Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަައާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: ފެހި ދޫލަ

1 މާރިޗު 2018 | ބުރާސްފަތި 04:08

ޙަރަކާތެއް ކޮށްލެވޭތޯ ބަލައިލުމުން އެނގިގެން ދިޔައީ އަދިވެސް އޭނާ އޮތީ ބަނދެފައި ކަމެވެ.

| 1 މާރިޗު 2018 | ބުރާސްފަތި 04:08
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ފެބްރުއަރީ 10، 2018 ވަނަ ދުވަހުގެ އަދަދާ ގުޅޭ

ގޮތް ނޭނގޭ ތަނެއް

ލޯ ހުލުވައިލުމުގެ ކުރިން ޝިފާ ދެތިން ފަހަރަކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލިއެވެ. ދިއްލާފައިހުރި އަލިގަދަ ލައިޓްގެ ސަބަބުން ކުރިމަތީގައި ހުރި ހުރިހައި އެއްޗެއްވެސް ފެންނަނީ ފުސްކޮށެވެ. އިރުކޮޅެއް ވަންދެން އަވަސް އަވަހަށް އެސްފިޔަ ޖަހަމުން، ލޯ އުނގުޅަމުން ގޮސް އެއްމެ ފަހުން އެއްޗެއް ސާފުވާވަރު ވެއްޖެއެވެ. ވަށައިގެން ހުރި ހުރިހައި އެއްޗެއްވެސް ސާފުކޮށް ފެންނަން ފެށިއެވެ. ޝިފާ އަށް އެއްމެ ފުރަތަމަވެސް ފެނުނީ އޭނާގެ އަމިއްލަ ސޫރައެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނާގެ ސޫރަ ފެނުމުން ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. އޭނާއަށް އޮވެވުނީ ވީރާނާ ވެފައިވާ ކޮޓަރިއެއްގައި ކަން އެނގުނެވެ. މުޅި ކޮޓަރި ތެރެއިން ކޮންމެވެސް އެއްޗެއްގެ ކުނިވަސް ދުވަމުން ދިޔައެވެ.

ޙަރަކާތެއް ކޮށްލެވޭތޯ ބަލައިލުމުން އެނގިގެން ދިޔައީ އަދިވެސް އޭނާ އޮތީ ބަނދެފައި ކަމެވެ. ދެ އަތާއި ދެ ފައިވެސް ވަނީ ބަނދެފަ އެވެ. އަދިވެސް އޭނާއަށް އޮވެވުނީ ކުރިންވެސް އޮތްތަނުގައި ކަން އެނގުނެވެ. އެއީ ކޮންތަނެއްކަން ނޭނގުނަސް، ކޮންމެވެސް ވަރަކަށް ދަންނަ ތަނެއް ކަމަށް ޝިފާ ގެ ހިތް ބުނަމުން ދިޔަ އެވެ.

އެތަނަށް އޭނާ ވެއްދި އިރު ކަރަންޓް ނެތްކަން ހަނދާންވުން ފިޔަވައި މާކަ ގިނަ އެއްޗެއް އޭނާ ހަނދާނެއް ނެތެވެ. ކުޑަ ދޮރަކުން އެ ކޮޓަރި ތެރެއަށް އަލިވެފައި އޮތްކަން ފާހަގަކުރެވުނެވެ. ދުވަމުން ދިޔަ ވަސް ހައްތަހާ ދިޔައީ ގަދަވަމުން ނެވެ.

ޝިފާ ގެ މުޅި ގައިގައި ރިއްސަމުން ދިޔަ ކަން އިޙްސާސް ކުރެވެން ފެށީ އިރުކޮޅެއް ފަހުންނެވެ.

'ފުރުޞަތެއް ލިބުނަސް މިވަރަށް ގަޔަށް ތަދުވާއިރު ދުވެ ފިލޭނެ ގޮތެއްވެސް ނޯންނާނެ!' ޝިފާ ގެ ހިތަށް އަރަމުން ދިޔައެވެ.

'މިޔޮށް ދުވާ ކުނިވަހަކުން އަހަރެން މަރުނުވެ އެބަދޭބާ! ހާދަ ވަރުގަދަ ކުނިވަހެކޭ މި ދުވަނީ.' ޝިފާ އަށް ހިތާއި ހިތާ ކިޔައިލެވުނެވެ.

ކައިރީގައި ހުރި ލޯގަނޑުން އޭނާގެ ސޫރަ ބަލަން ކިތައްމެ ހިތް ނުއެދުނަސް ޝިފާ އަށް އެހެން ގޮތެއް ނެތެވެ. ވަގުތު ތައް ކަޑައްތު ކޮށްލަން ކުރެވޭނެ އިތުރު އެހެން ކަމެއްވެސް ނެތީމައެވެ. ލޯގަނޑުން މޫނު ބަލަން އޮވެފައި ބަލައިލެވުނު ގޮތަކުން ކޮޓަރީގެ އެއްފަރާތެއްގައި ބާއްވާފައި އޮތް ފެހި ކުލައިގެ ދޫލައެއް ފެނުނެވެ. އެ ދޫލަ އޮތީ އޮޅާލާފައެވެ.

ވަރަށް މަސައްކަތުން އަރިއަކަށް އޮވެ ފުރޮޅެމުން ގޮސް ކާޕެޓާއި ހަމައަށް ފައި ފޯރާ ހިސާބަށް ދިޔައެވެ. ފައިގެ އިނގިލިތަކުން ކޮންމެވެސް ވަރަކަށް އެ ކާޕެޓް ނިއުޅުވައިލި އެވެ.

'އެ ވަސް އަންނަނީ މި އެއްޗަކުން.' ދަތްކުނޑި ވިކާލަމުން ޝިފާ ގެ އަމިއްލަ ނަފުސަށް ބުންޏެވެ.

އިތުރަށް އެ ދޫލަ ނިއުޅުވުމަށް ފައިން ކޮއްޓަން ފެށިއެވެ. ކޮންމެވެސް އެއްޗެއް އެ ދޫލަ ތެރެއިން ބޭރަށް ވެއްޓިއްޖެ އެވެ.

"ޔާރައްބީ!!." ދޫލަ ތެރެއިން ވެއްޓުނީ އިންސާނެއްގެ އަތެއް ކަން އެނގުމުން ދޫލަ އާއި ދުރަށް ޖެހިލެވުނެވެ. ކުރިން އޮތް ތަނަށް ގޮސް ހަމަޖެހިލެވޭތޯ ބެލިއެވެ.

ބިރުން ފިތްކަނޑައިގެން ގޮސް ޝިފާ ގެ ހަށިގަނޑު ތެޅެން ފެށިއެވެ.

"މީ ކޮން ތަނެއް؟؟ ޕްލީޒް އަހަރެން ދޫކޮށްލަދީ .... އަޅެ ޕްލީޒް!!" ކަރު އޮތް މިނަށް ޝިފާ ހަޅޭއް ލަވަން ފެށިއެވެ.

ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. ބިރުވެރި ފިލްމު ތަކުން ދޮރު ހުޅުވޭ އިރު އެ އިވޭ ތޫލި އަޑުފަށްގަނޑާއި އެކުގައެވެ. ކޮންމެވެސް މީހަކު އެތަނަށް ވަދެ ޝިފާ އަށް ބަލަން ހުއްޓެވެ. ގަތްފައިވާ ބިރެއްގެ ސަބަބުން އެއީ ކާކުތޯ ބަލައިލުމުގެ ހިތްވަރެއްވެސް ޝިފާ ގެ ގަޔަކު ނެތެވެ.

ކޮޓަރީގެ އެއް ފަރާތުގައި އޮތް ކާޕެޓާއި ދިމާއަށް އެ މީހާ ހިނގައިގަތެވެ. ފާރާއި ކައިރިއަށް އެ ކާޕެޓް ޖައްސައިލީ އެ މީހަގެ ފައިން ނެވެ. ފާރުކައިރިއަށް ޖައްސާލުމަށްފަހު ފައިން އެ ކާޕެޓް ނިއުޅުވައިލިއެވެ. ކާޕެޓް ތެރޭގައި އޮތީ އިންސާނެއްގެ މުޅަވެފައިވަ ހަށިގަނޑެކެވެ.

ކިތައްމެ ނުބަލާނަމޭ ހީކޮށްގެން އޮތަސް ޝިފާ އަށް ހަމަ ރަނގަޅަށްވެސް އެ ހަށިގަނޑު ފެނިއްޖެއެވެ. އެވަގުތު ޝިފާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނޭވާ އަވަސްވެ ތެޅިގަނެވުނެވެ. ދެންމެ ފެނުނު މަންޒަރު ސިކުނޑިތެރޭގައި އެނބުރެމުން ދިޔައެވެ. އެއީ ޒުވާން އަންހެން ކުއްޖެއްގެ މުޅަ ހަށިގަނޑެކެވެ. ބަލާބެލުމަށް 18 ނުވަތަ 20 އަހަރަށް ދާ ވަރުގެ ކުއްޖެކެވެ. އޭނާގެ ކަޅު އިސްތަށިގަނޑު އޮތީ ލެއިން ތަތްތެޅިފަ އެވެ. ދެލޯ ވަނީ ތަންމިނަށް ހުޅުވިފައެވެ.

ކާޕެޓްގެ ތެރެއިން އެ ކުއްޖާގެ ހަށިގަނޑު އެމީހާ ނެގީ މާ ބޮޑުކަމަކަށް ނަހަދަ އެވެ. ކާޕެޓުން އެއްކޮށް ނެގި ވަގުތު އެކުއްޖާގެ ބޯ އޮތީ ޝިފާ އާއި ދިމާއަށް އެނބުރިފަ އެވެ. ތަންމިނަށް ހުޅުވިފައިވާ ދެ ލޯ އަމާޒުވެފައި އޮތީ ހަމަ ސީދާ ޝިފާ އަށެވެ.

ކާކުކަން އެނގޭ ވަރަށް ސިފަ ވަކިކުރަން ނޭނގޭ އެ މީހާގެ ދެ އަތުން، މުޅަވެފައިވާ ކުއްޖާގެ ހަށިގަނޑު ނަގައިގެން ޝިފާ އާއި ދުރަށް ހިނގައިގަތެވެ. ތަޅުންގަނޑު މަތީގައި ޝިފާ ގެ ބޯ ޖަހައިލިއެވެ. ދެންމެ ފެނިގެން ދިޔަ މަންޒަރު ހަނދާން ނައްތައިލުމަށް މަސައްކަތް ކުރަން ފެށިއެވެ.

އެމީހާގެ ފިޔަވަޅުތަކުގެ އަޑު ޝިފާ އާއި ދުރަށް ދާން ފެށުމުން ބޯ އުފުލައި ބަލައިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުފަތް ލައްޕައިލި އަޑު އިވުނެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް ޝިފާ ގެ ކުރިމަތިން ސިފަވެގެން ދިޔައީ މުޅަވެފައިވާ އެ ކުއްޖާގެ މޫނެވެ.

އެ ކުއްޖާގެ މޫނަކީ ކޮންމެވެސް ގޮތަކުން ޝިފާ ދަންނަ މޫނެކެވެ. އެއީ ކޮންމެވެސް ތަނަކުން، ކޮންމެވެސް އިރެއްގައި ފެނިފައިވާ މޫނެކޭ ޝިފާ ގެ ހިތަށް އަރަމުން ދިޔައެވެ.

ޝިފާ ލޯ މަރައިލިއެވެ. އެއީ ކޮން ކުއްޖެއްކަން ހަނދާން ވޭތޯ މަސައްކަތް ފެށިއެވެ. ވިސްނަން ފެށިއެވެ.

'އެއީ މަލީޝާ!!' ކުއްލިއަކަށް ޝިފާ ގެ ހަނދާނަށް އެ މޫނަކީ ކާކުގެ މޫނެއްކަން އައެވެ. އެވަގުތު ޝިފާ ގަތްފައިވާ ބިރު އިންތިހާއަށް ދިޔައެވެ.

"މަށަށް ހަމަ ޔަޤީން އެ ކުއްޖާގެ މޫނާއި މަލީޝާ ގެ މޫނާ ހަމަ އެއްވެސް ތަފާތެއް ނެތްކަން. އެހެންވީމާ އެއީ މަލީ..... ޔާ ރައްބީ. ނޫން، ނޫން..... އެއީ މަލީޝާ ގެ ކޮއްކޮ ގެ ހަށިގަނޑު!!؟؟؟!!" ޝިފާ އަށް ހަޅޭއް ލަވައިގަނެވުނެވެ.

ނުނިމޭ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް
30 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި
20 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން
10 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް
29 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން
16 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް

16 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް
09 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން

09 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން
04 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން

04 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން
26 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މިތުރުން

26 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މިތުރުން
03 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ

03 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް