Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޤުތައް ހިމާޔަތްކުރުން

ސްކޫލްތަކުގެ އެޑްމިން ސްޓާފުން އިޙުތިޖާޖުގައި!

1 މާރިޗު 2018 | ބުރާސްފަތި 05:31

މަސައްކަތަށް ނުކުތީ ކަޅު ހެދުމުގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 މާރިޗު 2018 | ބުރާސްފަތި 05:31
މުވައްޒަފުން އެދެމުންދަނީ 11 ކަމެއް ރަނގަޅުކޮށްދިނުމަށް

މުވައްޒަފުން އެދެމުންދަނީ 11 ކަމެއް ރަނގަޅުކޮށްދިނުމަށް

ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ސްކޫލްތަކުގެ އިދާރީ މުވައްޒަފުން، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެދި އިހުތިޖާޖެއް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ސްކޫލްތަކުގެ މުވައްޒަފުން އިހުތިޖާޖު ކުރަމުންދަނީ މައިގަނޑު 11 ކަމަކާ ގުޅިގެންނެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ، މސައްކަތުގެ ފެންވަރު ބަލާއިރު ފެންވަރު ރަނގަޅު ކަމަށް ފެންނަ އިދާރީ މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުން ލިބޭނެ ފަދަ އޮނިގަނޑެއް ނެތުމުން އެކަން އެގޮތަށް ނުވުމާއި، އިދާރީ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ނުލިބުމާއި، އިތުރުގަޑީގެ މުސާރަ ފުރިހަމައަށް ނުލިބުމާއި، ރިސްކް އެލަވަންސް ނުލިބުމާއި، ބަންދު ދުވަހުގެ އެލަވަންސް ނުލިބުމެވެ.

Advertisement - newsAdvertisement

އަހަރީ ބޯނަސް ނުލިބޭތާ 3 އަހަރު ވެފައިވުމާއި، އިތުރު ވަޒީފާއެއް އަދާކުރާނެ ވަގުތު ނުވާތީ ލިބެންޖެހޭ އެލަވަންސް ނުލިބުމާއި، ތަޢުލީމީ ދާއިރާގެ އެހެން މުވައްޒަފުންނަށް ސެޓްފިކެޓް އެލަވަންސް ނުވަތަ ތަޢުލީމީ ފެންވަރަށް ބަލައި ދެވޭ އެލަވަންސް ލިބުނު ނަމަވެސް، އިދާރީ މުވައްޒަފުންނަށް އެ އެލަވަންސް ނުލިބުމާއި، ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް އާއި ލިވިންގް އެލަވަންސް ނުލިބުން ވެސް އިހުތިޖާޖުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އެކި މުއައްސަސާތަކުގައި އިދާރީ މުވައްޒަފުންގެ އެލަވަންސްތަކުގައި ތަފާތު ހުންނަ މައްސަލަ ވެސް އިދާރީ މުވައްޒަފުން ދަނީ ފާހަގަ ކުރަމުންނެވެ.

އިހުތިޖާޖުގައި ބައިވެރިވާ ބައެއް އިދާރީ މުވައްޒަފުން ބުނީ، މި އިހުތިޖާޖަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ އިދާރީ މުވައްޒަފުން ކުރާ މަސައްކަތާ އަޅާ ބަލާއިރު، ލިބޭ މުސާރައިގައި މައްސަލަތަކެއް ހުރުމުން ކަމާ ބެހޭ ފަރާތްކުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ކުރާ އިހުތިޖާޖެއް ކަމަށެވެ.

އިހުތިޖާޖު ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ އިދާރީ މުވައްޒަފުން މަސައްކަތަށް ނުކުމެފައި ވަނީ ކަޅު ހެދުމުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ޖުލައި 2019

ސްކޫލް ކުދިންގެ އަޑު މެމްބަރުން އަހާކަން އެގިއްޖެ: ސްކޫލްތަކުގެ ދަރިވަރުން

01 ޖުލައި 2019
ސްކޫލް ކުދިންގެ އަޑު މެމްބަރުން އަހާކަން އެގިއްޖެ: ސްކޫލްތަކުގެ ދަރިވަރުން
09 ޖޫން 2019

ގިިނަ ސްޓާފުން ތަކެއް އެއްފަހަރާ ވަޒީފާއިން ވަތްކެއް ނުވޭ: މޯލްޑިވިއަން

09 ޖޫން 2019
ގިިނަ ސްޓާފުން ތަކެއް އެއްފަހަރާ ވަޒީފާއިން ވަތްކެއް ނުވޭ: މޯލްޑިވިއަން
14 އެޕްރީލު 2019

މާލޭ ސްކޫލްތަކުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކޮށްފި

14 އެޕްރީލު 2019
މާލޭ ސްކޫލްތަކުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކޮށްފި
17 ފެބުރުއަރީ 2019

ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް ނިންމާލައިފި

17 ފެބުރުއަރީ 2019
ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް ނިންމާލައިފި
03 ފެބުރުއަރީ 2019

ސްކޫލްތަކުގެ ކިޔެވުމާއި ނަތީޖާ ރަނގަޅު ކުރުމަށް ހިންގާ ޕްރޮގްރާމް ފަށައިފި

03 ފެބުރުއަރީ 2019
ސްކޫލްތަކުގެ ކިޔެވުމާއި ނަތީޖާ ރަނގަޅު ކުރުމަށް ހިންގާ ޕްރޮގްރާމް ފަށައިފި
09 ޖެނުއަރީ 2019

މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުން ފަސްކޮށްފި

09 ޖެނުއަރީ 2019
މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުން ފަސްކޮށްފި
22 އޮކްޓޯބަރު 2018

ފެނަކައިގެ އެޑްމިން ސްޓާފުންނަން ހަވީރު 5 ގެ ފަހުން އޮފީހަކަށް ނުވަދެވޭ!

22 އޮކްޓޯބަރު 2018
ފެނަކައިގެ އެޑްމިން ސްޓާފުންނަން ހަވީރު 5 ގެ ފަހުން އޮފީހަކަށް ނުވަދެވޭ!
18 ޖޫން 2018

ސްކޫލްތަކުގެ ދެވަނަ ސެމިސްޓާ ކިޔެވުން ފަށައިފި

18 ޖޫން 2018
ސްކޫލްތަކުގެ ދެވަނަ ސެމިސްޓާ ކިޔެވުން ފަށައިފި
26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް