Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާކަށް 43 މެމްބަރުން ބޭނުމެއް ނުވޭ: މަސީހު

20 ފެބުރުއަރީ 2018 | އަންގާރަ 13:56

މަސީހު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއާ ހަވާލާދެއްވައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ފެބުރުއަރީ 2018 | އަންގާރަ 13:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާކަށް 43 މެމްބަރުން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަސީހު ވިދާޅުވީ ރައްޔިތުންގެ މައްޗަށް އަަމަލު ކުރަން ޖެހޭ އެއްޗެއް ފާސް ކުރެވޭނީ ދެބައިކުޅަ އެއްބައި މެންބަރުން ތިބި ޖަލްސާއަކުން ކަމަށް އޮތް ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ކުއްލި ހާލަތުގެ ވާހަކަ ބަޔާން ކޮށްފައި ނުވާ ކަމަށެވެ. މަސީހު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއާއި ހަވާލާދެއްވައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާ (ރައްޔިތުން އެމައްޗަށް އަމަލު ކުރަންޖެހޭ ކަންކަން)ގައި ވަނީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް ޤާނޫނުއަސާސީގެ87 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވާހިނދު، "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއްކަމަށް" ރައްޔިތުންގެ މަޖިލީހުގެ މި ގަވާއިދުގެ މަޤްޞަދަށްޓަކައި ބުނެފައި އެވަނީ އަންނަނިވި ކަންކަމަށެވެ:

(ހ) ރައްޔިތުން ވަކިގޮތަކަށް ތަބާވުން ލާޒިމުކުރާ ޤާނޫނެއް ފާސްކުރުމަށް.

(ށ) ރައްޔިތުން ވަކިގޮތަކަށް ޢަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ޤާނޫނެއް ފާސްކުރުމަށް.

(ނ) ރައްޔިތުންގެ އަތުން ފައިސާއެއް ޚަރަދުކުރަންޖެހޭކަމެއް ހިމެނޭ ޤާނޫނެއް ފާސްކުރުމަށް.

(ރ) ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ޤާނޫނެއް ފާސްކުރުމަށް.

(ބ) ވަކިކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ޤާނޫނެއް ފާސްކުރުމަށް.

(ޅ) ރައްޔިތަކު އުފުލަންޖެހޭ ޝަޚްޞީ ޒިންމާއެއް ހިމެނޭ ޤާނޫނެއް ފާސްކުރުމަށް.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި ބުނެފައި ވަނީ 86 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ 25 އިންސައްތަ ކަމުގައި ވިއަސް ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެ ިތބޭ ވަގުތެއްގައި ކަމަށެވެ.

ޖަލްސާގައި ގަރާރު ފާސްކޮށްފައި ވަނީ 86 މާއްދާގެ ދަށުންނެވެ. އިދިކޮޅު ފަރާތްތަކާއި ފުންނާބު އުސް ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކުއްލި ހާލަތުގެ ގަރާރު ފާސް ކުރަން ޖެހޭނީ 87 ވަނަ މާއްދާގެ ދަށުން، 43 މެންބަރުންނަށް ވުރެ ގިނަ މެންބަރުން މަޖިލީހުގައި ވަޑައިގެން ތިއްބަވާ ޖަލްސާއެއްގައި ކަމަށެވެ.

މަޖިލީހުން ހޯމަ ދުވަހު ބޭއްވި ޖަލްސާގައި 39 މެންބަރުންގެ ވޯޓާ އެކު ފާސްކުރީ ގައުމީ ސަލާމަތު ކޮމިޓީ އަށް ފޮނުވުމަށެވެ. އަދި 43 މެންބަރުން ހަމަކުރުމަށް އެކި ގޮތްގޮތުން ސަރުކާރުން މަސައްކަތްކުރި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެއީ ކުއްލި ހާލަތުގެ ގަރާރަކީ ރައްޔިތުން އަމަލުކުރަންޖެހޭ ކަންތައްތައް ކަމަށް ބުނާ ކަންކަމުގެ ތެރޭގައި ނުހިމެނޭ ގޮތަށް ކަނޑައަޅައި ޖަލްސާ ބާއްވާފައި ވަނީ ހަވީރު 5:45 ގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި

21 އެޕްރީލު 2017
ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި
20 އެޕްރީލު 2017

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!
12 އެޕްރީލު 2017

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

12 އެޕްރީލު 2017
ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް
12 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

12 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް