Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް 2018

ބެންގަލޫރު އަތްދަށުވެ ޓީސީއަށް އިތުރު ގޮންޖެހުމެއް

13 ފެބުރުއަރީ 2018 | އަންގާރަ 23:37

މި މެޗުން ޓީސީ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 ފެބުރުއަރީ 2018 | އަންގާރަ 23:37
ޓީސީގެ ފޭދޫ އިއްބެ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޓީސީގެ ފޭދޫ އިއްބެ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވެ އެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބްއަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިވެއްޖެއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން ޓީސީ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިފައިނުވާއިރު ބެންގަލޫރުން ވަނީ ވިސްނައިގެން ކުޅެ ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފު ފެށިގެން ޓީސީއިން ވަނީ ބެންގަލޫރުގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. އެ ޓީމުގެ އެންމެ ކުރިޔަށް ކުޅެމުންދިޔަ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ބެންގަލޫރުގެ ކީޕަރު ރަލްޓޭ މާވިއާ އަދި އެ ޓީމުގެ ޑިފެންޑަރުން ވަނީ ޓީސީގެ ހަމަލާތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޓީސީ އަދި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި މެޗުގެ ކުޅުން އިތުރަށް ފޯރިގަދަ ވެގެން ގޮސްފައިވެއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ބެންގަލޫރަށް ޖަހައިދިނީ ސެމްބޯއިއެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ އެރިކް ޕާޓަލޫއެވެ. އެހެން ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ޓީސީގެ އެނަޓޮލީ ވްލަޝިޗޭވް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އޭނާ މިއަހަރުގެ އޭއެފްސީ ކަޕްގައި މިހާތަނަށް ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަވެގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ފޭދޫ އިއްބެ ޖަހައިދިން ލަނޑުންނެވެ. ޓީސީއިން މި ދެ ލަނޑަށްފަހު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރި ނަމަވެސް ބެންގަލޫރުގެ ސެމްބޯއި ވަނީ 77 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ބެންގަލޫރަށް ފުރަތަމަ ލެގުގެ އެޑްވާންޓޭޖް ކަށަވަރުކޮށްދީފައެވެ.

ޓީސީ އަދި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރަން ބޭނުންވާނަމަ ދެވަނަ ލެގުގެ މެޗު ދެ ލަނޑުގެ ތަފާތުން ކާމިޔާބުކުރުން ޓީސީއަށް ވަނީ މަޖުބޫރުވެފައެވެ. ދެވަނަ ލެގު އެއްވަރުވިނަމަވެސް ނުވަތަ އެއް ލަނޑުގެ ތަފާތުން ޓީސީ މޮޅުވިޔަސް ގްރޫޕް ސްޓޭޖުގެ ޖާގަ ލިބޭނީ ބެންގަލޫރަށެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އިންޑިއާގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް