Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

ވެނެޒުއޭލާގެ އިންތިޚާބު ފަސްކޮށްފި

އޭޕްރީލް 22 ގައި އެގައުމުގައި ބާއްވަން ތާވަލު ކުރި އިންތިޚާބު ފަސްކުރީ މެއި 20 އަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 މާރިޗު 2018 | ހޮނިހިރު 17:11
ދެވަނަ ދައުރަކަށްވެސް ވާދަކުރައްވާ ވެނެޒުއޭލާގެ މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯ

ދެވަނަ ދައުރަކަށްވެސް ވާދަކުރައްވާ ވެނެޒުއޭލާގެ މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯ

މިއަންނަ އޭޕްރީލް 22 ގައި ވެނެޒުއޭލާގައި ބާއްވަން ތާވަލު ކުރި އިންތިޚާބު އެގައުމުގެ އިންތިޚާބާ ބެހޭ "ނެޝެނަލް އިލެކްޓޯރަލް ކައުންސިލް (ސީއެންއީ)" އިން ފަސްކޮށްފިއެވެ.

މިހާރު އިންތިޚާބު ބާއްވަން ތާވަލު ކޮށްފައި ވަނީ މެއި 20 ގައެވެ. ރިޕޯޓުތައް ބުނާގޮތުން އިންތިޚާބު ފަސްކޮށްފައި ވަނީ ސަރުކާރާއި އަދި ބައެއް ސަރުކާރާ އިދިކޮޅު ޕާޓީތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެއްބަސްވުމަކަށް އާދެވުމުންނެވެ.

ވެނެޒުއޭލާގެ މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އެގައުމުގެ ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވަން އިންތިޚާބަށް ރަޖިސްޓްރީވެސް ކުރައްވާފައެވެ.

ވެނެޒުއޭލާ އިންތިޚާބު އޮންނަން ޖެހޭ ތާރީޚަށް ވުރެ އަވަހަށް އިންތިޚާބު ބާއްވާއިރު، އާންމުކޮށް ވެނެޒުއޭލާގައި އިންތިޚާބު ބާއްވަނީ ޑިސެމްބަރު މަހުއެވެ. އެހެން ނަމަވެސް ނިމިދިޔަ ފެބްރުއަރީގައި ވެނެޒުއޭލާގެ އިންތިޚާބާ ބެހޭ އިދާރާ އިން ބުނެފައި ވަނީ އިންތިޚާބު އަވަސްކޮށްފައިވާ ކަމަށާއި އިންތިޚާބު އޮންނާނީ 22 އޭޕްރީލް ގައި ކަމަށެވެ.

ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބު އަވަސް ކުރުމުން ބައިނަލްއަގުވާމީ ގޮތުން އެގައުމަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، މެކްސިކޯ އަދި ޕެރޫ އިން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ބުނެފަ އެވެ. އެމެރިކާ އިން ވަނީ އިންތިޚާބު އަވަސް ކުރާ ނަމަ ވެނެޒުއެލާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ އިރު އެގައުމުގެ އިގްތިސާދީ ހާލަތު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންނެވެ. ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ އިންތިޚާބު އަވަސްކުރުމުގައި ސަރުކާރުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު