Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކުއްލި ނުރައްކަލުގެ ހާލަތު

ފަތުރުވެރިކަން ދަށްވެ، ރޫމް ރޭޓްތައް އިންތިހާއަށް ދަށްކޮށްފި!

ބައެއް ރިސޯޓްތަކުން ވަނީ 80 އިންސައްތަ ޑިސްކައުންޓް ދޭން ފަށާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 4 މާރިޗު 2018 | އާދީއްތަ 12:49
ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް

ފަތުރުވެރިކަމުގެ ލޯ ސީޒަނާއި އިންޑަސްޓްރީ ކުރިމަތިލާފައިވާ މިދަނޑިވަޅުގައި ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ފަތުރުވެރިކަން ދަށްވެ، ރިސޯޓްތަކާއި ގެސްޓް ހައުސްގެ ރޫމްރޭޓް ވަރަށް ބޮޑަށް ދަށްކޮށްފިއެވެ.

ބުކިންގ ވެބްސައިޓްތަކުގައި ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ކޮޓަރިތައް ވިއްކާ އަގު، މިއިން ޒަމާނަކު ދަށަށް ނުދާ މިންވަރަށް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ބައެއް ތަންތަނުން ރެއަކަށް ކޮޓަރިތައް ވިއްކާ އަގުތަކުން 50 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގެ މިންވަރެއް ދަށްވެފައިވާކަން ބުކިންގ ވެބްސައިޓްތަކުން ފާހަގަވެއެވެ.

ކުރީގެ އަގުތަކާއި މިހާރުގެ އަގުތަކާއިއެކު ކޮޓަރިތައް ވިއްކާ އަގުތައް އެންމެ ތަފްޞީލްކޮށް އެނގޭ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބުކިންގ ވެބްސައިޓްކަމަށްވާ އަގޯޑާ.ކޮމް ބަލާލުމުން އަގުތައް ވެއްޓިފައިވާ މިންވަރު ވަރަށް ބޮޑަށް ފެނިގެން ދެއެވެ.

މަތީ ފަންތީގެ ރިސޯޓްތަކަށް ބަލާލާއިރު، ހުރަވަޅި އައިލެންޑް ރިސޯޓުން 40 ވަރަކަށް އިންސައްތަ ޑިސްކައުންޓް ދެމުންދާއިރު، ކަޑިންމަ މޯލްޑިވްސް އިން 60 އިންސައްތަ، ބަނޑޮސް އައިލެންޑް ރިސޯޓުން 75 އިންސައްތަ، ކޮކޯޕާމް ދުނިކޮޅުން 70 އިންސައްތަ، ފިހާޅޮހި ރިސޯޓުން 82 އިންސައްތަ، ބިޔާދޫ ރިސޯޓުން 70 އިންސައްތަ އަދި އައްޑޫ ކެނެރީފް ރިސޯޓުން 84 އިންސައްތަ ޑިސްކައުންޓް ވަނީ ދީފައެވެ.

އަސްލު އަގަށް ބަލާއިރު، ކޮކޯޕާމް ދުނިކޮޅުން 30 ހާސް ރުފިޔާއަށް ވުރެ މަތިން ރެއަކަށް ވިއްކި ކޮޓަރީގެ އަގު ވަނީ 9 ހާހަށް ތިރިވެފައެވެ. ބަނޑޮހުން 15 ހާހަށް ވިއްކި ކޮޓަރި 4 ހާހަށް ވިއްކާއިރު، ފިހާޅޮހިން 19 ހާހަށް ވިއްކި ކޮޓަރި ވިއްކަނީ 3 ހާހަށެވެ. މިއީ އާދިއްތަ ދުވަހު އަގޯޑާގައި ލިސްޓްކޮށްފައިވާ އަގުތަކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ އަހަރު ފެށި، ފުރަތަމަ ދެތިން މަސް ނިމުމުން އަބަދުވެސް ޑިސްކައުންޓް ދޭކަމަށާއި، އެހެން ނަމަވެސް މިފަހަރު މިހާބޮޑެތި ޑިސްކައުންޓް ދޭން ޖެހުނީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވުމުން ކަމަށެވެ.

"ކޮންމެ އަހަރަކުވެސް ހައި ސީޒަން ނިމި، ލޯ ސީޒަން ފެށުނީމަ ތަންތަނުން ޑިސްކައުންޓް ދޭނެ. އެކަމަކު މިފަހަރު މިހާ ބޮޑަށް އަގު ދަށްކުރަން މިޖެހުނީ އެސްއޯއީގެ ސަބަބުން. ވަރަށް އަގު ހެޔޮކޮށް ވިއްކައިގެންވެސް އެބަޖެހޭ އޮކިއުޕަންސީ ކޮންމެވެސް ވަރެއްގައި ހިފަހައްޓަން. އެހެން ނޫނީ ޖެހޭނީ މުވައްޒަފުން ވަކިކޮށް، އޮޕަރޭޝަން ޚަރަދު ކުޑަކުރަން. މިހާރުވެސް ބައެއް ތަންތަނުން މުވައްޒަފުން އެބަ މަދުކުރޭ. އިންޑަސްޓްރީއިން ބޭނުމެއް ނުވޭ މުވައްޒަފުންނަށް ވެސް އެވަރުގެ ބޮޑު ގެއްލުމެއް ދޭކަށް. ދެން އޮތް ހަމައެކަނި ގޮތަކީ އަގުތައް ތިރިކޮށްލުން،" އޭނާ ވިދާޅުވިއެވެ.

ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ގެސްޓް ހައުސް އެސޯސިއޭޝަނުންވެސް ގެސްޓް ހައުސްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަގުތުން ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށް ގޮވާލާފައިވާއިރު، ގެސްޓް ހައުސްތަކުން ބުނާ ގޮތުގައި މި ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭ ބަޔަކީ ގެސްޓްހައުސް ހިންގާ ފަރާތްތަކެވެ. ރިސޯޓް މާކެޓަށް ލިބޭ ގެއްލުންތައް ބޮޑުއިރު، ގެސްޓް ހައުސް މާކެޓަށް ލިބޭ ގެއްލުން އަދި މާބޮޑުވާނެ ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

މާލެ އަތޮޅާއި، އަރި އަތޮޅުގެ އިތުރުން ވ އަތޮޅުގެ ގެސްޓް ހައުސްތަކުންވެސް ވަނީ ގިނަ އަދަދެއްގެ ބުކިންގތައް ކެންސަލް ވަމުންދާކަން ފާހަގަކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ރައްޔިތުން ރާއްޖެއަށް އައުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް ޓްރެވަލް އެޑްވައިޒަރީސް ނެރެފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާ ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!

27 ނޮވެމްބަރު 2017
ދައުލަތުގެ ޚަޒާނާގެ ރިޒާވް އަނެއްކާ ވެސް ދަށްވެއްޖެ!

ދައުލަތުގެ ޚަޒާނާގެ ރިޒާވް އަނެއްކާ ވެސް ދަށްވެއްޖެ!

02 ނޮވެމްބަރު 2017
ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި

ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި

20 އޮކްޓޯބަރު 2017
ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިސާދަށް ވަންނަ ފާއިދާ ދަށްވެއްޖެ

ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިސާދަށް ވަންނަ ފާއިދާ ދަށްވެއްޖެ

27 ސެޕްޓެމްބަރު 2017
ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ

ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު