Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެޑްވޭވް ސަލީމް

ގޮނޑި ގެއްލޭ ބިލާ ސަލީމް ދެކޮޅު، ވިދާޅުވީ މެމްބަރުން ތަސައްރަފު ފުދުމަށް!

12 މާރިޗު 2018 | ހޯމަ 07:41

ބިލު އޮތްނަމަ، ސަރުކާރަށް މެޖޯރިޓީއެއް ނުލިބޭނެ: ސަލީމް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 12 މާރިޗު 2018 | ހޯމަ 07:41
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ސަލީމް: ބިލަށް ފާޑުވިދާޅުވި

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ސަލީމް: ބިލަށް ފާޑުވިދާޅުވި

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކަށާއި އިލެކްޝަންސް ކޮމިޝަނަށް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެކޮޅު ހައްދަވައި ވާހަކަ ދައްކަވައިފިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ ބިލަށް ސަލީމް ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވީ އެ ބިލުގެ ބަހުސް މަރުހަލާގައެވެ. ސަލީމް ވިދާޅުވީ އެ ބިލު އޮތްނަމަ، ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ވެސް ނުލިބޭނެ ކަމަށާއި މި ބިލު ވުޖޫދުވެފައި އޮތްނަމަ، ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 33 ކަމަށެވެ.

Advertisement - newsAdvertisement

"މި ބިލާމެދު ފުންކޮށް ވިސްނަންޖެހޭ ސަބަބަކީ މިސާލަކަށް މިބިލު ފާސްވެފައި އޮތްނަމަ، އަޅުގަނޑުމެންގެ ޕާޓީގައި ތިބޭނީ 33 މީހުން. އަޅުގަނޑުމެންނަކަށް މެޖޯރިޓީއެއް ނޯންނާނެ. އެހެންވީމަ މި ބިލު ނެތުމުގެ ސަބަބުން އަޅުގަނޑުމެންނަށް މެޖޯރިޓީ ހޯދަން ފުރުސަތު ލިބިގެން ދިޔައީ. އެހެންވީމަ މިއީ ވެސް މިބިލު ފަސްކުރާއިރުގައި ވިސްނަންޖެހޭނެ ކަންތައްތަކެއް. އަޅުގަނޑުމެން އެއް ސިސްޓަމަކަށް ވާހަކަ ދައްކައިގެން ހަގީގަތަކާ ހަމައަކަށް ނުދެވޭނެ،" ރެޑްވޭސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އޭނާ އިންތިހާބުވި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރަކު އެ މެމްބަރަކާމެދު ހިތްހަމަނުޖެހިގެން ގޮނޑި ގެއްލުވާލަފާނެތީ އެކަމަށް އޭނާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ބިލުގައި ދީފައިވާތީ، އެކަމަށް ފާޑުވިދާޅުވެ ސަލީމް ވިދާޅުވީ ރައްޔިތުންގެ އިންތިހާބުކޮށްފައިވާ މެމްބަރުންގެ މަގާމުތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ބަސް ނުބުނެވޭނެ ކަމަށެވެ. މެމްބަރުންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށާއި ބިލުތައް މަޖިލީހަށް ހުށަހަޅާއިރު، މަޖިލީހުގެ މެމްބަރުންނަކީ ތަސައްރަފު ފުދޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގައި ހުންނަ މީހަކަށް އަޅުގަނޑުމެން ދޭންވީ އަޅުގަނޑުމެންނާ ބެހޭނެ ބާރެއް. މިއީ ރައްޔިތުން ހޮވި މަގާމެއް. މި ރައްޔިތުން ހޮވި މަގާމަކަށް އިލެކްޝަންސް ކޮމިޝަނަށް ކޮން ބާރެއްތޯ އޮންނާނީ އަޅުގަނޑުމެންނާ ބެހޭނެ ގޮތުން ވާހަކަ ދައްކަން. އެއްވެސް ބާރެއް ނޯންނާނެ. އެހެންވީމަ ގާނޫނު ހަދާ މަޖިލީގުގައި ތިބޭ މީހުންނަކީ ތަސައްރަފު ފުދޭ، އަޅުގަނޑުމެން އެއާމެދު ވިސްނައި، ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ އެދުން އިސްނުކޮށް، މުޅި ގައުމުގެ މަސްލަހަތަށް ވިސްނައިގެން ކަންކަން ކުރަންޖެހޭނެ،"

ސަލީމް ވިދާޅުވީ އެއްވެސް ސަރުކާރެއް ވައްޓާލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ގޯސްކޮށް ކަންތައްތަކެއްކޮށްފިނަމަ މަޖިލީހުން އެމަނިކުފާނު ވަކިކުރެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް