Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް: މިއަދުގެ ޖަލްސާ ދެމިނެޓް ވެސް ނުވެނީސް ނިންމާލައިފި

7 މާރިޗު 2018 | ބުދަ 06:38

ޖަލްސާގައި އޮތީ ދެ ބިލެއް މަޖިލީހަށް ތައާރަފް ކުރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 މާރިޗު 2018 | ބުދަ 06:38
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން | ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ދެ މިނެޓެއްހާއިރު ވެސް ނުވެ، ނިންމާލައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހަށް ތައާރަފް ކުރަންޖެހޭ ދެ ބިލެއްގެ ފިރަތަމަ ކިޔުން އިއްވުމެވެ. އެއީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ، އެންޓި -ޑިފެކްޝަން ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

Advertisement - newsAdvertisement

ފަނޑިޔާރުންގެ ގާނޫނަށް ގެނެވޭ އިސްލާހްތަކުގެ ތެރޭގައި އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން ހިމެނެއެވެ. އެ މާއްދާއަކީ ފަނޑިޔާރުންގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. ނަމަވެސް އެގެންނަ އިސްލާހުގެ ތަފްސީލް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެންނަ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން މިހާރުގެ ގާނޫނުގައި ކަނޑައަޅާފައި ހުރި ބައެއް އުސޫލުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.

އެގޮތުން ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ބިލުގައި ހިމެނޭ ކަމަށްވެއެވެ.

ސަރުކާރުން ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި މިވަނީ ސުޕްރީމް ކޯޓުން މިދިޔަ މަހު 1 ގައި ނެރުނު އަމުރު ތަންފީޒް ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ގަދަކަމުން ހައްޔަރުކޮށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާ އެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއާތުތައް ބަޔާން ކުރާ ގާނޫނެކެވެ.

ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ. އެމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ މިފަދަ ހާލަތެއްގައި މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފްލޯ ކްރޮސިންގ ގާނޫނެއް ހަދަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ސަރުކާރަށް ނިސްބަތްވާ 12 މެމްބަރަކު ޕީޕީއެމުން ވަކިވުމުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އެ 12 މެމްބަރުން ޕީޕީއެމުން ވަކިވެފައި ވަނީ ސުޕްރީމް ކޯޓުގެ އެ ހުކުމުގެ ކުރިންނެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު އެ ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން ވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށް އަމުރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ފްލޯ ކޮރޮސިންގ ގާނޫނު ހަދާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިބި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.

ނަމަވެސް 5 ފެބްރުއަރީގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކޮށްފައެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ގިނަ އަމުރުތަކެއް ނެރެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އަނެއްކާ ވެސް 12 މެމްބަރުން ގޮނޑިއާ މެދު ސުވާލު އުފެދޭ ގޮތަށް ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ތިން ފަނޑިޔާރުންގެ ބެންޗުން ވަގުތީ އަމުރެއް ނެރެފައިވެއެވެ.

އެ 12 މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމުގެ ފުރުސަތު ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުން ދީފައެއް ނުވެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް މަޖިލީހުގެ އިދާރާގެ ތެރެއިން ސިފައިން ހުރަސް އަޅަމުންދާއިރު މަގުމަތިން ފުލުހުން ދަނީ އެ މެމްބަރުން މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސް އަޅަމުންނެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އެ ދެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. މީގެ ކުރިން ސަރުކާރުން ނުވަތަ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުށަހަޅާ މިފދަ ބިލްތައް، މަޖިލީހުގެ ރައީސަށް ލިބޭ އިހުތިޔާރުގެ ދަށުން އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ހަމައެޖަލްސާގައި އެބިލަށް ބަހުސް ކުރަން މަޖިލީހުގެ މެމްބަރުންނަށް ފެންނަ ނަމަ ބަހުސް ކޮށް، މަޖިލީހުން އެބިލް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް ވެސް އަހާފައި ވެއެވެ. އަދި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްވެއްޖެ ނަމަ އެ ބިލް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައެެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ދެ މިނިޓެއްހާއިރުގެ ތެރޭގައި ރައީސް ވަނީ ބިލު ތައާރަފްކުރިކަން އިއުލާނުކުރެއްވުމަށް ފަހު ޖަލްސާ ނިންމަވާލައްވައި ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް