Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

އޮސްކާ ބުރުޒޮންގެ ފުރަތަމަ މޮޅާއިއެކު ނިއު ދިވެހި ޕްރިމިއަރ ލީގާއި ގާތަށް

4 ޖުލައި 2017 | އަންގާރަ 14:46

ނިއުއިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 4 ޖުލައި 2017 | އަންގާރަ 14:46
ނިއު އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ނިއު އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އާ ކޯޗް އޮސްކާ ބުރުޒޮންގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ޕްރިމިއަރ ލީގާއި ގާތަށް ޖެހިލައިފިއެވެ.

މާލެ ލީގުގައި އަންގާރަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ކުޅުނު މެޗް ނިއުއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުހިމަނައި ކުޅުނު ނިއުއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެއްޖަހައި ލީޑު ނަގާފައެވެ. 8 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިއާ އެޑްރިއަން ގަލާޑޯއެވެ. ގަލާޑޯ މި ލަނޑު ކަމިޔާބުކުރީ ފާރޫގް އިސްމާއިލް ނަގައިދިން ހުރަހެއް ސެންޓޭ ކޮންޓްރޯލް ކޮށްލުމަށްފަހު ގަލާޑޯއަށް ޖައްސާލުމުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްގެންނެވެ.

މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްފާދައިވަނީ ނިއުއިންނެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓް ކޮށްގެން ކުޅެފައެވެ. ނަމަވެސް ލިބުނު ގިނަ ފުރުސަތުތައް ރަނގަޅަށް ނިންމާނުލެވުމުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުވެގެން ގޮސްފައެވެ. އެގޮތުން ސެންޓޭ އަދި ގަލާޑޯއަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ.

އެޓީމަށް ލީޑު ފުޅާކޮށްދިނީ މެޗުގެ ފަހު މިނެޓުގައި އަހުމަދު ސުހައިލްއެވެ. ފަހު މިނެޓުގައި ސެންޓޭ ނަގައިދިން ކޯނަރު އޭނާ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗް އަހުމަދު ނަޒީހު ބުނީ މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާއިރު ޕޮއިންޓެއް ހައްގު ކަމަށާއި، ލަނޑެއް ކާމިޔާބޮށް އެއްވަރުކޮށްލަން ފުރުސަތުވެސް ލިބުނު ކަމަށެވެ.

ނިއުރޭޑިއަންޓުން މި މެޗް ކާމިޔާބުކޮށް ދިވެހި ޕްރިމިއަރ ލީގާއި ފިޔަވަޅެއް ގާތަށް ޖެހިލާފައި ވާއިރު، މެޗަށްފަހު ވާހަކަ ދައްކަމުން އެޓީމާއި އަލަށް ހަވާލުވި ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބުނީ، މެޗުން މޮޅުވުމުން އެކަމާއި ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް އަދި ޓީމާއި އެކު ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވުމުން މިއަށްވުރެ ރަނގަޅު ނަތީޖާތަކެއްވެސް ނެރެވިދާނެ ކަމަށް ގަބޫލު ކުރާކަމަށެވެ.

މި މެޗުން ހޯދި 3 ޕޮއިންޓާއިއެކު ނިއުއިންވަނީ އެއްވަނާގައި އޮތް މާޒިޔާ އާއި ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ. ކުޅުނު 11 މެޗުން 24 ޕޮއިންޓް ނިއުއަށް ލިބޭއިރު އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 11 މެޗުން 25 ޕޮއިންޓް ހޯދައި ދިވެހި ލީގުން ޖާގައެއް ކަށަވަރު ކޮށްގެންނެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް