Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނަރްގިސް މަރުވުން

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

އޭނާ މަރުވީ މުސްކުޅި ބަލީގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 މާރިޗު 2018 | ބުދަ 07:47
ޝައްމީގެ ނަމުން މަޝްހޫރުވެފައިވާ ނަރުގިސް ރަބާދި

ޝައްމީގެ ނަމުން މަޝްހޫރުވެފައިވާ ނަރުގިސް ރަބާދި

ބޮލީވުޑްގެ ކުރީގެ ބަތަލާ ނަރްގިސް ރަބާދީ (ޝައްމީ) އަންގާރަދުވަހު މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު އުމުރަކީ 89 އަހަރެވެ.

ނަރްގިސް މަރުވީ މުސްކުޅި ބަލީގައި ގިނަދުވަހު އުޅުމަށް ފަހުގައެވެ.

ނަރްގިސް ވަނީ 100 އަށް ވުރެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އޭނާގެ މަރާ ގުޅިގެން ގިނަ ފަންނާނުންތަކެއް ހިތާމަ ފާޅުކުރަމުންދާއިރު މަޝްހޫރު އެކްޓަރ އަމީތާބް ބައްޗަން ބުނެފައި ވަނީ ނަރްގިސްއަކީ އާއިލީ ރަހުމަތްތެރިއެއް ކަމަށެވެ.

ގިނަ ފިލްމްތަކެއްގައި ހަރަކާތްތެރިވެފައިވާ ޝައްމީ

އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން "ޑޯލީ"، "އިއްތިފާގު" އަދި "އިޝާރާ" ފާހަގަކޮށްލެވެއެވެ. އަދި "ހަމް" އާއި "ކޫލީ ނަމްބަރު 1"، "ހަމް ސާތު ސާތު ހޭ"، "ގޯޕީ ކިޝަން" އަދި "އިމްތިހާން" ފަދަ ފިލްމްތަކުގައި ވެސް އޭނާ މުހިންމު ބައިތަކެއް އަދާކޮށްފައި ވެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2013 ވަނަ އަހަރު ރިލީޒްކުރި ފަރާ ޚާން ލީޑް ރޯލުން ފެނިގެން ދިޔަ ކޮމެޑީ ފިލްމެއް ކަމަށްވާ "ސީރީން ފަރުހާދު ކީ ނިކަލް ޕަޅީ" އިންނެވެ.

ފިލްމުތަކުގެ އިތުރުން ނަރްގިސް ވަނީ ޓީވީ ސީރީޒްތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިން "ކަބީ ޔޭ ކަބީ ވޯ" އަދި "ޗައްކަރު" އެއީ ބެލުންތެރިންގެ ތަރުހީބު ލިބުނު ޓީވީ ސީރީޒްތަކެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
23 މާރިޗު 2017

"ފިފްޓީ ޝޭޑްސް ޑާރކާ" ގެ ބަތަލާ އެންގޭޖް ވެއްޖެ

23 މާރިޗު 2017
"ފިފްޓީ ޝޭޑްސް ޑާރކާ" ގެ ބަތަލާ އެންގޭޖް ވެއްޖެ
22 މާރިޗު 2017

"ޖަމާއީ ރާޖާ"ގެ ބަތަލާ ރޯޝްނީ ރާއްޖޭގައި

22 މާރިޗު 2017
"ޖަމާއީ ރާޖާ"ގެ ބަތަލާ ރޯޝްނީ ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު