Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ރިޔާޒު

ހަސަން ސައީދަށް ދައުވާކޮށްދޭން އެދުނު މައްސަލައާ ގުޅިގެން ރިޔާޒްގެ ސުވާލުތަކެއް!

1 މާރިޗު 2018 | ބުރާސްފަތި 06:04

ފިލައިގެން އުޅުނުކަމުގެ ތުހްމަތުގައި މީގެ ކުރިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭތޯ ސުވާލު ކުރެއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 1 މާރިޗު 2018 | ބުރާސްފަތި 06:04
ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް

ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް

ރިޝްވަތުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިންގެ މައްޗަށް ދައުވާ ކޮށްދޭން ފުލުހުން ފޮނުވި މައްސައާ ގުޅިގެން ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް ގިނަ ސުވާލުތަކެއް އުފައްދައިފިއެވެ.

ފުލުހުންނަށް ފިލައިގެން އުޅުނު މައްސަލައިގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނު ކަން ފުލުހުން ހާމަ ކުރީ މިދިޔަ ބުދަ ދުވަހުއެވެ.

Advertisement - newsAdvertisement

އެއާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓްގައި ފިލައިގެން އުޅުނުކަމުގެ ތުހްމަތުގައި މީގެ ކުރިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި މީގެ ކުރިން ކިތައް މީހުން ހޯދަން ފުލުހުން އިއުލާން ކުރިތޯ އެ ޓްވީޓްގައި ފުލުހުނަށް ސުވާލު އަމާޒުކުރައްވާފައިވެއެވެ. އެ ސުވާލުތަކާ އެކު ދެން ވިދާޅުވެފައި ވަނީ ހަސަން ސައީދުގެ މައްޗަށް ފިލައިގެން އުޅުނުކަމުގެ ދައުވާ ކުރަން ފޮނުވުމުން ތުހްމަތުކުރާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަން ހާމަވާ ކަމަށެވެ.

ހަސަން ސައީދު ހޯދަނީ ރިޝްވަތު ހިފިކަމުގެ ތުހްމަތެއްގައި ކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހޯދި ހޯދުމުން މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާރޝަލް ހައުސިންގ އެޕާޓްމަންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ހަސަން ސައީދު ހުސެއިން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭ ގޮތުން، ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން މި މައްސަލާގައި ބެލިބެލުމުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅުން ވެސް ފްލެޓްތައް ބައްލަވައިގަތުމަށްޓަކައި މުއާމަލާތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ނަމަވެސް އެ މައްސަލާގައި އަދި މިހާތަނަށް ދައުވާކޮށްދޭން ފުލުހުން އެދިފައިނުވެއެވެ. ފުލުހުން ހޯދަން އިއުލާނުކުރުމަށް ފަހު ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސުޕްރީމް ކޯޓު ފުރާޅުމަތިން އަރައި އުއްތަމަ ފަނޑިޔާރާއި އެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކުރުމަށް ސިފައިންނާއި ފުލުހުންގެ ހިންގި އޮޕަރޭޝަނުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް