Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުންގެ ދުވަސް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވަނީ

7 މާރިޗު 2018 | ބުދަ 11:41

މި ހިނގާލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 06:45 ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 މާރިޗު 2018 | ބުދަ 11:41
ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ އަންހެން ކަނބަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ އަންހެން ކަނބަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަންހެން ކަނބަލުން އިސްނަގައިގެން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަންހެން ކަނބަލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ހިނގާލުން ބާއްވަން ނިންމި މައިގަނޑު މަގްސަދަކީ އަމަލީ ގޮތުން އަންހެން ކަނބަލުން ކުރާ މަސައްކަތްތަކުގައި ކުރިއަށް ދިއުމަށްޓަކައި އަދި ބަސް ބުނުމަށްޓަކައި ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

މި ހިނގާލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު މ. ކުނޫޒް ސަރަހައްދުންނެވެ.

"ފަހަރުގައި ހިތަށްއަރާފާނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތަކަށްވުމުން މިއީ ސިޔާސީ ހަރަކާތެކޭ. މިއީ ހަމަ ހަޤީޤަތުގައިވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް. އަޅުގަނޑުމެންނަކީ ސިޔާސީ ގޮތުން ވެސް އަދި އިޖްތިމާއީ ގޮތުން ވެސް އެކި ދާއިރާތަކުން އަންހެނުން ކުރިއަށް ނެރުމަށް މަސައްކަ ތްވެސް ކުރާ ބައެއް" އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

މި ހިނގާލުން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ އަޑުގަދަ ކުރާ ބޭނުންކުރުމުގެ ބަދަލުގައި އަންހެނުންގެ ދުވަހުގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ބޯޑުތަކެއް ނުވަތަ ލިޔުންތަކެއް ބޭނުން ކުރުމަށެވެ.

"ހަމަ މި ހިނގާލުން ނިންމާލާފައި އަޅުގަނޑުމެންނާއެކު ސައިގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަން. ހުރިހާ އަންހެން ކަނބަލުންނާއެކު ބައިވެރިވެ ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއް" ރައީސް މައުމޫން ފެކްޝަންގެ ކުރީގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީހުގެ ފޮރިން ރިލޭޝަންސް ކޯޑިނޭޓަރ ނިޝާނާ ހަސަން ވިދާޅުވީ މި ހިނގާލުމުގައި ޒުވާނުން ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށާއި ޒުވާނުންނަކީ މި ޤައުމުގައި މިސާލު ދައްކަން ތިބޭ ބައެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދު ވިދާޅުވީ މި ހަރަކާތުގައި ދެ ޖިންސުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ވިހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވުމަށް އެދިލައްވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް