Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ފެނަކައިގެ އެޑްމިން ސްޓާފުންނަން ހަވީރު 5 ގެ ފަހުން އޮފީހަކަށް ނުވަދެވޭ!

ފެނަކައިގެ އެޑްމިން ސްޓާފުން ހަވީރު 16:45 ގެ ކުރިން ސައިން އައުޓްވުމަށް ވަނީ އަންގާފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 22 އޮކްޓޯބަރު 2018 | ހޯމަ 02:48
ފެނަކަ ކޯޕަޜޭޝަންގެ ބައްދަލުވުމެއް ކުރިއަށް ދަނީ

ފެނަކަ ކޯޕަޜޭޝަންގެ ބައްދަލުވުމެއް ކުރިއަށް ދަނީ

ފެނަކަ ކޯރޕަރޭޝަން އެޑްމިނިސްޓްރޭޝަންގެ މުވައްޒިފުންނަން ހަވީރު ފަހެއްގެ ފަހުން އޮފީހަށް ނުވަދެވޭނެ ކަމަށް އެކުންފުނިން އަންގައިފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާ އެކު ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ މި ދަނޑިވަޅުގައި ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ހަވީރު 5 ގެ ފަހުން ނުވަދެވޭނެ ކަމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. ސަރުކާރުގެ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަން މަސައްކަތްކުރާ މި ދަނޑިވަޅުގައި ފެނެކައިން މިފަދައިން ނިންމުމުން އެކުންފުނީގެ ގިނަ މުވައްޒިފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބުރާސްފަތި ދުވަހު ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ ޔުސްރާ އަބްދުﷲ ސޮއިކުރައްވާ އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 17:00 ގައި އޮފީސް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ހަވީރު 16:45 ގެ ކުރިން ސައިން އައުޓް ކުރެއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ހަވީރު 17:00 ގެ ފަހުން މަސައްކަތްކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ދުރާލައި އެ ޑިޕާޓްމެންޓްއަށް އަންގަވައިގެން، ޑިޕާޓްމެންޓްގެ ހެޑްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް އަންގާފައިވެއެވެ.

ފެނަކައިން މިގޮތަށް ނިންމާފައި ވަނީ ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ލިޔެކިޔުންތަކަކީ ރައްކާތެރިކޮށް، ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށާއި ލިޔެކިޔުންތައް ނައްތާލުމަކީ ގާނޫނީ ބޮޑު ކުށަކަށްވާތީ، އެކަމުން ސަލާމަތްވެ ތިއްބެވުމަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުންނަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދުދީދީ ގޮވާލާފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

މީރާއިން ބާއްވާ "ތިކުދިންގެ ހަވީރު" މިއަދު ހުޅުމާލޭގައި

18 އޯގަސްޓު 2017
މީރާއިން ބާއްވާ "ތިކުދިންގެ ހަވީރު" މިއަދު ހުޅުމާލޭގައި
22 ޖުލައި 2017

އިދިކޮޅު ކޯލިޝަނުން ހަވީރު ސައިފޮދެއް ބާއްވައިފި، ފުލުހުންނަށް ނުުހުއްޓުވުނު

22 ޖުލައި 2017
އިދިކޮޅު ކޯލިޝަނުން ހަވީރު ސައިފޮދެއް ބާއްވައިފި، ފުލުހުންނަށް ނުުހުއްޓުވުނު
19 މެއި 2017

ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި

19 މެއި 2017
ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި
12 މެއި 2017

ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި

12 މެއި 2017
ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި
06 މެއި 2017

ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި

06 މެއި 2017
ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި
26 މާރިޗު 2017

ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

26 މާރިޗު 2017
ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
10 މާރިޗު 2017

ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު

10 މާރިޗު 2017
ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް