Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު މުހައްމާ

މެމްބަރު މުބީން އިސްލާހީ ހަރަކާތާ ގުޅޭނެ، ރައީސް ޔާމީން ގިނިކަންޏާ ވާނެ: މުހައްމާ

4 މާރިޗު 2018 | އާދީއްތަ 06:01

އެ ބޭފުޅުންނާއެކު ކޮފީއަކަށް އެރީމާ، ރަނާއި ޖަވާހިރު ދޭނެކަންނޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 4 މާރިޗު 2018 | އާދީއްތަ 06:01
ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުބީން

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުބީން

ސަރުކާރުގެ ބައެއް ސިޔާސަތުތައް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ގަބޫލުނުކުރައްވާ ކަމަށާއި އިސްލާހީ ހަރަކާތާ އޭނާ ގުޅިވަޑައިގަންނަވާނެ ދުވަސް އަންނާނެ ކަމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެ އެވެ.

މުހައްމާގެ މި ތުހްމަތާ މުބީން ދޮގުކުރައްވަ އެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ ކުރިން ޖޭޕީގައި އުޅުއްވުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެެންނެވި މުބީންއާ ދިމާވެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު، މުބީންގެ ބައެއް ވިސްނުންތައް ސަރުކާރާ މުޅިން ތަފާތު އެނގިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ޔާމީން ގާނޫނާ ހިލާފު ކަންކަން ކުރައްވާ ކަމަށް [މުބީން] ގަބޫލު ކުރައްވާ. ރައްޔިތުންގެ މަޖިލީހަށް ހުރަސް އެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ، ކޯޓްގެ ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ،" މެމްބަރު މުބީންގެ ވިސްނުންފުޅު ހުރި ގޮތް މުހައްމާ ކިޔައިދެއްވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ބައެއް މެމްބަރުން ސަރުކާރާ ގުޅޭނެ ކަމަށް އަޑުތައް ފަތުރަމުން ދާއިރު، ކުރިން ޕީޕީއެމްގައި ހުންނެވުމަށް ފަހު ރައްޔިތުންގެ އިސްލާހީ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި މުހައްމާ ވިދާޅުވީ ސަރުކާރަށް ދާނެ އެއްވެސް މެމްބަރަކު ނުވާނެ ކަމަށާއި އޭގެ ބަދަލުގައި "ވަޒީރުންނާއި ކޯޑިނޭޓަރުން އިސްލާހީ ހަރަކާތާ ގުޅޭނެ" ކަމަށެވެ.

"އަދި އެ މީހުން މަޑުކޮށްލައިގެން ތިބީ. ހައްގަށް ނަސްރު ލިބޭ،" މުހައްމާ ވިދާޅުވި އެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

ސަރުކާރުގެ އަނިޔާވެރިކަން އިތުރުވަމުންދާތީވެ، ސަރުކާރު ދޫކޮށް އަންނަ ބޭފުޅުން އިތުރުވެ، ރައީސް ޔާމީނާއެކު ހައެއްކަ މެމްބަރުން ތިއްބަވާނެތަން ފެންނާނެ ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ގިނި ކަންޏާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓިތަކުގައި ތިއްބެވި މަޖިލީހުގެ މެމްބަރުންނާއި ގޮނޑި ގެއްލުވާލި 12 މެމްބަރުން ސަރުކާރަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެ އަމަލަކީ ރިޝްވަތު ނޫން އެހެން އެއްޗަކަށް ނުވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.

"އެ ބޭފުޅުންނާއެކު ކޮފީއަކަށް އެރީމާ، ރަނާއި ޖަވާހިރު ދޭނެކަންނޭނެ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ދޫކޮށް މެމްބަރުން އިސްލާހީ ހަރަކާތާ ގުޅިވަޑައިގަތީ ސަރުކާރުގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅައި ދިއުމުން ކަމަށާއި، ރައްޔިތުން އިންތިހާބުކުރި ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ސިފައެއް ރައީސް ޔާމީންގެ ނެތް ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތްތަކާ މުބީން ގުޅިވަޑައިގަންނަވާނެ ކަމަށް ކުރެއްވި ތުހްމަތުގެ ރައްދުގައި "މިހާރު" ނޫހަށް ވިދާޅުވީ އޭނާ ހުންނެވީ ސާބިތުކަމާ އެކު ރައީސް އަބްދުﷲ ޔާމީނާ އެކުގައި ކަމަށެވެ. އެމަނިކުފާނު ދޫކުރައްވައި އިދިކޮޅާ ގުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް