Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢޫދީ ވަލީޢަހުދު

ސަޢޫދީ ވަލީ ޢަޙުދު މިސްރަށް ވަޑައިގެންފި

5 މާރިޗު 2018 | ހޯމަ 13:38

މިސްރަށްފަހު ދެން މުހައްމަދު ބިން ސަލްމާން ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށާއި އެމެރިކާއަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 މާރިޗު 2018 | ހޯމަ 13:38
ސަޢޫދީ ވަލީ ޢަހުދު މުހައްމަދު ބިން ސަލްމާން (ކ)

ސަޢޫދީ ވަލީ ޢަހުދު މުހައްމަދު ބިން ސަލްމާން (ކ)

ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން އެމަނިކުފާނުގެ މަޤާމުގެ ހައިިސިއްޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިސްރަށް ވަޑައިގެންފިއެވެ.

3 ދުވަހުގެ މި ދަތުރުފުޅުގައި މުހައްމަދު ބިން ސަލްމާން މިސްރަށް ވަޑައިގަތުމުން ވެރިރަށް ޤާހިރާއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިސްރުގެ ރައީސް އަބްދުލްފައްތާޙު އަލްސީސީ އެވެ.

މިއީ އުމުރުފުޅުން 33 އަހަރުގެ މުހައްމަދު ބިން ސަލްމާން ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދުކަމާއި އަދި ވެރިކަމުގެ ގިނަ ބާރުތަކަކާއި މިދިޔަ އަހަރުގެ ޖޫން މަހު ޙަވާލުވެވަޑައިގެންވި ފަހުން ޤައުމުން ބޭރަށް ވަލީޢަޙުދުގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިދަތުރުފުޅު ފެއްޓެވީ 2016 ވަނަ އަހަރު މިސްރުގެ ރަށްތަކެއް ސަޢޫދީއަށް ވިއްކާލުމަށް ނިންމި ނިންމުމަށް ސަޢޫދީގެ އެންމެ އިސް ކޯޓުން ތާޢީދުކުރިތާ އެއް ދުވަސް ފަހުންނެވެ.

މި ރަށްތައް ސަޢޫދީއަށް ދިނުމަށް އެއްބަސްވެފައިވަނީ މިސްރުގެ ވެރިރަށް ޤާހިރާއަށް ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. މިސްރުގެ ގިނަ ބަޔަކު ދަނީ މިއީ އެޤައުމުގެ އިސްތިޤްލާލު ވިއްކާލުންކަމަށް ބުނަމުންނެވެ. އަދި މިސްރުގެ ބިމުގެ އެއްވެސް ބައެއް ބޭރު ބަޔަކަށް އެއްކޮށް ނުވިއްކޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށްވެސް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

2013 ވަނަ އަހަރު މިސްރުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި މުހައްމަދު މުރްސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި، ވެރިކަމަށް އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ސީސީ ވަޑައިގެންނެވިފަހުން މިސްރުގެ ސިޔާސީ މަސްރަހުގައި ސަޢޫދީގެ މަސްލަހަތު ބޮޑުކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ. ދާދި ފަހުން ސަޢޫދީ އާއި ޔޫއޭއީ އަޑީގައި އޮވެގެން ޤަތަރާއި ގުޅުން ކަނޑާލުމުގައި އެދެޤައުމަށް އެންމެ ބޮޑަށް ވާގިވެރިވަމުންދަނީ މިސްރުންނެވެ. އަދި އެދެޤައުމުން ދަނީ މިސްރަށް ބޮޑެތި އެހީތަކެއް ވެދެމުންނެވެ.

މިސްރަށް ކުރައްވާ ދަތުރުފުޅަށްފަހު މުހައްމަދު ބިން ސަލްމާން ދެން ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށެވެ. އިނގިރޭސިވިލާތަށް ވަޑައިގެން ލަންޑަނުގައި ބޮޑުވަޒީރު ތެރީސާ މޭ އާއި ބައްދަލުކުރެއްވުމަށްފަހު ދެން މުހައްމަދު ބިން ސަލްމާން ވަޑައިގަންނަވާނީ އެމެރިކާއަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 މެއި 2017

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
30 އެޕްރީލު 2017

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

30 އެޕްރީލު 2017
އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
03 މާރިޗު 2017

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި

03 މާރިޗު 2017
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް