނޭ، ގާނޫނު އަސާސީއޭ، ތިންބާރު މުތުލަގަށް ލިބުނީއޭ ގޮވާނަގަމުން ގޮސް މިއަދު އެވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާ، އުއްތަމަފަނޑިޔާރު ވެސް ކުޑަގޮޅިއަށް ލައިފައެވެ. ހާސްކަމާ ކަންބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ވެރިކަމުގެ ކައްތިރިއަކަށް ކުއްލި ނުރައްކަލުގެ ހާލަތުހަދައިފައެވެ. ބިތަށްތެޅެމުންދާ މި ސަރުކާރުގެ 5 އަހަރުގެ ދައުރު ހަމަކުރުމަށް ބޭނުންވާނެ ހަކަތަ ދިނުމަށް މަޖިލިސް މެމްބަރުން ލައްވާ ކުރުވާ ކަންކަމަކީ ސިކުނޑި އަރައިރުންވާ ކަންކަމެވެ. އެންމެ ފަހުން މަޖިލިސް މެމްބަރުން އަރާތިއްބެވި ގޮފިގަނޑު އެބޭފުޅުން އަތުން ކީހާލުމަށް މަޖުބޫރު ކުރާ ހިސާބަށް ދިޔުމުން ވެރިޔަކު " ސިހިސިހިސިހި އެކަނިވަނީ" ކަމުގެ ކުލަވަރު މިދަނީ ފެންނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު