Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

ބާސާއާ އެއް ފެންވަރަކަށް ދިޔުމަށް އެތަކެއް އަހަރުތަކެއް ނަގާނެ: ގާޑިއޯލާ

7 މާރިޗު 2018 | ބުދަ 14:32

ސިޓީ އޮތީ ޕްރިމިއާ ލީގުގެ އެންމެ ކުރީގައި 16 ޕޮއިންޓްގެ ލީޑަކާއެކު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 މާރިޗު 2018 | ބުދަ 14:32
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ސްޕެއިންގެ ބާސެލޯނާއާ އެއް ފެންވަރަކަށް ދިޔުމަށް އެތަކެއް އަހަރުތަކެއް ނަގާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި ސީޒަނުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ސިޓީއިން ދައްކަމުން އަންނައިރު އެކަމާއި ގުޅިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ ބާސާގެ ކޯޗެއްގެ ގޮތުގައި ހުރެ ގާޑިއޯލާ ހޯދި ކާމިޔާބީ އޭނާ ސިޓީގައި ވެސް ތަކުރާރުކުރާނެ ކަމަށެވެ. ސިޓީގެ ކޯޗެއްގެ ގޮތުގައި ގާޑިއޯލާއަށް އެންމެ ފުރަތަމަ ތަށި ލިބިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ޕްރިމިއާ ލީގުގެ އެންމެ ކުރީގައި 16 ޕޮއިންޓުގެ ލީޑަކާއެކު ސިޓީ އޮތްއިރު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައަކާ ވެސް ވަރަށް ކައިރީގައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްވިޓްޒަލޭންޑުގެ އެފްސީ ބަސެލްއާ ދެކޮޅަށް ނުކުތުމަށް ސިޓީ ތައްޔާރުވަމުން އަންނައިރު ގާޑިއޯލާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް ޗެމްޕިއަންސް ލީގު އުފުލާލާފައެވެ. ސިޓީއަށް ޗެމްޕިއަންސް ލީގުގައި އެންމެ ކުރިޔަށް ދަތުރުކުރެވިފައިވަނީ 2016 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ އަހަރުގެ ސެމީއިން އެ ޓީމު ކެޓީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް އަތުން ބަލިވެގެންނެވެ.

އުމުރުން 47 އަހަރުގެ ކޯޗު ބުނީ ސިޓީއަކީ ބާސާއާ އެއް ފެންވަރެއްގެ ޓީމެއް ކަމަށް ބުނެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި ސިޓީގައި ތިބީ މުޅިން ތަފާތު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ބާސާގައި ތިބީ ކުރިން ވެސް ތަށި ކާމިޔާބުކޮށްފައިވާ ކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް ސިޓީގައި ތިބީ އާ ކުޅުންތެރިން ކަމަށެވެ. ސިޓީއަށް އޭނާގެ އިރުޝާދުގެ ދަށުން ކާމިޔާބު ކުރެވުނީ އެންމެ ތަށްޓެއް ކަމަށާއި އެއީ ބާސާއާ އަޅާކިޔަންޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރާ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

އޭނާ ބުނީ ކޮންމެ ކޯޗެއްގެ ދަށުގައި ވެސް ބާސާއިން ތަށި ހޯދަމުން އަންނަތާ 15 އަހަރުވެއްޖެ ކަމަށާއި އެފަދަ ޓީމަކާއި އެއްވަރު ކުރުމަށް އެތަކެއް އަހަރުތަކެއް ވަންދެން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގަކީ ވަރަށް ތަފާތު މުބާރާތެއް ކަމަށާއި މެޗުތަކުން މޮޅުވުމަށް ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ސިޓީއިން ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އެއީ ލިބޭ ފަހުރެއް ކަމަށާއި މުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ މީހުންގެ ފަރާތުން ބޮޑު ފާޑުކިޔުންތަކެއް އަމާޒުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ތާރީހުގައި ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުނުކުރެވުމަކީ ވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ސިޓީއަށް މި މެޗާއި ކުރިމަތިލާއިރު ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ އަނިޔާގައި ތިބި ރަހީމް ސްޓާލިން އާއި ފަނާންޑީނިއޯ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވުމެވެ. ސިޓީ އޮތީ ޕްރިމިއާ ލީގުގައި ކުޅުނު 29 މެޗުން ލިބުނު 78 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2020

ބާސާއާއެކު ފަޓީ ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދައިފި

23 ސެޕްޓެމްބަރު 2020
ބާސާއާއެކު ފަޓީ ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދައިފި
20 އޯގަސްޓު 2020

ގިނަ އަހަރުތަކެއް ވަންދެން މެސީއާއެކު މަސައްކަތްކުރަން ބޭނުން: ކޫމަން

20 އޯގަސްޓު 2020
ގިނަ އަހަރުތަކެއް ވަންދެން މެސީއާއެކު މަސައްކަތްކުރަން ބޭނުން: ކޫމަން
27 ސެޕްޓެމްބަރު 2018

ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ބުސްކެޓްސް އާކޮށްފި

27 ސެޕްޓެމްބަރު 2018
ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ބުސްކެޓްސް އާކޮށްފި
21 ޖޫން 2018

މެސީ ހުރީ މެރަޑޯނާ އަށް ވުރެ އެތަކެއް އަލި އަހަރު ކުރީގައި: ރާމޯސް

21 ޖޫން 2018
މެސީ ހުރީ މެރަޑޯނާ އަށް ވުރެ އެތަކެއް އަލި އަހަރު ކުރީގައި: ރާމޯސް
19 ޖެނުއަރީ 2018

ބާސާއާއެކު ހަދާފައިވާއި އެއްބަސްވުން ރޮބާޓޯ އާކޮށްފި

19 ޖެނުއަރީ 2018
ބާސާއާއެކު ހަދާފައިވާއި އެއްބަސްވުން ރޮބާޓޯ އާކޮށްފި
09 ޖެނުއަރީ 2018

ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

09 ޖެނުއަރީ 2018
ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން
20 ޑިސެމްބަރު 2017

ބާސާއާ ދެކޮޅަށް އެޓްލެޓިކޯއިން ފީފާއަށް މައްސަލަ ހުށަހަޅައިފި

20 ޑިސެމްބަރު 2017
ބާސާއާ ދެކޮޅަށް އެޓްލެޓިކޯއިން ފީފާއަށް މައްސަލަ ހުށަހަޅައިފި
04 ޖުލައި 2017

ހަނީމޫނަށްފަހު މެސީ ބާސާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަނީ!

04 ޖުލައި 2017
ހަނީމޫނަށްފަހު މެސީ ބާސާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަނީ!
15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް