Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބަލިނުވުމުގެ ރެކޯޑު ބާސާއިން ދަމަހައްޓައިފި

11 މާރިޗު 2018 | އާދީއްތަ 10:56

މަލާގާ އަތުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 11 މާރިޗު 2018 | އާދީއްތަ 10:56
މަލާގާ އަދި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

މަލާގާ އަދި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސެލޯނާއިން ދަމަހައްޓައިފިއެވެ.

ބާސާއިން މި ރެކޯޑު ދެމެހެއްޓީ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ތާވަލުގެ ފުލުގައި އޮތް މަލާގާ ބަލިކޮށްގެންނެވެ. މި މެޗާއި ބާސާއިން ކުރިމަތިލިއިރު މިދިޔަ ސީޒަނުގައި މަލާގާގެ ދަނޑުގައި ކުޅުނު މެޗުން ބަލިވި ފަހުން އެ ޓީމު ލަލީގާގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މި މެޗުގައި އަމިއްލަ ސަބަބުތަކަށްޓަކައި ބާސާގެ ފޯވާޑް ލިއޮނެލް މެސީ ކުޅެފައިނުވާއިރު އަނިޔާގެ ސަބަބުން އަންދްރޭސް އިނިއެސްޓާ ވެސް ކުޅެފައެއް ނުވެއެވެ. މި ކުޅުންތެރިންގެ ބަދަލުގައި މި މެޗުގައި ފެނިގެންދިޔައީ ޒުވާން ފޯވާޑް އުސްމާން ޑެމްބޭލޭ އަދި ޕައުލީނިއޯއެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާއިން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް މަލާގާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. މަލާގާގެ ގޯލު ބާސާއިން ހުޅުވާލީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ނަގައިދިން ހިތްގައިމު ހުރަހަކުން ބާސާގެ ފުރަތަމަ ލަނޑު އެ ޓީމަށް ޖަހައިދިނީ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒްއެވެ. ބާސާއިން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 28 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކުޓީނިއޯ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނުމެވެ.

އޭގެ ދެ މިނެޓު ފަހުން މަލާގާއަށް އިތުރު ހުރަސްތަކެއް ކުރިމަތިވެގެންދިޔައީ އަލްބާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އެ ޓީމުގެ ސެމުއެލް ގާސިއާއަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކުއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ މަލާގާއަށް ބާސާގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނުއިރު ބާސާއަށް ވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑެ ބުނީ މި މެޗުން މޮޅުވި ނަމަވެސް ލަލީގާ ލިބުނު ކަމަށް ނުނިންމާނެ ކަމަށާއި އަދިވެސް ކުޅެން ޖެހޭ މެޗުތައް އެބަހުރި ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި ހާއްސަކޮށް ޑެމްބެލޭގެ ފަރާތުން ފެނުނު ކުޅުން ފާހަގަކުރެވޭ ކަމަށެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 28 މެޗުން ލިބުނު 72 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު މަލާގާ އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް