Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

ހަނީމޫނަށްފަހު މެސީ ބާސާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަނީ!

މެސީ ވަނީ ބާސާގައި ހޭދަކުރި 13 ސީޒަނުގައި 507 ލަނޑު ކާމިޔާބުކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 4 ޖުލައި 2017 | އަންގާރަ 07:23
ބާސާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ

ބާސާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ

ދާދި ފަހުން ކައިވެނިކުރި ލިއޮނެލް މެސީ ހަނީމޫނަށްފަހު، ބާސެލޯނާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ކައިވެނި ކުރި މެސީ ހަނީމޫނަށްފަހު މި ހަފްތާ ތެރޭގައި އެނބުރި ސްޕެއިން އަށް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ އަނބުރާ ސްޕެއިން އަށް އަންނާނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަނީމޫނަށް އަންހެނުން އެންޓޮނެލާ ރޮކުޒޯއާ އެކު މިވަގުތު ކެރީބިއަން އައިލޭންޑްސްގެ އެންޓިގުއާ އަދި ބާބިއުޑާ ހުރި މެސީ އަނބުރާ މި މަހުގެ 12 ވަނަ ދުވަހު ސްޕެއިން އަށް އައިސް ބާސާއާއެކު ފަރިތަކުރުން ފަށާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ފަރިތަކުރުންތަކާ ގުޅުމަށްފަހު މެސީ އޭނާގެ އެއްބަސްވުން 2021 ވަނަ އަހަރުގެ ނިޔަލަށް އާކުރާނެ ކަމަށާއި، ޓެކްސް ނުލާ އަހަރެއްގެ މައްޗަށް އޭނާ އަށް 22 މިލިއަން ޔޫރޯ އާ އެއްބަސްވުމުގެ ދަށުން ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެސީގެ އެއްބަސްވުމާ ގުޅިގެން ބާސާގެ ރައީސް ޖޯސެފް މާރިއޯ ބާޓަމައު ދާދި ފަހުން ވިދާޅުވީ، މެސީގެ އެއްބަސްވުމާ ގުޅިގެން ކްލަބާއި މެސީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އާ އެއްބަސްވުމުގެ ކަންތައް ވަރަށް އަވަހަށް ނިމޭނެކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ މެސީގެ ބައްޕަ އާއި އެކު ގަވައިދުން ބައްދަލުވުންތަކެއް ބާއްވަމުން އައިސް ދެފަރާތުން ބޭނުންވާގޮތަށް އެއްބަސްވުން ނިންމާލެވޭނެ ކަމަށާއި، މި އެއްބަސްވުމާއިއެކު އަންނަ ސީޒަނުގައި ޓީމުގެ އާ ކޯޗް ވަލްވޭޑޭއަށް ކާމިޔާބީތަށް ހޯދަން ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

އުމުރުން 30 އަހަރުގެ މެސީ މިހާތަނަށް ބާސާގައި 13 ސީޒަން ހޭދަކޮށްފައި ވާއިރު، އޭނާ ވަނީ އެކުލަބަށް 507 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު