Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ސައިޒަކީ 38، މެޖޯރިޓީ ނެތްކަން ވަރަށް ސާފު!

ޕީޕީއެމް މަޖިލިސް ފަށާފައިވަނީ ސުޕަރ މެޖޯރިޓީއާއެކު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2018 | ބުދަ 11:43
މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމާމެދު ސުވާލު އުފެދިފައިވާ ނިހާން އަދި މަޖިލީހުގެ ރައީސްގެ މަަގާމާއި މެދު ސުވާލު އުފެދިފައިވާ މަސީހު

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމާމެދު ސުވާލު އުފެދިފައިވާ ނިހާން އަދި މަޖިލީހުގެ ރައީސްގެ މަަގާމާއި މެދު ސުވާލު އުފެދިފައިވާ މަސީހު

ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިންނެވެ. މިކަން މިގޮތަށް ދެމިއޮތުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރަނީ ދިވެހި ދައުލަތް އޭގެ މައްޗަށް އެކުލެވިގެންވާ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ކަމީ އަޅުގަނޑުމެން އެންމެން ވެސް ވަރަށް ސާފުކޮށް ދަންނަ ކަމެކެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ދިވެހިންގެ އަޑު އިއްވައިދިނުމަށް މަޖިލީހުގެ މާލަމަށް ވަންނަ ބަޔެކެވެ. އެ މެމްބަރުންގެ އެންމެ މައިގަނޑު ޒިންމާއަކީ ރައްޔިތުންގެ ބާރު ތަންފީޒުކޮށްދިނުމެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން ކާމިޔާބުކުރެއްވީ ކޯލިޝަނެއްގެ އެހީތެރިކަމާއެކުއެވެ. ޖެހިގެން އައިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް މި ކޯލިޝަނުން ނުކުތީ ބަދަހިކަމާއި ސާބިތުކަމާއެކުއެވެ. މަޖިލީހުގައި ހިމެނޭ 85 އިންތިހާބީ ދާއިރާގެ ތެރެއިން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އެންމެ 26 ގޮނޑިއެވެ. މި ފުޅާ ކޯލިޝަނުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނެގުމާއެކު ގައުމުގެ ކަންކަން ހަމަ މަގަށް އެޅިގެންދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރަށް ލިބިގެންދިޔައެވެ.

މަޖިލީހުގެ ތާރީހުގައި 2017 ވަނަ އަހަރު ވެގެންދިޔައީ ވަރަށް "ހެޕެނިން" އަހަރެއްގެ ގޮތުގައެވެ. ސަރުކާރުން 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލީ ޕާޓީ ބަދަލުކުރުމުންނެވެ. ޕީޕީއެމްއަށް ކެހި ދިނީ ކަމަށް ބުނެ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެހެން ނަމަވެސް އެ 12 މެމްބަރުންގެ ވެސް ގޮނޑި ގެއްލުނީ ގައުމުގެ ހައްގުގައި އެ ބޭފުޅުން އެޅުއްވި ފިޔަވަޅެގެ ސަބަބުންކަން ވަރަށް ސާފެވެ.

މި މެމްބަރުންގެ ގޮނޑި ގެއްލުވަލީ ސަރުކާރުގެ ފުރިހަމަ ނުފޫޒާއެކު އިލެކްޝަންސް ކޮމިޝަނުންނެވެ. ސުޕްރީމް ކޯޓަކުންނެއް ނޫނެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު މި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅިގެންދިޔައެވެ. އެޔަށްފަހު ފެނިގެންދިޔައީ މި އަމުރު ތަންފީޒު ނުކުރުމުގެ ގޮތުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމީން އިއުލާނުކުރެވި މަންޒަރެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާ ފެށުމަށް ގާނޫނުން ލާޒިމް ކުރާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް 48 ގަޑިއިރުގެ ތެރޭ ހުށަހެޅުމަކީ ގާނޫނުން ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. ދައުރު ފެށިފައިނުވާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރެވުނުއިރު ދެން އަޑުއިވިގެންދިޔައީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުރިން ފަސް ފަނޑިޔާރުންގެ ސޮޔާއެކު ނެރެފައިވާ އަމުރަށް އަމަލުކުރުން ފަސް ކުރުމަށް އަމުރެއް ނެރުނު މަންޒަރެވެ. މި އަމުރާއެކު އަނެއްކާ ވެސް މަޖިލީހުގެ މެމްބަރުންގެ ގޮނޑިޔާމެދު ސަރުކާރުން ސުވާލު އުފައްދަން ފެށިއެވެ.

ދައުރުން ބޭރުގައި ބޭއްވުނު ޖަލްސާއަށް އެއްކަލަ 12 މެމްބަރުންނަށް ވަނުމުގެ ފުރުސަތު ސަރުކާރުގެ އެޖެންޑާ ފުރިހަމަކުރުމަށް މަސައްކަތްކުރާ ސަލާމަތީ ހިދުމަތްތަކުން ފުރުސަތު ދީފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މެމްބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ވަނުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި އެބައިމީހުން އެތަން ބޭނުން ކުރަމުންދަނީ ސިފައިންގެ މަރުކަޒެއްގެ ގޮތުގައެވެ. ކޮންމެއަކަސް ޖަލްސާ ބާއްވައި ވޯޓަށް އަހައިފިއެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި ވާގޮތުގެ މަތީން ރައްޔިތުން އެކަމެއްގެ މައްޗަށް އަމަލުކުރަން ޖެހޭ ކަމެއް ނަމަ މަޖިލީހުން އެކަމެއް ފާސްކުރަން މަޖިލީހުގެ ޖުމްލަ އަދަދުގެ ދެބައިކުޅަ އެއްބައި މެމްބަރުން ވޯޓުގައި ބައިވެރިވާންޖެހެއެވެ. މިވަގުތު މަޖިލީހުގެ ޖުމްލަ އަދަދަކީ 85 ކަށްވާއިރު އެކަން ފާސްކުރަން 43 މެމްބަރުން ވޯޓު ދެއްވަން ޖެހެއެވެ. ވޯޓަށް އެހުމުގެ ކުރިން ވެސް ޕީޕީއެމްއިން ބުނަމުންދިޔައީ ގާނޫނީ ގޮތުން ހަމަވާންޖެހޭ އަދަދު ހަމަނުވި ކަމުގައި ވިޔަސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ދެމިއޮންނާނެ ކަމަށެވެ. އުފެދުމުގައި ވެސް ބާތިލު ކުއްލި ނުރައްކަލުގެ ހާލަތު ފާސްކުރުމަށް ވޯޓު ދެއްވީ 38 މެމްބަރުންނެވެ. ބާތިލު އެއްޗެއް ދެމެހެއްޓުމަށް ކަނޑައެޅިގެން ދިޔައީ ވެސް ބާތިލުކޮށެވެ.

މިފަދަ އެތައް ކަމަކުން ޕީޕީއެމްގެ ސައިޒު މިދަނީ ފެންނަމުންނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް 45 މެމްބަރުން ސޮއިކުރައްވާ ހުށަހެޅުއްވި ގަރާރު ވެސް ބޭރުކޮށްލީ ގާނޫނާ ހިލާފަށެވެ. ގަދަ ބާރުންނެވެ. އެ ނޫން ގޮތަކަށް ކަންކުރައްވަން އެނގިވަޑައި ނުގަންނަވަނީއެވެ. މަސީހަކީ މިވަގުތު މަޖިލީހުގެ ރައީސްގެ ގޮތުގައި ގާނޫނީ ގޮތުން ބެލެވޭނެ އެއްވެސް ސަބަބެއް ނެތެވެ. އެބޭފުޅާ އިސްތިއުފާ ދެއްވި ކަމަށް ހަބަރު ފެތުރުނުއިރު ޕްރެސް ކޮންފަރެންސްތަކަށް އަރުއްވާ ހިތުހުރި އެއްޗެއް ގޮވައި އެންމެ ފަހުން މަސީހަށް ގުޅުއްވާ އެމަނިކުފާނު އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވުމަށް މަޖުބޫރު ކުރުމާ ހިސާބަށް ބައެއް ބޭފުޅުންގެ ކަންކަން ދިޔައީއެވެ. އަތުން ބާރު ބީވެގެންދާއިރު ޅައެއްޗެހި ވެސް އެޅޭނެއެވެ.

ގާބޫލުކުރަން ޖެހޭ ހަގީގަތަކީ މިއަދު ސަރުކާރަށް ވާގިދޭން މަޖިލީހުގައި މިއަދު ތިއްބެވީ ކޯލިޝަން ޕާޓްނަރު އެމްޑީއޭ ހިމެނޭ ގޮތަށް 41 މެމްބަރުން ކަމެވެ. މިއަދު އެއީ މައިނޯރިޓީ ކަމެވެ. އެކަން ހަޖަމް ނުވެގެން ބާރުގެ ބޭނުން މިވަގުތު އަތުގައި އޮތުމާއެކު 12 މެމްބަރަކަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދީ އިތުރު ހަތަރު މެމްބަރުން ޖަލުގައި ބޭއްވި ނަމަވެސް 44 އަށްވުރެ 41 ބޮޑުވާނެ އެއްވެސް ގޮތެއް ނެތެވެ. ހިސާބަކީ ދޮގުވާނެ އެއްޗެއް ނޫނެވެ. މަކަރާއި ހީލަތުގައި އަރާ ތިއްބެވި ނަމަވެސް ގްރޭޑް ތިނެއްގައި އުޅޭ ކުއްޖަކަށް ވެސް މި ދެ އަދަދުގައި ހުރި ތަފާތު ވަރަށް ރަނގަޅަށް ސާފުވާނެއެވެ.

ޕޯޑިއަމްތަކަށް އަރުއްވާ އަދިވެސް މެޖޯރިޓީ އޮތީ ޕީޕީއެމް އަތުގައި ކަމަށް ބުނުއްވި ނަމަވެސް ހަގީގަތަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ޕީޕީއެމްއަކީ މައިނޯރިޓީ ކަމެވެ. ނިހާން އަކީ މައިނޯރިޓީ ލީޑަރު ކަމެވެ. ބައިގަޑިން ބައިގަޑިން ޕްރެސް ކޮންފަރެންސް ދެއްވައި ހަގީގަތް އޮޅުއްވާލައްވަން މަސައްކަތްކުރެއްވި ނަމަވެސް ޕީޕީއެމްގެ ބާރެއް މަޖިލީހުގެ ތެރޭގައި ގާނޫނީ ގޮތުން މިއަދަކު ނެތެވެ. ސަރުކާރު ވުޖޫދަށް އައުމަށްފަހު ވެސް ތަކުރާރުކޮށް ގާނޫނު އަސާސީ މުގާރާލެއްވި ބަޔަކަށް އެ ގާނޫނު އަސާސީގައި އަނެއްކާ ވެސް ކޮޅުފައިން ޖެހުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. މަހިލީހުގެ ޗެމްބަރުގެ ތެރޭގައި ޕީޕީއެމްގެ ސައިޒަކީ 39 ކެވެ. މެޖޯރިޓީ އަތުން ބީވެގެން ގޮސްފިކަން ވަރަށް ސާފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު