Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލޯ ޑިބާލާ

ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

9 ޖެނުއަރީ 2018 | އަންގާރަ 14:19

ނޭމާއާއެކު ކުޅުމުގެ ޝައުގުވެރިކަން ޑިބާލާ ފާޅުކޮށްފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 9 ޖެނުއަރީ 2018 | އަންގާރަ 14:19
ޕައުލޯ ޑިބާލާ

ޕައުލޯ ޑިބާލާ

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑް ޕައުލޯ ޑިބާލާ ގެންދިޔުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ޗެއާމަން ނާސިރު އަލް ޚެލައިފީ ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި ޑިބާލާ ވަނީ ނޭމާއާއެކު ކުޅުމަކީ ހުވަފެނެއް ކަމަށް ބުނެފައެވެ. މިކަމުގެ ސަބަބުން ޕީއެސްޖީއިން ޑިބާލާ ގެންދިޔުމަށް މަސައްކަތް ފެށިއެވެ. ވޭތުވެދިޔަ ހަފްތާތަކުގައި ޑިބާލާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު އޭނާ ހޯދުމަށް ޕީއެސްޖީގެ އިތުރުން ޔޫރަޕުގެ ބޮޑެތި ޓީމުތައް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޙެލައިފީ ބުނީ އިޓަލީގެ ލީގުގައި ވަރަށް ގިނައިން މޮޅު ކުޅުންތެރިން ކުޅެމުން އަންނަ ކަމަށާއި އެ ލީގުގައި ކުޅޭ ހަމައެކަނި މޮޅު ކުޅުންތެރިޔަކީ ޑިބާލާ ކަމަށް ނުބުނެވޭނެ ކަމަށެވެ. ހަމައެހެންމެ ޔުވެންޓަސްގެ ރައީސް އަންދްރެއާ އަނޭލީއަކީ ވަރަށް ގާތް އެކުވެރިޔެއް ކަމަށާއި އެހެން ނަމަވެސް ޕީއެސްޖީގެ ކުރިމަގަށް މިވަގުތު ޑިބާލާއަކީ ބޭނުން ކުޅުންތެރިޔެއް ނޫންކަން ކަނޑައެޅިގެން ބުނަން އެނގޭ ކަމަށް ޚެލާފީ ހާމަކުރިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޚެލާފީ ވަނީ ޕީއެސްޖީގެ ކޯޗުގެ މަގާމުގައި ހުރި އުނައި އެމެރީ އެ މަގާމުން ދުރުކޮށް އެހެން ކޯޗަކު ގެނައުމަށް އެ ޓީމުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާފައިވާ ރިޕޯޓުތައް ދޮގުކޮށްފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރީއާ ބައެއް ކުޅުންތެރިންނާއި މައްސަލަ ޖެހިފައިވުމާއެކު އޭނާ އެ މަގާމުން ވަކިކުރުމަށް ޕީއެސްޖީގެ މެނޭޖްމަންޓުން ނިންމާފައިވެއެވެ. އަދި އެމެރީގެ ބަދަލުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނުވަތަ ބަޔާން މިއުނިކް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ އެ މަގާމަށް ގެނައުމަށް އެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. މި ދެ ކޯޗުންނަކީ ވެސް އިޓަލީއަށް ނިސްބަތްވާ ދެ ކޯޗުންނެވެ.

މި ވާހަކަތައް ދޮގުކުރަމުން ޙެލާފީ ބުނީ އިޓަލީގެ ލީގުގައި މޮޅު ކުޅުންތެރިންގެ އިތުރުން މޮޅު ކޯޗުން ވެސް ތިބޭ ކަމަށާއި އެ ގައުމުގެ ޓީމުތަކަކީ ވެސް މޮޅެތި ޓީމުތައް ކަމަށެވެ. އެހެން ނަމަވެސް އިޓަލީގެ ކޯޗެއް މިވަގުތު ޕީއެސްޖީއަށް ބޭނުންނުވާ ކަމަށާއި އެ މަގާމުގައި އެމެރީ އަދާކުރަމުން އަންނަ ވަޒީފާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޚެލާފީ ހާމަކުރިއެވެ.

ޑިބާލާ ހޯދުމަށް ދުނިޔޭގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތް ކުރަމުން އަންނައިރު އޭނާ ޕަލެރާމޯ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭނާވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 82 މެޗުގައި 42 ލަނޑު ޖަހާފައެވެ. ހަމައެހެންމެ މި ސީޒަނުގައި އެ ޓީމަށް ކުޅުނު 26 މެޗުގައި އޭނާވަނީ 15 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

07 ސެޕްޓެމްބަރު 2017
ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ
02 ސެޕްޓެމްބަރު 2017

ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ

02 ސެޕްޓެމްބަރު 2017
ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ
16 އޯގަސްޓު 2017

އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

16 އޯގަސްޓު 2017
އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ
11 އޯގަސްޓު 2017

ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް

11 އޯގަސްޓު 2017
ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް
25 މެއި 2017

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

25 މެއި 2017
ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް