Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް މެމްބަރުން

މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

26 ފެބުރުއަރީ 2018 | ހޯމަ 13:53

އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ބަންޑާރަނައިބު އެދިގެން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 26 ފެބުރުއަރީ 2018 | ހޯމަ 13:53
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: މާދަމާ ބާއްވަން އޮތް އަޑުއެހުން ވަނީ ކެންސަލްކޮށްފައި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: މާދަމާ ބާއްވަން އޮތް އަޑުއެހުން ވަނީ ކެންސަލްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމާއި އިންތިހާބުވި ޕާޓީ ބަދަލުކުރިއަސް މެމްބަރުކަން ނުގެއްލޭނެ ކަމަށް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ނިންމުން ބާތިލް ކުރުމަށް ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެ މައްސަލަ ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހުގެ 11.00 ގައި ބާއްވާ ގޮތަކަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުން ކެންސަލްކުރީ މައްސަލަ ހުށަހެޅި ބަންޑާރަ ނައިބުގެ އޮފީހުން އެދިގެންނެވެ.

Advertisement - newsAdvertisement

ބަންޑާރަނައިބު ހުށަހަޅުއްވާއި ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ނިންމުމުގެ ތިން ބައެއް ބާތިލްކޮށްދިނުމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައި އޮތީ ފްލޯކްރޮސް ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލް ކޮށްފައިވާތީ އެ އަމުރު އަލުން ނެރުމަށެވެ. އަދި 12 މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވަނިކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ހުރިހާ މެމްބަރުން ހިމަނައިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނެރުނު އަމުރު ބާތިލް ކަމަށް ކަނޑައަޅަން ވެސް ބަންޑާރަނައިބު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް އައްޔަން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ހުށަހެޅުއްވައި ބަންޑަރާނައިބު ވިދާޅުވެފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ އެ ބައިތައް އުނިކުރަން ހުށަހަޅުއްވީ އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ގާނޫނު އަސާސީގެ ހަ ވަނަ ބާބުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ބައިތަކެއް ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ (ނ) ދަށުން ގާނޫނީ ވެރިކަން ހިމާޔަތްކޮށް ނަގަހައްޓައި، ހިމާޔަތްކޮށް، ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތަށާއި ރައްޔިތުންގެ މަންފާ އާއި އާންމު މައްސޫލިއްޔަތު ދިފާއު ކުރުމަށް ބަންޑާރަނައިބުގެ މައްސޫލިއްޔަތެއް ކަމުގައި ވާތީ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

މައްސަލަ ތާވަލުކޮށްފައިވާ އިރު ރާއްޖޭގައި ކުއްލި ހާލަތުގެ ނުރައްކާ އިއުލާނުކޮށް ސުޕްރީމް ކޯޓުގެ ފުރާޅުން އެ ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން 1 ނޮވެމްބަރުގެ އަމުރުގައި ސޮއިކުރައްވާފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ވަނީ އެ ހުކުމުގެ ބައެއް ބައިތައް އެހެން އަމުރުތަކެއް ނެރެ ބާތިލްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް