Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

މަޖިލީހުގެ ނިންމުންތަކަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި

މަޖިލީހުގެ ނިންމުންތަކަށް އަމަލު ކުރަމުން ގެންދިޔުމަށް ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2018 | ބުދަ 13:43
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި، އެ ޤަރާރަށް އިސްލާޙު ގެނެސް، އޭގެ ފަހުން އިޢުލާނުކުރި އިސްލާޙުތައް ފާސްކުރަން އަންގާރަ ދުވަހު މަޖިލީހުގައި ނެގި ވޯޓާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމެންދެން މަޖިލީހުން ނިންމި ނިންމުންތަކަށް އަމަލު ކުރަމުން ގެންދިޔުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ބުދަ ދުވަހުގެ އިރުއޮއްސުނު އިރު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ރައްޔިތުން މަޖިލީހުގެ ޤަވާއިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ، އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭ ވަގުތެއްގައިކަމަށް ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މާއްދާގައިވާ އިބާރާތްބޭނުންކޮށް، އެ ހާލަތުގައި ވޯޓަށް އަހަންޖެހޭ ކަންކަން ބަޔާން ކުރިއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރާ ޤަރާރު އެ މާއްދާގައި ހިމެނިފައިނުވާ ކަމަށެވެ. އަދި އެކަމަށްވެސް ރިޢާޔަތްކޮށް، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކޮށްފައިވާ ޤަރާރާއި (އެ ޤަރާރުގެ އިސްލާހުގައި ހިމެނޭ ގޮތުން) އެ ޤަރާރުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން، ރައްޔިތުން މަޖިލީހުން ގޮތެއް ނިންމާއިރު، އެ މަޖިލީހުގެ ޤާނޫނީ އަދަދަކީ މި ހާލަތުގައި ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދުކަމަށް، އެ މަޖިލީހަށް ފެންނަކަމަށެވެ.

Advertisement - newsAdvertisement

ޙުކުމުގައި ވަނީ މަޖިލީހަށް އެހެން އެކަން ފެނުމުން، އެކަން އެގޮތަށް އެ މަޖިލީހުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭގޮތުން އެ މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދަވާ ކަމަށެވެ.

އެހެންކަމުން ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުން މަޖިލީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެން، ރައްޔިތުން މަޖިލީހުން އެ މައްސަލާގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށާއި، މި ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުޢީ އުސޫލުތަކުގެ މައްޗަށާއި އެ މައްސަލައިގެ ބާވަތައް ބަލައި ވިސްނުމަށްފަހު، ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުން ރައްޔިތުން މަޖިލީހަށް ދޭންޖެހޭ ލަފާ އެ މަޖިލީހަށް ފޮނުވަންދެން، ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 3/2018 ޤަރާރު (އެ ޤަރާރު އިސްލާހުކުރުމަށް އިއުލާނުކޮށްފައިވާ 2 ޤަރާރު ހިމެނޭގޮތުން) ގައި ހިމެނިފައިވާ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާއާއި 101 ވަނަ މާއްދާއާއި 113 ވަނަ މާއްދާއާއި 228 ވަނަ މާއްދާ އުނިކޮށް، އެ ޤަރާރުގެ މުއްދަތުގެ އިތުރަށް، 30 ދުވަހުގެ މުއްދަތު އިތުރުކުރުމަށް 20 ފެބްރުއަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ހާއްސަ ޖަލްސާގައި ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ނިންމުންތަކަށް އަމަލުކުރަމުން ގެންދިއުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި 144 ވަނަ މާއްދާގެ (ށ) އާއި (145) ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކޮށް، ރައްޔިތުން މަޖިލީހާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކުރާ ކަމަށްވެސް މި ވަގުތީ އަމުރުގައިވެއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ، ޤާނޫނީ ގޮތުން ސުވާލު އުފެދޭ ޖަލްސާއެއްގައި، ޤާނޫނީ ގޮތުން ސުވާލު އުފެދޭ އަދަދަކަށް މެންބަރުން ތިއްބަވައިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފާސްކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން ސަރުކާރުން އަދިވެސް ރައްޔިތުންގެ އަސާސީ ގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވާއިރު، ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ މިހާރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތްކަމަށާއި، އެ ހާލަތު އިޢުލާނުކުރި ޤަރާރު ބާތިލް ވެފައިވާ ކަމަށް ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު