Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާގެ ހަނގުރާމަ

އިރުމަތީ ޣޫތާގެ ބައެއް ބައްޝާރުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންގޮސްފި

4 މާރިޗު 2018 | އާދީއްތަ 14:12

އިރުމަތީ ޣޫތާގެ 10 އިންސައްތައިގެ ކޮންޓްރޯލް ސަރުކާރުގެ ފައުޖުތަކުން ވަނީ ނަގާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 4 މާރިޗު 2018 | އާދީއްތަ 14:12
އިރުމަތީ ޣޫތާގައި ސީރިއާ ސަރުކާރުގެ ފައުޖުތަކުން ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ

އިރުމަތީ ޣޫތާގައި ސީރިއާ ސަރުކާރުގެ ފައުޖުތަކުން ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ

އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސީރިއާގެ އިރުމަތީ ޣޫތާގެ ބައެއް، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ސީރިއާގެ މަޝްރަޚަށް ފާރަވެރިވާ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ހޮނިހިރު ދުވަހު ބުނީ، އިރުމަތީ ޣޫތާގައި ސީރިއާގެ އަސްކަރީ ފައުޖުތަކާއި ބައްޝާރަށް ވާގިވެރިވާ ބޭރުގެ ފައުޖުތަކުން އިދިކޮޅު ހަނގުރާމަވެރިންނާއި ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި އިރުމަތީ ޣޫތާގެ 10 އިންސައްތަ ސަރުކާރުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސީރިއާގެ ވެރިރަށް ދިމިޝްޤުގެ ކައިރީގައި އޮންނަ އިރުމަތީ ޣޫތާގެ އަލް-ޝައިފޫނިޔާ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުގެ ފައުޖުތަކުން ހޮނިހިރު ދުވަހު ނަގާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ އިން ބުނެއެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ ތަރުޖަމާނަކު ވަނީ، ސަރުކާރުގެ ފައުޖުތަކުން އަލް-ރަޙްޔާން ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް އަލް-ޝައިފޫނިޔާގެ މައުލޫމާތު އޭނާ ހާމަކޮށްފައެއްނުވެއެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ގުޅިފައިވާ ފައުޖުތަކުން އަލް-ޝައިފޫނިޔާ ހިފުމަށް މަސައްކަތް ކުރަމުންދާކަން އެ ފައުޖުތަކުގެ ކޮމާންޑަރަކު ކަށަވަރު ކޮށްދީފައިވެއެވެ. އެހެން ނަމަވެސް އެ އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްޞީލް ދީފައެއްނުވެއެވެ.

އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުން އިރުމަތީ ޣޫތާ ހިފުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ފައުޖުތަކުން ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް 674 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 150 އެއްހާ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގެ އިރުމަތީ ޣޫތާގެ ހާލަތާއިމެދު ބައިނަލްއަޤްވާމީ މުޖުތަމައު އިން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ކުރިމަތިލުންތަކުގެ ސަބަބުން ޣޫތާގައި ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަސްތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

ހަތަރު ލައްކަ އެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާގެ އާބާދީގެ ބޮޑު ބަޔަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެހެން ސަރަހައްދުތައް ދޫކޮށް އެސަހަރަށް ހިޖުރަކޮށްފައިވާ ފަރާތްތަކެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރި ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އިރުމަތީ ޣޫތާ އަކީ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ ސަހަރެކެވެ. ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔުމާއެކު، ސީރިއާގެ ސިފައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން އެސަހަރު ވަށާލައި، ހިސާރުކޮށްފައެވެ. ބައްޝާރުގެ ފައުޖުތަކުގެ ހަނގުރާމަވެރިން އިރުމަތީ ޣޫތާ އަށް ވަދެވެން އޮންނަ މަގުތައް ބަންދުކުރުމާއި ގުޅިގެން އެސަހަރުގެ ތެރެއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެކަމާއި ގުޅިގެން އެސަރަހައްދުގެ ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން ރޭޓް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
16 މެއި 2017

ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

16 މެއި 2017
ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް