Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ އަޝްފާގު (ދަގަނޑޭ)

ސާފް ޗެމްޕިއަންޝިޕްގައި ކުޅުމާ މެދު ދަގަނޑޭ ގޮތެއް ނުނިންމާ

6 މާރިޗު 2018 | އަންގާރަ 13:35

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅެދޭ އެންމެ ފަހު މެޗަށް ވުމަކީ އެކަށީގެންވާ ކަމެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 މާރިޗު 2018 | އަންގާރަ 13:35
އަލީ އަޝްފާގު (ދަގަނޑޭ)

އަލީ އަޝްފާގު (ދަގަނޑޭ)

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިންޝިޕްގައި ކުޅުމާ މެދު ގޮތެއް ނުނިންމާ ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށް ކުޅުމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު މިވަގުތު ބަންގްލަދޭޝްގައި ހުރި ދަގަނޑޭ އެ ގައުމުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅެދޭ އެންމެ ފަހު މެޗަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޑާކާގައި މިއަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމާއެކު އެ ގައުމަށް ދިޔުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އަޝްފާގް ބުނެފައިވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ މިވަގުތު އޮތް ހާލަތާމެދު އޭނާއަށް މާ ރަނގަޅަށް މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އުމުރުން 33 އަހަރުގައި ވެސް ދައްކަމުންދާ މޮޅު ކުޅުމާއި އަދި އެއްވަރެއްގައި ކުޅުމުގެ ފެންވަރު ހިފެހެއްޓުމުގެ ސިއްރަކީ ރަނގަޅު ޑައިޓެއް ގެންގުޅެ ބުރަކޮށް މަސައްކަތްކޮށް ޑިސިޕްލިން ދެމެހެއްޓުން ކަމަށެވެ.

ބަންގްލަދޭޝްގެ ޓީމަކާ ދެކޮޅަށް ދަގަނޑޭ ނުކުންނައިރު އޭނާއަކީ އެ ގައުމާ ދެކޮޅަށް މޮޅު ކުޅުންތަކެއް ފާއިތުވެދިޔަ މެޗުތަކުގައި ދައްކާފައިވާ ކުޅުންތެރިޔެކެވެ. އެގޮތުން 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އަތުން 3-1 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވި މެޗުތަކުގައި އޭނާ ވަނީ އެ ޓީމުގެ ކޮޅަށް ލަނޑު ޖަހާފައެވެ.

ދަގަނޑޭ ވަނީ ރާއްޖޭގެ ގައުމީ ޓީމު 2008، 2009، 2011، 2013 އަދި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ތަމްސީލު ކޮށްފައެވެ. ރާއްޖޭގެ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަގަނޑޭއެވެ. ހަމައެހެންމެ 20 ލަނޑާއެކު ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ދަގަނޑޭއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް