Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް 2018

މި މެޗާއި ކުރިމަތިލާނީ އިތުބާރާއެކު: އޮސްކާ

6 މާރިޗު 2018 | އަންގާރަ 13:44

މި ދެ ޓީމު ބައްދަލުކުރާ އޭއެފްސީ ކަޕްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 15:15 ގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 މާރިޗު 2018 | އަންގާރަ 13:44
ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން

ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށް ނުކުންނާނީ އިތުބާރާއެކު ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.

ބަންގްލަދޭޝްގެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން އޮސްކާ ބުނެފައިވަނީ މެޗާއި ކުރިމަތިލާނީ އިތުބާރާއެކު ކަމަށާއި ކުޅެން ބޭނުންވާ ގޭމް ކުޅެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ހަމައެހެންމެ މިދިޔަ އަހަރު ތިން ތަށި ކާމިޔާބުކުރީ 17 މެޗު ޖެހިޖެހިގެން ކާމިޔާބު ކުރުމަށްފަހު ކަމަށާއި މި ސީޒަން ފެށިގެން ވެސް ޓީސީ އަދި މާޒިޔާއާ ދެކޮޅަށް ކުޅެ އެ މެޗުތައް ކާމިޔާބުކުރެވިފައިވުމަކީ ލިބޭ އިތުރު އިތުބާރެއް ކަމަށެވެ. އަދި މި މެޗަށް ނުކުންނާނީ ޖެހިޖެހިގެން 20 މެޗު ކާމިޔާބުކުރުމުގެ އުއްމީދުގައި ކަމަށް ވެސް އޮސްކާ ބުނެފައިވެއެވެ.

އޮސްކާ ބުނީ މި މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ މެޗެއް ކަމަށާއި ގައުމުގައި ކުޅޭ މުބާރާތްތަކަށް ވުރެ ސަރަހައްދީ މުބާރާތްތައް އުނދަގޫ ވާނެ ކަމަށެވެ. އޭނާ ބުނީ އަބްހާނީގެ ކުރިޔަށް ކުޅެމުން އަންނަ ދެ ނައިޖީރިއާ ކުޅުންތެރިން ތިއްބަސް ނިއުއަށް ވުރެ އެ ޓީމު ވަރުގަދަ ކަމަށް ގަބޫލުނުކުރާ ކަމަށާއި ވަކި ގައުމެއްގެ ކުޅުންތެރިންތަކެއް ތިބުމަކީ ޓީމެއް ވަރުގަދަވާން ޖެހޭ ސަބަބެއް ނޫން ކަމަށް އޮސްކާ ބުނެފައިވެއެވެ. އޭނާ ބުނީ އެ ދެ ކުޅުންތެރިން ބޮޑަށް ފަރިތަވާނީ ފިޒިކަލް ގޭމެއް ކުޅެން ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެން ނަމަވެސް ނިއުއިން މަސައްކަތްކުރަނީ ރީތި ގޭމެއް ކުޅެން ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ނިއުއިން މަސައްކަތްކުރާނީ މުޅި މެޗު ވެސް ކޮންޓްރޯލްކޮށް ޕޮޒިޝަން ދެމެހެއްޓުމަށް ކަމަށެވެ. އަދި ދަނޑުގެ ވިނަގަނޑުގެ ހާލަތާއި މެދު ވިސްނަން ޖެހޭ ކަމަށާއި ނިއުއިން ރަނގަޅަށް ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އަބްހާނީއިން ވަނީ މީގެކުރިން ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް މެޗުތައް ކުޅެފައެވެ. މިހާތަނަށް ރާއްޖޭގެ އެއްވެސް ޓީމަކާއި ދެކޮޅަށް ކުޅުނު މެޗުން އަބްހާނީ މޮޅުވެފައިނުވުމަކީ އޮސްކާއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

މި ދެ ޓީމު ބައްދަލުކުރާ އޭއެފްސީ ކަޕްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 15:15 ގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މެއި 2020

ޖޫން މަހު ލީގު ނުފެށޭނަމަ، އެންމެ ބުއްދިވެރީ ކެންސަލް ކުރުން: އޮސްކާ

11 މެއި 2020
ޖޫން މަހު ލީގު ނުފެށޭނަމަ، އެންމެ ބުއްދިވެރީ ކެންސަލް ކުރުން: އޮސްކާ
24 އެޕްރީލު 2018

މެޗުތަކުން ބަލިވުމަކީ ލިބުނު ހިތްވަރެއް، މާދަމާގެ މެޗުގެ ހަމައެކަނި އަމާޒަކީ ތިން ޕޮއިންޓް ހޯދުން: އޮސްކާ

24 އެޕްރީލު 2018
މެޗުތަކުން ބަލިވުމަކީ ލިބުނު ހިތްވަރެއް، މާދަމާގެ މެޗުގެ ހަމައެކަނި އަމާޒަކީ ތިން ޕޮއިންޓް ހޯދުން: އޮސްކާ
10 އެޕްރީލު 2018

ބެންގަލޫރާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ވަރަށް މުހިންމު: އޮސްކާ

10 އެޕްރީލު 2018
ބެންގަލޫރާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ވަރަށް މުހިންމު: އޮސްކާ
13 މާރިޗު 2018

ކޮލިފައިވުމުގެ އުއްމީދު ދެމެހެއްޓުމަށް މާދަމާގެ މެޗުން ތިން ޕޮއިންޓް ބޭނުން: އޮސްކާ

13 މާރިޗު 2018
ކޮލިފައިވުމުގެ އުއްމީދު ދެމެހެއްޓުމަށް މާދަމާގެ މެޗުން ތިން ޕޮއިންޓް ބޭނުން: އޮސްކާ
13 މާރިޗު 2018

އޮސްކާގެ ގޭމް އިނގޭ، ތަފާތު ދައްކާނީ ކުޅުންތެރިން: ސަންޓޯޝް

13 މާރިޗު 2018
އޮސްކާގެ ގޭމް އިނގޭ، ތަފާތު ދައްކާނީ ކުޅުންތެރިން: ސަންޓޯޝް
05 މާރިޗު 2018

އަޝްފާގަކީ ތައާރަފެއް ބޭނުންނުވާ މޮޅު ކުޅުންތެރިޔެއް: އޮސްކާ

05 މާރިޗު 2018
އަޝްފާގަކީ ތައާރަފެއް ބޭނުންނުވާ މޮޅު ކުޅުންތެރިޔެއް: އޮސްކާ
04 ޖުލައި 2017

އޮސްކާ ބުރުޒޮންގެ ފުރަތަމަ މޮޅާއިއެކު ނިއު ދިވެހި ޕްރިމިއަރ ލީގާއި ގާތަށް

04 ޖުލައި 2017
އޮސްކާ ބުރުޒޮންގެ ފުރަތަމަ މޮޅާއިއެކު ނިއު ދިވެހި ޕްރިމިއަރ ލީގާއި ގާތަށް
26 ޖޫން 2017

ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ

26 ޖޫން 2017
ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ
16 މެއި 2017

ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު

16 މެއި 2017
ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް