Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތަކުގެ މަޝްވަރާ

އިދިކޮޅު ފަރާތްތަކުގެ ނަމުގައި ސަރުކާރާއެކު ނަޝީދު ސިއްރުން މަޝްވަރާ ކުރެއްވި: ޝައިނީ

12 މާރިޗު 2018 | ހޯމަ 06:50

އެއްބަސްވުމާ އިދިކޮޅު ޚިލާފުވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 މާރިޗު 2018 | ހޯމަ 06:50
ރައީސް މުހައްމަދު ނަޝީދު، ސަރުކާރުން ވާހަކަ ދެއްކީ އިތުރު ފަރާތެއް މެދުވެރިކޮށްގެން

ރައީސް މުހައްމަދު ނަޝީދު، ސަރުކާރުން ވާހަކަ ދެއްކީ އިތުރު ފަރާތެއް މެދުވެރިކޮށްގެން

އިދިކޮޅު ހުރިހާ ފަރާތްތަކެއްގެ ނަމުގައި، ސަރުކާރާއެކު ރައީސް މުހައްމަދު ނަޝީދު ސިއްރުން މަޝްވަރާތަކެއް ކުރެއްވި ކަމަށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭގޮތުން ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ކަންތައްތަކާ ގުޅިގެން ފުންނާބުއުސް ތިންވަނަ ފަރާތެއް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް ސަރުކާރުން މަސައްކަތް ފެއްޓި ކަމަށެވެ. އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަން ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން، އިސްވެ ރައީސް ނަޝީދު ސަރުކާރާ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށް ޝައިނީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝައިނީ ވިދާޅުވީ ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދެވީ އިދިކޮޅު އެހެން ފަރާތްތަކުގެ ރުހުމާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ކަމަށެވެ. އަދި ސަރުކާރާއި ރައީސް ނަޝީދުއާ ދެމެދު ބައެއް ޑޮކިއުމެންޓްތައް ބަދަލުކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ބައެއް ޑޮކިއުމެންޓްސްތައް ބަދަލުކުރެވުނު، އޭގެ ތެރޭގައި ހުރި ބައެއް ކޮންޑިޝަންތައް ވާހަކަ ދެކެވިގެން ބަދަލުކުރެވި އެޖެންޑާއަކާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނު،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދުއާ ކުރެވޭ މަޝްވަރާތަކުގައި އެހެން ސިޔާސީ ފަރާތްތަކުގެ ބައިވެރިވުން އޮތްކަން ޔަގީންކުރަން ސަރުކާރުން ބޭނުންވި ކަމަށެވެ. އެ ޔަގީން ކަމަށް އެދުމުން އެކަމުގެ ޔަގީންކަން ދިން ކަމަށާއި އަދި މަޝްވަރާތައް ކުރިއަށްގެންދާނީ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއެކުގައި ކަމަށް ޖަވާބު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ މި ވާހަކަތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާނުކޮށް މަޑުކުރީ، އެއްބަސްވުމަކާއި ހަމައަށް އާދެވެންދެން މިކަން ސިއްރު ކޮށްފައި ބޭއްވުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އެއްބަސްވެފައި އޮތުމުން ކަމަށެވެ. ނަމަވެސް، ފެބްރުއަރީ 15 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޝްވަރާކުރެވެމުންދިޔަ ބައެއް ކަންތައްތަކާ ނުލައި ކުރިއަށް ނުދެވޭނެކަން ހާމަކޮށް ވެފައިއޮތް އެއްބަސްވުމާ ޚިލާފުވި ކަމަށް ޝައިނީ ވިދާޅުވިއެވެ.

"އެ ހިސާބުން އެ އެގްރީމެންޓް ބްރީޗްވެއްޖެ، އެއީ ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން އެއްބަސްވެގެން މިކަން ނިންމާލަންދެން ސިއްރު ހާމަނުކުރާނެކަން ވިދާޅުވެފައިވާތީ އަޅުގަނޑުމެން ސިއްރު ހިފަހައްޓައިގެން ތިބީމު، އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ޓީވީއަށް އަރައި ނިއުސްކޮންފަރެންސެއްގައި އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔަ ބައެއް ކަންތައްތައް ޕްރީކޮންޑިޝަންގެ ގޮތުގައި ހިމަނައި، ދެން މި ކޮންޑިޝަންތައް ފުރިހަމަ ވީމަ ނޫނީ ވާހަކަ ދެއްކުން ކުރިއަށް ނުގެންދާނެ ކަމަށް ބުނެ އެގްރީމެންޓާ ބްރީޗްވީ،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހައްޔަރު ކޮށްފައިވާ ފަނޑިޔާރުން މިނިވަންކުރުމާއި ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރު ތަންފީޒުކުރުމާއި ދެކެވޭ ވާހަކަތައް ރާއްޖެއިން ބޭރުގައި ނުދެއްކުން ހިމެނޭ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ބޭނުންވީ އެއްވެސް ކަމެއް ފޮރުވާފައި ނުބާއްވައި، ބޭރުގެ މީޑިއާތަކާއި ބޭރުގެ ފަރާތްތަކާއެކު ވެސް މި ވާހަކަތައް ދައްކަން ކަމަށް ޝައިނީ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވާތީ، އެއްވެސް މީހަކު ދޫކޮށްލަން ސަރުކާރަށް އެއްބަސްނުވެވޭނެ ކަމަށް ސަރުކާރުން ބުނެފައިވާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ހުރިހާ ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރެވިދާނެ ކަމަށް ސަރުކާރުން ބުނެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްބަސްވުމާއި ޚިލާފުވުމުން ވެސް މަޝްވަރާތަކަށް އައުމަށް ގޮވާލައި ސަރުކާރުގެ ހުށަހެޅުމެއް މިހާރުވެސް އިދިކޮޅު ފަރާތްތަކުގެ އަތުގައި އޮންނާނެ ކަމަށާއި ނަމަވެސް އެއަށް އަދި މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް