Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަންގްލަދޭޝް ލީގު މެދުކަނޑާލުން

ޖޫން މަހު ލީގު ނުފެށޭނަމަ، އެންމެ ބުއްދިވެރީ ކެންސަލް ކުރުން: އޮސްކާ

ބަންގްލަދޭޝް ލީގު މެދުކަނޑާލީ މާޗު މަހުގެ 16 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 08:03
ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން: ލީގު ކެންސަލް ކުރަން ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުން

ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން: ލީގު ކެންސަލް ކުރަން ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުން

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގުޅިގެން މެދުކަނޑާލާފައިވާ ބަންގްލަދޭޝް ލީގުގެ ކުޅުން ޖޫން މަހު އަލުން ނުފަށާނަމަ، އެންމެ ބުއްދިވެރީ ލީގު ކެންސަލް ކުރުން ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކަރ ބްރުޒޮން ބުނެފި އެވެ.

ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ފެށި ބަންގްލަދޭޝް ލީގު މެދުކަނޑާލީ މާރޗު މަހުގެ 16 ވަނަ ދުވަހު އެވެ. ލީގު އަލުން ފަށާނެ ތާރީޚެއް ކަނޑައަޅާފައި ނުވާއިރު، ސީޒަން ކުރިއަށް ނުގޮސް ދިގުލައިގެން ގޮސްފިނަމަ، ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދޭން ޖެހޭ މުއްދަތު ދިގުވެ، ކްލަބުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑާކާ ޓްރިބިއުންއަށް ދިން އިންޓަވިއު އެއްގައި އޮސްކަރ ބުނީ ޖޫން މަހުގެ ކުރީކޮޅު ލީގުގެ މެޗުތައް އަލުން ފަށައިފިނަމަ، ލީގު ނިންމާލަން އުނދަގޫ ނުވާނެ ކަމަށެވެ. އެކަމަކު ޖޫން މަހު ލީގުގެ މެޗުތައް ނުފެށިިއްޖެ ނަމަ، ލީގު ކެންސަލް ކުރުން ނޫން އެހެން އެއްވެސް ހައްލެން ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކުރަމުން އަންނަ ބަޝުންދަރާ ކިންގްސްގެ ރައީސް އިމްރުލް ހަސަން މީގެ ކުރިން ދިން އިންޓަވިއު އެއްގައި ވަނީ މި ވަގުތު މެޗެއް ނުކުޅެ ބިދޭސީ ކުޅުންތެރިންނަށް ބޮޑު މުސާރައެއް ދޭން ޖެހުމަކީ އަންނަ ސީޒަނަށް ވެސް ކުރިމަތިވާނެ ގެއްލުމެއް ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ލީގު މެދުކަނޑާލާފައި ވާއިރު، ބަންގްލަދޭޝް ލީގު ކުރިއަށް ނުގެންދެވި ހުއްޓާލާން ޖެހިއްޖެ ނަމަ، މިނީ ލީގެއް ކުޅެން އެ ގައުމުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޖޭމީ ޑޭ ވަނީ ހުށަހަޅާފައެވެ.

ރިޕޯޓުތައް ބުނާގޮތުންނަމަ ބަންގްލަދޭޝްގެ ގިނަ ކްލަބުތަކުން ބޭނުންވަނީ ލީގު ކެންސަލް ކުރާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު