Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީޕީ އަރީފު

ގާނޫނު ނެގެހެއްޓުމަށް ކުރީގެ ސީޕީ އަރީފް ގޮވާލައްވައިފި

އަރީފްގެ ހާލުކޮޅު ރަނގަޅު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 މާރިޗު 2018 | އަންގާރަ 20:13
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު

ގާނޫނު ނެގެހެއްޓުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ގޮވާލައްވައިފިއެވެ.

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އަންގާރަ ދުވަހު އަރީފް ހައްޔަރުކުރުމުން އަރީފްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އަންގާރަ ދުވަހުގެ ރޭ އޭނާ އާއި ބައްދަލުކޮށްފައެވެ. ގާނޫނު ނެގެހެއްޓުމަށް އަރީގް ގޮވާލާއްވީ އަރީފްގެ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތު މެދުވެރިކޮށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ރޭ ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަން ވައްޓާލަން އުޅުނުކަމަށް އަރީފްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވާކަމަށެވެ. އަދި އަރީފް ހުންނެވީ ހެޔޮހާލުގައި ކަމަށާއި އެންމެންވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކުގެ ބޭނުން ހިފައި، ގާނޫނު ނެގެހެއްޓުމަށް އެދިވަޑައިގެންނެވިކަމަށް ރިއްފަތުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަރީފް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މ. ސްނޯރޯޒް އަށް ފުލުހުން ވަދެ، އެގެ ބަލައި ފާސްކުރުމަށް ފަހުގައެވެ. ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް ރައީސް ޔާމީން ވަނީ އަރީފް އެމަޤާމުން ވަކިކޮށްފައެވެ.

އޭނާ މަޤާމުން ވަކިކޮށްފައިވަނީ 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅޭގޮތުން މަޝްވަރާ ކުރަން ރައީސް ޔާމީން ގުޅުއްވުމުން، އަރީފް ފޯނަށް ޖަވާބު ނުދެއްވުމުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި އެވެ. ނަމަވެސް އަރީފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމް ތަންފީޒުކުރަން މަސައްކަތް ކުރުމުންނެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 2 ވަނަ ދުވަހު ވަނީ އަރީފްގެ ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ. ސަރުކާރުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމަށް މަސައްކަތް ކުރި ޓީމުގައި ހިމެނޭ ފުލުހުން ހައްޔަރު ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ކުރީގެ ކޮމާންޑަރާއި، ސްވޮޓްގެ ކުރީގެ ކޮމާންޑަރުގެ އިތުރުން ސްޕެޝަލް އޮޕަރޭޝަންސް ގިނަ ފުލުހުންތަކެއް ހިމެނެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު