Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަނޑުމަހުގެ އަގު

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!

ރާއްޖެ އާއި ރާއްޖޭއިން ބޭރުގެ ބާޒާރުގައި ކަނޑު މަހުގެ އަގު ހުރި މިންވަރު ހާމަކޮށްދޭ ރިޕޯޓެއް ފިޝަރީޒް މިނިސްޓްރީން ވަނީ ނެރެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2017 | ހޯމަ 23:46
މަސްވެރިއެއް މަސްތައް ހިފައިގެން ދޯނިން ފައިބަނީ

މަސްވެރިއެއް މަސްތައް ހިފައިގެން ދޯނިން ފައިބަނީ

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ދަށްވެފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ރާއްޖެ އާއި ރާއްޖޭއިން ބޭރުގެ ބާޒާރުގައި ކަނޑު މަހުގެ އަގު ހުރި މިންވަރު ހާމަކޮށްދިނުމަށް ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން، ޖަޕާނުގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް މިދިޔަ ހަފްތާގައި 249.74 ރުފިޔާއަށް ވިއްކަން ހުރިއިރު، މި ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއް ވިއްކަން ހުރީ 191.57 ރުފިޔާއަށެވެ.

ތައިލެންޑްގައި ކަޅުބިލަމަހުގެ ޓަނަކަށް މިދިޔަ މަހު 35،466 ރުފިޔާ ލިބުނުއިރު މި މަހު ކަޅުބިލަ މަހުގެ ޓަނެއްގެ އަގުވަނީ 27،756 ރުފިޔާ އަށް ދަށްވެފައެވެ. އެހެންނަމަވެސް ސްޕެއިންގެ މާރކަމެޑްރިޑް މާރުކޭޓުގައި ފިނިކުރި ރީދޫ އުރަހަ ކަންނެލި ކިލޯއެއް މިދިޔަ ހަފްތާގައިވެސް އަދި މި ހަފްތާގައިވެސް ވިއްކަމުންދަނީ 155.64 ރުފިޔާއަށެވެ.

ރާއްޖޭގެ މަސްގަންނަ ކުންފުނިތަކުން ނިމިގެން ދިޔަ ހަފްތާގައި ފިނިކުރި ކަޅުބިލަ މަސް ކިލޯއެއް އެވްރެޖްކޮށް 20 ރުފިޔާއަށް ގަންނަމުންދިޔައިރު، ފިނި ނުކުރާ ކަޅުބިލަމަސް ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާ އަށެވެ. ކުންފުނިތަކުން ރީދޫ އުރަހަ ކަންނެލި ގަންނަ އަގަށް މި ހަފްތާ އަދި މިދިޔަ ހަފްތާގައިވެސް ބަދަލު އައިސްފައެއް ނުވެއެވެ.

ފާއިތުވި ހަފްތާގައި އެވްރެޖްކޮށް މާލޭގެ މާރުކޭޓުގައި މަސް ވިއްކަން ހުރި އަގުތަކަށް ބަލާއިރު މަހުގެ ކިލޯއެއް ހުރި މިންވަރަކީ:

ގޮދާ – 50.00 ރުފިޔާ ކަނޑުމަސް – 37.50 ރުފިޔާ ކަންނެލި – 35 ރުފިޔާ ބޮޑުކަންނެލި – 70 ރުފިޔާ ލައްޓި – 40 ރުފިޔާ ގިއުޅު – 55 ރުފިޔާ ރާގޮނޑި – 20 ރުފިޔާ މާނިޔަ މަސް – 42 ރުފިޔާ ރަތްމަސް – 60 ރުފިޔާ ރިތްމަސް – 20 ރުފިޔާ ވަޅޯމަސް – 95 ރުފިޔާ ލޮނުމަސް – 105 ރުފިޔާ ހިކިމަސް – 82 ރުފިޔާ

މި ދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. އެހެންނަމަވެސް ގިނަ އަދަދަކަށް މަސް ބާނަމުންދާ މިދުވަސްވަރު، މަސް ކުންފުނިތަކުން މަސް ނުކިރާކަމަށްބުނެ ބައެއް މަސްވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. އަހަރުގެ ބޮޑުބައިގައި މަސްވެރިކަން ހާނަރުކޮށް އޮތުމަށްފަހު މަސްވެރިކަން ތިޔާގިވި ދުވަސްވަރު ބާނާ މަސްކޮޅު ނުކިރި ނުއަގުގައި ވިއްކަން ޖެހުމުން މަސްވެރިން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު